ދިރާގު ހެޑް އޮފީސް: ދިރާގުން ވަނީ މާފުށީ ފައިބާ ނެޓްވޯކެއް އަޅައި ހައި ސްޕީޑް އިންޓަނެޓް ފޯރުކޮށްދޭން ނިންމާފައި.-- ފޮޓޯ:
20 އޯގަސްޓް 2016 - 13:20
ކ. މާފުށީގައި އިންޓަނެޓްގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން ދިރާގުން އެ ރަށުގައި ފައިބާ ނެޓްވޯކެއް އަޅައިފި އެވެ.
މުއާސަލާތީ ހިދުމަތްދޭ އެންމެ ބޮޑު ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މާފުށީގައި ފައިބާ ނެޓްވޯކެއް ގާއިމުކުރުމުން، އެ ކުންފުނިން ދެމުން އަންނަ ފައިބާ ބްރޯޑް ބޭންޑްގެ ހިދުމަތް އެ ރަށުގެ ހުރިހާ ގެތަކަށާއި ވިޔަފާރިތަކަށް ލިބޭނެ ކަމަށެވެ. އަދި މިހާރު ވެސް އެ ރަށުގެ ގިނަ ވިޔަފާރިތަކާއި ގެތަކުން އެ ހިދުމަތަށް ޝައުގުވެރިކަން ފާޅުކޮށް، ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ މާފުށީގައި ފައިބާ ނެޓްވޯކް ގާއިމުކުރުމުން، ބްރޯޑްބޭންޑްގެ ހިދުމަތް އަންނަ ބުދަ ދުވަހުން ފެށިގެން ހާއްސަ ޕްރޮމޯޝަނަކާއެކު ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ދުވަހުން ފެށިގެން، މާފުށީގައި އެންމެ ހަލުއި ސްޕީޑްގައި 100 އެމްބީޕީއެސްއާ ހަމަޔަށް އަދި އެންމެ ބޮޑު އެލަވަންސްތައް ހިމެނޭ އެއް ޓެރަބައިޓްގެ ޕެކޭޖްތައް ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ދިރާގުން ބުނީ އެ ކުންފުނިން މިހާރު ފައިބާ ނެޓްވޯކް ގާއިމުކޮށް ފައިބާ ބްރޯޑްބޭންޑް ހިދުމަތް ދެމުން އަންނަނީ ހަމައެކަނި މާލެ އާއި ހުޅުމާލެއަށް ކަމަށެވެ. އަދި މާފުށި ވެގެންދަނީ މާލެ ސަރަހައްދުން ބޭރުގައި ފައިބާ ނެޓްވޯކް ގާއިމުކޮށް ހިދުމަތްދޭން ފަށާ ފުރަތަމަ ރަށަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ރާއްޖޭގައި އެންމެ ގިނަ ގެސްޓް ހައުސްތައް ހިންގާ ރަށުގައި ދާދި ފަހުން ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗެއް ވެސް ވަނީ ހުޅުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާރަށް
20 August 2016
ރައީސް ނަޝީދު ގެސްޓް ހައުސް ފައްޓަވައި ދެއްވާފަ ވާތީ ތި ރަށް ތިވަނީ ބޭނުންތެރި ރަސަކަށް ވެފަ ނަތީޖާ އެއްގެ ގޮތުން ފައިބަރު ވެސް އެލީ ތީ އެހެންނޫންނަމަ
ޢަބްދުﷲނާފިޒު
20 August 2016
ރައްޔިތު މީހާގެ ޖީބާށް "ބޯބުރި ޖެހި ޑޮލަރު" ފިސާރި ބޯކޮށް ވަންނަކަމުގެ އަލިގަދަ ހެއްކެއް ދެއްތޮ.
މަންސޫރު
20 August 2016
މިއީ ބިމު އަޑިއަށް ފައިބާ އެއްޗެއް ދޯ؟
އަހުމަދު
20 August 2016
ފައިސާ އޮތް ތަނަކަށް ދާނެއެވެ. ބަލައިގެން ފައިސާ ހޭދުކުރުން ރަނގަޅުވާނެއެވެ.
ހުސެން
20 August 2016
މާލެ، ހުޅު މާލެ ފިޔަވައި އެންމެ ބޮޑު އާބާދީ އެއް އޮތް ރަށުގަ ތިޔޮތީ ފައިބަރ ނެޓުވަރކް އެއް ތިއޮތީ އެޅިފަ، ދެން ބޮޑު ބިލް ބޯޑެއްގަ ތިވާހަކަ ޖަހާފަ މާލޭ މެދު ތެރޭ ބަހައްޓާ.
ލިޓިލް
20 August 2016
މާލެ ސަރަހައްދު ފިޔަވައި ފުރަތަމަ ފަހަރަށް ދިރާގުން ފައިބަރ އޮޕްޓިކް ޕެސިވް ކޭބަލް ނެޓްވާރކް އެއް ގާއިމް އެކުރީ ޕިންކް ކުދިންގެ ސަރުކާރުގައި މާލެ އަތޮޅު މާފުށީ ގައެވެ. މާލެ އަތޮޅުގެ ހުރިހާ ރަށް ތަކެއްގައި ދެން ފެނިގެން ދާނީ ދިރާގުން ފައިބަރ އޮޕްޓިކް ކޭބަލް އަޅާ ޕެސިވް ނެޓް ވޯރކް އިން މުޅި މާލެ އަތޮޅުގެ އިންފޮމޭޝަން އެން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ( އައިސީޓީ ) ދާއިރާ ސިންގަޕޯރ ގެ ފެންވަރަށް ގެންގޮސް ދޭ ތަނެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެ ލިޓިލް ސިންގަޕޯރ ސައިލެންޓް ޑްރީމް ކާމިޔާބު ކުރުމަށް ޓަކައި ކުރަމުން ދާ މަސައްކަތުގެ ސްވީޓް ނަތީޖާ މިދަނީ ފެންނަމުންނެވެ.
ޢަބްދުﷲނާފިޒު
20 August 2016
އެއްކަލަ އިސްތިއުފާ ދިން ރައީސް އިންދި އޮށްތަކުން ގަސްފަޅާ ހެދިބޮޑުވެ މޭވާ ލިބެން ފަށައިފިކަމުގެ އަލިގަދަ ހެއްކެއް ދެއްތޮ، ޕިންކު ކުދިންވެސް ކޮންމެ ހަފްތާބަންދަކު މިރަށު ގެސްޓްހައުސްތައް ފަޅުފިލުވާލަން އަންނާތީ އަހުން ވަރަށް އުފާވޭ، އަދި އެންމެ އުފާވަނީ ޖީބަށް ވަންނަ ޑޮލަރު ބޯވީމަ، އހ.
އިއްބެ
21 August 2016
ކޮންމެ ކަމެއްވެސް ސިޔާސީ ކުރެވޭތޯ ނުޅެބަލަ. ބަޔަކަށް ރަނގަޅު ހިދުމަތެއް ލިބޭތީ އެކަން ފާހަގަކޮށް އެކަމަށް ތަރުހީބު ދީބަލަ. މި ދިވެހިރާއްޖެ ބައިބައިވެފައި އޮންނާތީ އަހަރެން ހަމަ ގައިމުވެސް ހިތާމަ ކުރަން.
ޕައްލަންބެ
20 August 2016
ގެސްޓް ހައުސް ވިޔަފާރީގެ ނުސީދާ ފައިދާ ރަށްޔިތުންނާއި ހަމައަށް ...