އެލައިޑުން ގެސްޓް ހައުސްތަކަށް ހުޅުވާލި ޕްރޮމޯޝަނާ ގުޅޭ ގޮތުން އެ ކުންފުނީގެ ފަރާތުން މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.
25 މެއި 2017 - 18:00
އެލައިޑް އިންޝުއަރެންސް އިން ގެސްޓް ހައުސްތަކަށް ދޫކުރާ އިންޝުއަރެންސް ޕެކޭޖާ އެކު ޚާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.
އެ ޕްރޮމޯޝަންގެ ދަށުން 50،000ރ ގެ އަގުހުރި އިސްތިހާރުތައް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އެލައިޑުން ބުންޏެވެ. އަންނަ އޯގަސްޓްމަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގައި އިނާމު ލިބޭނީ މިދިޔަ އަހަރުން ފެށިގެން އެލައިޑުން ގެސްޓް ތަކަށް ދޫކުރާ އިންޝުއަރެންސް ޕެކޭޖުތައް ނަގާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެންނެވެ.
ގުރުއަތުން ހޮވޭ ފަރާތަކަށް ފެންވަރު ރަނގަޅު އިޝްތިހާރެއް އެލައިޑުން ހަދައި ދޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އިޝްތިހާރު ހަދައިދޭނީ އެޗްޑީ ފެންވަރުގެ ވީޑިއޯ އާއި ފޮޓޯ، 360 ވީޑިއޯ އާއި ފޮޓޯ، އަދި އޭރިއަލް ވީޑިއޯތައް ބޭނުންކޮށްގެނެވެ. ގެސްޓް ހައުސްތަކުން ހިންގާ ހިންގާ އެކްސްކާޝަން އަދި ދޭ އެކި ހިދުމަތްތައް އާންމު ކުރަން 5-6 މިނިޓް ގެ ވީޑިއޯ ހަދައި ދޭނެ ކަމަށް ވެސް ޕްރޮމޮޝަން ލޯންޗް ކުރައްވަމުން އެލައިޑްގެ ޖެނެރަލް މެނޭޖަރު އަހްމަދު ރިޔާޒް މުހައްމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގެސްޓް ހައުސް އިންޝުއަރެންސް ޕެކޭޖުތަކުން 20-30 ޕަސަންޓް ޑިސްކައުންޓެއް ޕްރޮމޯޝަންގައި ލިބޭނެ އެވެ. މިއީ ގެސްޓް ހައުސް ހިންގާ ފަރާތްތަކުގެ ވިޔަފާރި ކުރިއަރުވަން ލިބޭ ރަނުގެ ފުރުސަތެއް ކަން ވެސް ރިޔާޒް ފާހަގަކުރެއްވި އެވެ.
އެލައިޑް އިންޝިއުރަންސް ގެ މާކެޓިންގް މެނޭޖަރު ނިއުޝާދު ޝަރީފް ވިދާޅުވީ އަޔާދީ ތަކާފުލްގެ ހިދުމަތް ބޭނުންކޮށް، ގެސްޓް ހައުސް އިންޝުއަރެންސް ނަގާ ފަރާތްތަކަށް ވެސް ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ.
އެލައިޑާއި އަޔާދީ ތަކާފުލް އިން ގެސްޓް ހައުސް ތަކަށް ތިން އިންޝުއަރެންސް ޕެކޭޖެއް ދޫކުރެ އެވެ. އެއީ ބަޖެޓް ޕެކޭޖް، ބަޖެޓް ޕްލަސް ޕެކޭޖް، އަދި ޕްރީމިއަމް އިންޝުއަރެންސް ޕެކޭޖެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy