35 ވަނަ އޭޝިއަން ބޭންކިން ކޮންފަރެންސްގައި ރާއްޖޭގެ މަރުކަޒީ ބޭންކް ގަވަރުނަރު އަހުމަދު ނަސީރު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ބީއެމްއެލް
16 ނޮވެމްބަރ 2018 - 17:16
ރާއްޖޭގައި ދިރިއުޅޭ މީހުންގެ ތެރެއިން 18 އަހަރުން މަތީގެ 33 ޕަސެންޓް މީހުން ބޭންކް އެކައުންޓްގެ ހިދުމަތް ބޭނުން ނުކުރާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވެއްޖެ އެވެ.
ބޭންކް އޮފް މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން ކުރުނބާ މޯލްޑިވްސް ރިސޯޓްގައި ބާއްވާ 35 ވަނަ އޭޝިއަން ބޭންކިން ކޮންފަރެންސްގައި ނަސީރު ވިދާޅުވީ ރާއްޖޭގައި ބޭންކިން ދާއިރާ ބާރުމިނެއްގައި ކުރިއަރާފައި ވީނަމަވެސް، ބޭންކް އެކައުންޓް ބޭނުން ކުރާ ރައްޔިތުންގެ އަދަދު މަދުކަން ފާހަގަ ކުރެވޭ ކަމަށެވެ.
ނަސީރު ވިދާޅުވީ ރާއްޖޭގައި އިންޓަނެޓް ބޭންކިންގެ ހިދުމަތަށް ވުރެ ގިނައީ ޗެކް ބޭނުން ކުރާ މިންވަރު ކަމަށެވެ. އަދި ކޭޝް ކާޑު ބޭނުން ކުރާ މިންވަރު މާލޭގައި ވަރަށް ގިނަވި ނަމަވެސް، މޯބައިލް ބޭންކިންގެ ހިދުމަތް ބޭނުންކުރާ މިންވަަރު އަދިވެސް މަދު ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ޕެންޝަން ލިބޭ މީހުންގެ ތެރެއިން 95 ޕަސެންޓަކީ އެ ބޭންކެއްގައި އެކައުންޓް ގެންގުޅޭ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކޮންމެ މަހަކު ޕެންޝަންގެ ފައިސާ ދިނުމަށް ބޭންކުން މުވައްޒަފުން ރަށްރަށަށް ދާންޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.
ގަވަރުނަރު ވިދާޅުވީ މިއީ މިހާރު ރާއްޖޭގެ މާލީ ގޮތުން ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުން ކަމަށެވެ. އެގޮތުން ގޮންޖެހުންތަކަށް ކުރިމަތިލައި، ނައްތާލުމަށް އެބޭފުޅުންގެ ޕްލޭންގައި ވާނެ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ. ހަމަ އެހެންމެ ކުރިއަރަމުން އަންނަ ޓެކްނޮލޮޖީއާ އެކު ބޭންކިން ދާއިރާއަށް ޖުމްލަ ގޮތެއްގައި މާލީ ދާއިރާއަށް އަންނަ ކުރިއެރުންތަކާ ހަމަ ކުރުމަކީވެސް ގޮންޖެހުމެއް ކަމަށް ނަސީރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިމަންނަ
17 November 2018
ރާއްޖޭގައި ދިމާވާ އެންމެ ބޮޑު މައްސަލައަކީ މުއައްސަސާތަކުގެ އިތުބާރު ގެއްލުން... މިގޮތުން އައިޖީއެމްއެޗް ފަދަ ބޮޑެތި ތަންތަން ހިމެނޭ.. އިތުބާރު ލިބުނު ދުވަހަކުން ތިޔަކަންކަން ރަގަޅުވާނެ
ނޯސޭވް
17 November 2018
އެކައުންޓަށް ޖަމާކުރާ ފައިސާކޮޅު އިންއެކްޓިވޭޓޭ ކިޔާފަ ފޭރިގަންނަނީ! ދެން އެކައުންޓު ޚިދުމަތް ހޯދަން ބިރުގަންނާނެނުން..!
