ބޮޑީޓެކް: އަލަށް ޖިމަށްދާ މީހުންނަށް ވެސް ހާއްސަ ފަސޭހަތަކެއް ލިބޭ ޖިމެއް!

ފިޓްނަސް އާއި ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއެއް ގެންގުޅޭ ދިވެހިން އިތުރުވެފައިވާ އިރު ޖިމްތަކާއި ފިޓްނެސް ސްޓޫޑިއޯތައް ވެސް މާލޭގައި ދަނީ އިތުރުވަމުންނެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ހުޅުވި "ބޮޑީޓެކް" އަކީ ވެސް ވަރަށް ފާހަގަކޮށްލެވޭ ޖިމެކެވެ. ޒުވާނުންނަށް އަމާޒުކޮށްގެން ހުޅުވާފައިވާ ޖިމްގައި ކުޑަކުދިންނާއި އުމުރުން ދޮށީ މީހުންނަށް ވެސް ހިތްހަމަ ޖެހިލައިގެން ކަސްރަތު ކުރުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފަ އެވެ.


ޖިމް ހުޅުވައިގެން ދޮޅު މަސްވެފައިވާ އިރު އާންމުންގެ ބޮޑު ތަރުހީބެއް އެ ޖިމަށް އަންނަނީ ލިބެމުންނެވެ. ބޮޑީޓެކްގެ ޑިރެކްޓަރު އަހުމަދު އިޝާން ވިދާޅުވީ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާންމުންގެ ތަރުހީބު އެހާ ބޮޑަށް ޖިމަށް ލިބިފައިވަނީ ޖިމުން ގިނަ ހިދުމަތްތަކެއް ލިބޭތީ ކަމަށެވެ.

ބޮޓީޓެކް- ފޮޓޯ: އަހުމަދު ނިޝާތު

"މިތަނުގެ އެންމެ ބޮޑު ތަފާތަކީ ގިނަ ޕްރޮޑަކްޓްތަކެއް ހުރުން. އެންމެ ވައިޑް ވެރައިޓީ ލިބޭތީ. އާލާތްތަކަށް ބެލިޔަސް ޕެކޭޖުތަކަށް ބެލިޔަސް އެ ތަފާތު ފެނިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ކޮލެޖުތަކުގައި ކިޔަވާ ކުދިންނާއި ސްކޫލުތަކުގައި އުޅޭ ކުދިންގެ އިތުރުން އޮފީސްތަކުގައި އުޅޭ މީހުންގެ އިތުރުން އޮޑް އަވާޒްތަކުގައި މަސައްކަތް ކުރާ މީހުންނަށް ބޮޑީޓެކް އިން ވަނީ ހާއްސަ ޕްކޭޖުތަކެއް ހަދައިފަ އެވެ.

ބޮޑީޓެކް ޕެކޭޖުތައް

ޖެނެރަލް މެމްބާޝިޕް: 1000 ރުފިޔާ

އޮފް-ޕީކް ޕެކޭޖު: 742 ރުފިޔާ

ސްޓޫޑެންޓް ޕެކޭޖު: 689 ރުފިޔާ

ކޮލެޖު/ ޔުނިވަސިޓީ: 795 ރުފިޔާ

ބޮޑީޓެކުން ދަނީ އިންޑޯ ޖިމްގެ އިތުރުން އައުޓްޑޯ ކޭމްޕްތައް ވެސް ކުރިއަށް ގެންދަމުންނެވެ. ކޮންމެ ދުވަހަކު ފަތިހު 5:30 އިން ރޭގަނޑު 10:00 އަށް ޖިމް ހުޅުވިފައިވާ އިރު ޖިމަށް ދާ ފަރާތްތަކަށް ކޮންމެ ވަގުތެއްގައި ވެސް ޓްރެއިނަރުންގެ އެހީތެރިކަން ލިބޭނެ އެވެ.

ބޮޓީޓެކް-ފޮޓޯ:އަހުމަދު ނިޝާތު

"ކޮންމެ ޖިމެއް ވެސް މި ބަލަނީ އިތުރަށް ކިޔައިދޭ ކަމުގައިވާ ނަމަ ޕާސަނަލް ޓްރެއިނިން އެއް ނަގަން. މިކޮޅުގައި އަބަދު ވެސް ޓްރެއިނަރުން އުޅޭނެ. ޕީޓީ ނުނެގިއަސް އެހީތެރިކަން ލިބޭނެ،" އިޝާން ވިދާޅުވި އެވެ.

ޖިމަށް އަލަށް އަންނަ ކުދިންނަށް ވެސް ބޮޑީޓެކްގައި ހާއްސަ އިސްކަމެއް ދެ އެވެ. އިކުއިޕްމެންޓްތައް ހަށިގަނޑަށް އެންމެ "އެފެކްޓިވް"ކޮށް ބޭނުން ކުރާނެ ގޮތްތައް ޕީޓީ ނުނެގިއަސް ކިޔައިދެ އެވެ. މިއީ ރާއްޖޭގެ އެހެން ޖިމްތަކާ އެންމެ ބޮޑު ތަފާތެވެ. ހުރިހާ ޖިންސެއްގެ މީހުންނަށް އަމާޒުކޮށްގެން ބޮޑީޓެކުން ކަސްރަތު ކުރުމުގެ ފުރުސަތު ލިބިގެންދާ އިރު ބޭނުންވާ ޓާގެޓް ހާސިލް ކުރުމަށް ބޮޑު އެހީތެރިކަމެއް ޓްރެއިނަރުންގެ ފަރާތުން ލިބިގެންދާނެ އެވެ. އެކިވެރި މާހައުލެއްގައި ބޮޑީޓެކްގެ ޓްރެއިނަރުން ހިދުމަތް ދެނީ ހިނިތުންވުމާ އެކީ އެވެ.

ބޮޓީޓެކް-ފޮޓޯ:އަހުމަދު ނިޝާތު

ބޮޑީޓެކްގައި ހަ ޓްރެއިނަރުން ހަރަކާތްތެރިވާއިރު ޖިމްގައި ކަސްރަތު ކުރަމުންދާ ފަރާތްތަކަށް ފެންވަރާލެވޭނެ ގޮތް ވަނީ ހަމަޖައްސާފަ އެވެ. ކަސްރަތު ކުރުމަށްފަހު ފެންވެރޭނެ ގޮތް ހަމަޖައްސާފައި ވަނީ ކަސްރަތު ކުރަން އަންނަ މީހުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށް އެ ޖިމުން ބުނެ އެވެ.