ވިޔަފާރި / މިފްކޯ

ކޫއްޑުގެ 183 މުވައްޒަފަކަށް ކުއްލި ޕްރޮމޯޝަން ދީފި

ގއ. ކޫއްޑޫ ފިޝަރީޒްގެ ބަނދަރު ސަރަހައްދު. ކޫއްޑޫގެ ގިނަ ބަޔަކަށް ވަނީ ކުއްލި ޕްރޮމޯޝަންތަކެއް ދީފައި.

ގއ. ވިލިނގިލިން،  އަބްދުﷲ ޖަމީލު، މިހާރު

22 ސެޕްޓެމްބަރ 2018 - 15:43

ގއ. ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މަސައްކަތްކުރާ 183 މުވައްޒަފަކަށް ކުއްލި ޕްރޮމޯޝަނެއް މިދިޔަ ބުރާސްފަތި ދުވަހު ދީފި އެވެ.

ކޫއްޑޫގެ އިސް މުވައްޒަފަކު މިއަދު ބުނީ ރިޔާސީ އިންތިހާބުގެ ވޯޓުލުން މާދަމާ އޮންނައިރު އެ ޕްރޮމޯޝަންތަކެއް ދިނުމުން ގިނަ ބަޔަކަށް ހައިރާންކަން ލިބުނު ކަމަށެވެ. އަދި އެ ޕްރޮމޯޝަންގައި ބައެއް މީހުންގެ މުސާރައަށް 100ރ. ބޮޑުކޮށްދިން ކަމަށް ވެސް އެ މީހާ ބުންޏެވެ.

"މުސާރަ ބޮޑުކުރިކަން އަންގައި ޗިޓް ދިނުމުން ބަލާފައި ބައެއް މީހުން ވީދާލި. ގިނަ މީހުންނަށް 500ރ. ވެސް ބޮޑުކޮށެއް ނުދޭ،" އެ މުވައްޒަފު ބުންޏެވެ.

"އަޅުގަނޑުމެންނަށް އެނގޭ ކުއްލި ގޮތަކަށް މި ޕްރޮމޯޝަން ދިނީ ކީއްކުރަންކަން. އަޅުގަނޑުމެން އުއްމީދުކުރި ވަރުގެ ކުރިއެރުމެއް ނުލިބޭ."

ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ގިނައިން މަސައްކަތްކުރަނީ މި ރަށު މީހުންނާއި ކޮލަމާފުށި މީހުންނެވެ.

މި ޕްރޮމޯޝަންއާ ގުޅޭ ގޮތުން ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ގުޅުމުން އެއްވެސް ކޮމެންޓެއް ނުދިނެވެ.

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454