ނަސްރީން
16 November 2018
އަދި ކިރިޔާތަ ތިކަން އެނގުނީ..މިއޮއްހާދުވަހު މީހަކު އެތަކެއް ސަތޭކަ މިލިޔަން ފޮއްޓައް ގެއިން އަޅައިގެންގޮސް ތި އެމްއެމްއޭ އިން ޓީބިލު ގަތްއިރުވެސް. ބަލަ ކަލޭމެންނެއް ނުން މަނާނުކުރަނީ މީހުން ގޭގޭ ޑަބިޔަލައް ސަތޭކަ ދުއިސައްތަ މިލިޔަން ނަގުދު ފައިސާ ގެންގުޅޭ ގުޅުން. ދެން ކީއްކުރާ އެކައުންޓެއް. ތަރައްގީވެފަ ތިބޭ ގައުމުތަކުގަ ލިމިޓެއް އޮވޭ ގޭގައި ނަގުދުފައިސާ ބެހެއްޓޭނެ.. މިތާގަ ޑުރަގުލޯޑުން ދެން ކިހާ އުފާވާނެ.
އޮބާމާ
16 November 2018
ދަންނަވަންތޯ. ބޭންކު އެކައުންޓު %33 މީހުން ބޭނުން ނުކުރާނަމަ އެވަރުވެސް މަދު. ބޭންކް އޮފް މޯލްޑިވްސްގެ މައިގަނޑު އުސޫލުތަކަކީ އިންޓަނޭޝަނަލް ފައިނޭޝަލް އުސޫލު. މާނައަކީ އިސްލާމިކް ފައިނޭންސް ކޮންމެވެސް ވަރަކަށް އޮތަސް އިސްލާމީ އުސޫލުތަކާ ދުރު ގޮތަކަށް ހިނގަމުން އަންނަތަނެއް. ބޭންކާއެކު މުއާމަލާތްކުރާ ގިނަމީހުން ކުރަނީކީ އިތުރުގޮތެއް ނެތީމަ ދެލޯ މަރާލާފަ މުއާމަލާތް ކުރާ ބައެއް.
ކަލޯގެއާ
16 November 2018
ބޭންކައް ކިހިނެއްލާނީ ލައިގެން ކޮބާ ވާފައިދާއަކީ؟ ލޯނެއް ހޯދިޔަސް އާދޭސްކުރުން، އިންޓަރެސްޓް އިންތިހާ މަތީގަ، އަނެއްކާ މާދަންވެސް އެކައުންޓް ޑީޓެއިލްސް ފާޅުކޮއްލަންވީމަ ފާޅުކޮއްލަންވީ! ކަން ކުރާމީހާ ވާނީ ހީރޯއަކައް.
ހަކީމް
16 November 2018
އެހައްދުވަހު މަގޭ ބޭންކުގެ އިސްލާމިކް ބަޔައް ވަދެ އަހާލީމަ އެނގުނީ މިއޮއް ހުރިހާ ދުވަހު މިއުޅެވުނީ އަދި ރަނގަޅަށް ނޫންކަން. ދެން އަވަހައް ތައުބާވެ އެތާގައި އެކައުންޓެއް ހުޅުވައިފިން.
އަލީގ
16 November 2018
ނަސީރު ކިހިނެތްތޯ ތި ހިދުމަތްތައް ބޭނުންކުރާނީ ދޭތެރެއަކުން އެކައުންޓު އޮންނަނީ ލޮކްވެފަ، އިންޓަރނެޓް ބޭންކިން ބޭނުން ކުރާއިރުވެސް އެހާ އުދަގޫ ދެން މިކަހަލަ ކޮންމެކަމެއް ހައްލުކުރަން އެތަކެއް ފޯނުކުރަންޖެހޭ އެހާ ވަގުތު ހޭދަވޭ. އެނގޭ މިހުރިހާ އުދަގުލެއްވެސް މިޖެހެނީ ސެކިއުރިޓީ ވަރުގަދަ ކުރަން ޖެހޭތީކަން އެކަމަކު މިއައްވުރެ މައްސަލަ ކުޑަނަމަ ބޭނުންކުރާމީހުންގެ އަދަދު އިތުރުވީސް.