އޭސް ހާޑްވެއާ އަދި ކަލާ ބޭންކްގެ ރޯދަ ޕްރޮމޯޝަން ފަށައިފި

އޭސް ހާޑްވެއާ އަދި ކަލާ ބޭންކުން ރޯދަ މަހަށް ހާއްސަކޮށްގެން "ރޯދަ ބަދަލު"ގެ ނަމުގައި ބޮޑު ޕްރޮމޯޝަނެއް ފަށައިފި އެވެ.


އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަނުގައި އޭސް ހާޑްވެއާ އަދި ކަލާ ބޭންކުން ވިޔަަފާރިކުރާ މީހުންނަށް 80- 90 ޕަސެންޓާ ހަމަ އަށް ޑިސްކައުންޓް ލިބޭނެ އެވެ. އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ތަފާތު އަދި އަގުހުރި އިނާމުތައް ލިބޭ ޕްރޮމޯޝަންތަކެއް ވެސް ހިންގަން ހަމަޖައްސާފައިވެ އެވެ.

"މި ޕްރޮމޯޝަންތަކުގައި ބައިވެރިވާ ބޭފުޅުންނަށް ވަރަށް ތަފާތު އަދި އަގުހުރި އިނާމް ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި،" އޭސް ހާޑްވެއާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

މި ޕްރޮމޯޝަނުގެ ތެރެއިން އޭސް ހާޑްވެއާ ނުވަތަ ކަލާ ބޭންކުން 300ރ. އަށް ވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. އަދި ގުރުއަތުން ހޮވޭ މީހަކަށް އިނާމެއްގެ ގޮތުގައި 300،000ރ. ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ފާއިތުވި އަހަރުތަކުގައި ވެސް ރޯދަ މަހާ ދިމާކޮށް އޭސް ހާޑްވެއާ އާއި ކަލާ ބޭންކު ގުޅިގެން ވަނީ ބޮޑެތި އިނާމުތަކާއި ޑިސްކައުންޓްތައް ލިބޭ ކާމިޔާބު ޕްރޮމޯޝަންތަކެއް ހިންގައިފަ އެވެ. އެ ކުންފުނިން ބުނީ އަގުހުރި އިނާމްތައް ލިބޭނެ ޕްރޮމޯޝަން ބޭއްވުމުގެ އެންމެ ބޮޑު މަގްސަދަކީ ކަސްޓަމަރުންނަށް ޝުކުރު އަދާ ކޮށް އަދި އެ ފިހާރަތަކަށް ލިބޭ ތަރުހީބު ބަލައިގަތުން ކަމަށެވެ.

އޭސް ހާޑްވެއާ އާއި ކަލާ ބޭންކަކީ ކޯ- ލޯޑް މޯލްޑިވްސްގެ ދަށުން ހިންގާ ދެ ފިހާރަ އެވެ. އަދި އޭސް ހާޑްވެއާ އަކީ، އޭސް އިންޓަނޭޝަނަލްގެ ފްރެންޗައިސް އެގްރިމެންޓެއްގެ ދަށުން ސާކް ރީޖަންގައި ހުޅުވި ފުރަތަމަ އެ ބްރޭންޑްގެ ފިހާރަ އެވެ.