ޑިއުޓީއާ އެހެނިގެން ފީގެ ގޮތުގައި ކަސްޓަމްސް އަށް 202 މިލިޔަން ރުފިޔާ ލިބުނު.
22 އޯގަސްޓް 2017 - 10:13
ޖުލައި މަހު ރާއްޖެ އަށް މުދާ އެތެރެކުރި މިންވަރު 24 ޕަސެންޓް އިތުރުވެއްޖެ އެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖުލައި މަހު 3.1 ބިލިޔަން ރުފިޔާގެ މުދާ އެތެރެ ކޮށްފައި ވެއެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖެ އަށް އެތެރެކޮށްފައި ވަނީ 2.5 ބިލިޔަން ރުފިޔާގެ މުދަލެވެ.
އަގުގެ ގޮތުން ބަލާއިރު 15 ޕަސެންޓް އެތެރެ ކޮށްފައިވަނީ ސިންގަޕޫރުންނެވެ. ޗައިނާ އާއި ޔޫއޭއީން 14 ޕަސެންޓް މުދާ ގެނައިރު، އިންޑިއާއިން 13 ޕަސެންޓް އަދި މެލޭޝިޔާއިން ވަނީ ހަތް ޕަސެންޓް މުދާ ގެނެސްފަ އެވެ.
އިމްޕޯޓް ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ލިބުނު މިންވަރު ވެސް ވަނީ 20 ޕަސެންޓް އިތުރުވެފަ އެވެ. އެއީ 252 މިލިޔަން ރުފިޔާ އެވެ.
ޖުލައި މަހު ރާއްޖޭން މުދާ ބޭރު ކުރި މިންވަރު ވަނީ 29 ޕަސެންޓް އިތުރުވެފަ އެވެ. ރާއްޖޭން މިދިޔަ މަހު ބޭރުކޮށްފައި ވަނީ 202 މިލިޔަން ރުފިޔާގެ މުދަލެވެ. މިދިޔަ އަހަރު ޖުލައި މަހު ބޭރު ކުރީ 157 މިލިޔަން ރުފިޔާގެ މުދަލެވެ.
ރާއްޖޭން ބޭރު ކޮށްފައިވަނީ މައިގަނޑު ގޮތެއްގައި މަހުގެ ބާވަތްތަކެވެ. އަދި ބޭރު ކުރި އުފެއްދުންތަކުގެ 43 ޕަސެންޓް ގެންދިޔައީ ތައިލެންޑަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަން
22 August 2017
މިއީ ކަންބޮޑު ވަންވީ ކަމެއް ނޫނެވެ. އިޤްތިސޯދު ފުޅާވަނީ އެވެ. އެތަށް މިތަނުން ލޯނުނަގައިގެން ޕްރެޖެކްޓްތައް ހިންގާއިރު އެލާރި އެގޮތް މިގޮތަށް ދެމޭނެއެވެ. ލަގްޒަރީ ފްލެޓް ތަކާއީ ބްރިޖް ތަކެވެ - ޕާކު ތަކާއި ފެންއަރުވާ ޕޫލް ތަކެވެ. ތަރައްޤީ އެވެ. ދަރަނި ވެރިވާކަން އެއީ ނުދައްކާ އޮންނަ ސިއްރެކެވެ. ލަންކާއަށް ވީހެން ކަރުތާފެނަށް ؛ ގެނބުނީމަ ހޭއަރާނެއެވެ.
ޖަވާބު
22 August 2017
އިގްތިސާދު ރަނގަޅު ވަމުން ދާ ކަމުގެ ހެކިތައް ދަނީ ފެންނަމުން. އެހެން ނަމަވެސް އާދައިގެ ރައްޔިތުންނަށް މިކަމުގެ އިހުސާސެއް ނުކުރެވޭ ސަބަބަކީ ލިބޭ އާމްދަނީގެ ބޮޑު ބައެއް ކުއްޔަށް ހޭދަ ކުރަން ޖެހޭތީ. މާލޭގައި ރެންޓް ކޮންޓްރޯލް ކުރުމަކީ ކުރަން ޖެހޭ ކަމެއް. ލަގްޒަރީ ތަންތަން ފިޔަވައި ދެން ހުރި ގެތަށް ކުއްޔަށް ދެވެން ވާނީ ކޮންޓްރޯލްޑް އަގެއްގައި. އިގްތިސާދީ ނަޒަރަކުން ބަލާއިރު ކުއްޔަށް ކުރާ ހޭދަ ކުޑަ ކުރެވުމުން، މުދަލުގެ އަގު ހެޔޮވެ، ރައްޔިތުން އެކި އެކި ބޭނުންތަކަށް ހޭދަ ކުރާނެ ފައިސާ ގިނަވާނެ. މީގެ ސަބަބުން އެހެނިހެން ވިޔަފާރިތައް ރަނގަޅުވެ، ވަޒީފާތައް އިތުރުވެ، އިގްތިސާދު ރަނގަޅުވެ ދައުލަތަށް ލިބޭ އާމްދަނީވެސް އިތުރުވާނެ. އިންސާނިއްޔަތުގެ ނަޒަރަކުން ބަލާއިރުވެސް ގިނަ ގެތަކަކީ އާންމު ރައްޔިތުންގެ އިންކަމްގެ ބޮޑު ބައެއް ހޭދަކޮށްގެން އުޅެން އެކަށީގެންވާ ތަންތަނެއް ނޫން، އަދި ރަށްރަށުން މީހުން މާލެ ހިޖުރަ ކުރުމަށް ރަން 30 އަހަރުގެ ރަން ސިޔާސަތުގައި މަޖުބޫރު ކުރެވިފައި ވުމުން ވެސް ފެއާ އެއްނޫން