އެމްއައިޓީޑީސީން ކުރިޔަށް ގެންދިޔަ ބަރެސްދޫ ޕްރޮޖެކްޓްގެ މޮޑެލް އެއް
06 ޖެނުއަރީ 2019 - 16:00
މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޑެޓް (އެމްއައިޓީޑީސީ) އިން ކޮށްފައިވާ ޚަރަދާއި ލިބެންޖެހޭ ފައިސާ އަދި ހަރުމުދަލުގެ ގޮތުގައި ހިސާބުތަކުން ދައްކާ 85.6 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ސައްހަކަށް ކަށަވަރުނުވާ ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.
އޮޑިޓް އޮފީހުން ހާމަކޮށްފައިވާ 2016 ވަނަ އަހަރުގެ ނޮވެމްބަރު 24 ވަނަ ދުވަހު ބަރެސްދޫ ޕްރޮޖެކްޓް، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) ގެ ދަށުން ނަގައި އެމްއައިޓީޑީސީއާ ހަވާލުކުރި އިރު ކުންފުނީގެ ނެޓް އެސެޓްގެ ގޮތުގައި 49.3 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ.
ބަރެސްދޫ ޕްރޮޖެކްޓްގެ ނެޓް އެސެޓްގެ ގޮތުގައި އަދަދެއް ކަނޑައަޅާފައިވާ އިރު އެންމެ ފުރިހަމައަށް އެސެޓްތައް އެސެސް ކޮށްފައި ނެތް ކަމަށް އޮޑިޓުން ވަނީ ހާމަވެފަ އެވެ.
މީގެ އިތުރުން ކުންފުންޏަށް ލޭންޑް އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބެންޖެހޭ 11.2 މިލިއަން ރުފިޔާ ނުލިބިވާ ކަން ވެސް ވަނީ އެނގިފަ އެވެ. އެ ފައިސާ ކުންފުންޏަށް ނުލިބި އެއް އަހަރު ވެގެން ދިޔަ އިރު ވެސް އެ ފައިސާ ހޯދުމަށް އެމްއައިޓީޑީސީން މާބޮޑު މަސައްކަތެއް ކޮށްފައިނުވާ ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ.
މީގެ އިތުރުން އެމްއައިޓީޑީސީން ކުރިއަށްގެންދާ މަޝްރޫއުތަކާ ގުޅޭ އެންމެ ފުރިހަމަ މައުލޫމާތު އެނގެން ނެތުމާ އެކު، ކުރިއަށްދާ މަޝްރޫއުތަކުގެ 23.2 މިލިއަން ރުފިޔާގެ ސައްހަކަން އޮޑިޓްގައި ފާހަގަކޮށްފައިވެ އެވެ.
އެމްއައިޓީޑީސީން ހިންގާ ޕްރޮޖެކްޓްތަކުގެ ތެރޭގައި މާލެ އަތޮޅުގެ ފަޅެއް ތަރައްގީކުރުމުގެ މަޝްރޫއު ކަމުގައިވާ "ޕްރޮޖެކްޓް ޕާމް" އާއި އައްޑޫ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެޕޮލްމެންޓް ޕްރޮޖެކްޓާއި ފުވައްމުލަކު ޕްރޮޖެކްޓާއި ކެލާ ޕްރޮޖެކްޓް ހިމެނެ އެވެ.
އޮޑިޓް ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، އެމްއައިޓީޑީސީން ހަރުމުދާ ގަތުމަށް ޖަހާފައިވާ 1.9 މިލިއަން ރުފިޔާ ފަހުން ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް) އަށް ކުރި ހަރަދުގެ ގޮތުގައި ހިމަނާފައިވެ އެވެ. ނަމަވެސް އޮޑިޓްގައި ބުނެފައިވަނީ ސީއެސްއާރްގެ ގޮތުގައި ކޮށްފައިވަނީ ކޮން ކަމެއްކަން އެނގެން ނެތް ކަމަށެވެ.
ޓޫރިޒަމް ދާއިރާގެ މަޝްރޫއުތަކަށް އިންވެސްޓް ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެމްއައިޓީޑީސީން އުފައްދާފައިވަނީ 2016 ވަނަ އަހަރު އެވެ. މެދު ފަންތީގެ ޓޫރިޒަމް ތައާރަފުކޮށް ހިންގުމުގެ މަގުސަދުގައި އުފެއްދި މި ކުންފުނީގެ މާ ބޮޑު މަސައްކަތެއް މިއަދާ ހަމަޔަށް ވެސް ނުފެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު5678
07 January 2019
ބަލަ ޝަނާ... އެތަނުންކުރި މަސައްކަތް ތިއޮތީ ފެންނާކަންނުން. ސީއެސްއާރު ދަށުން .....
ދދދދދ
07 January 2019
ފައިސާ ފައިސާ ފައިިސާ. ފައިސާއާހުރެ މޮޔަވާ ސަރުކާރެއް.
ކަންބަލާ
06 January 2019
ޢެހެންވާނީ ގާބިލު ނޫން ބޯޑެއް އޮތީމަ... ބޯޑުން ކުރިކަމަކީ އަމިއްލަ ވިޔަފާރި ތަރައްގީ ކުރުން.. ފެއަރ ތަކަށްވެސް ދަނީ އެމްއައިޓީޑީސީ އދި އަމިއްލަ ވިޔަފާރިއަށް.. ނަޒާހަތްތެރިނޫނީ އަދި ލަދުވެސް ކުޑައީ
ސަބްނަމް
06 January 2019
މީ ދެން ކިހާ ބޮޑު ކަމެއް. ދެން ތިޔަ ފައިސާ ވަންތަނެއްހޯދާބަލަ
ދާދޭ
06 January 2019
ކޮންކަމެއްތޯ އޮޑިޓަޖެނެރަލަށް ކަށަވަރުވެފައިވަނީ. މިހާރު ކުރާ އެއްވެސް އޮޑިޓަކުން އާމްދަނީއެއް ޚަރަދެއް ކަށަވަރު ނުވާނޭ ކަމީ ޔަގީން ކަމެއް. އެކަމަކު އޮޑިތަރުން ބަލާ ދެތިން ބިލެއްގައި އޮތް އަދަދު ޔަގީންވާނެ. ދެން މުވައްޒަފަކަށް އިތުރުގަޑި ދިންވަރު ޔަގީންވާނެ.
ބަނާނާ
06 January 2019
ތިތަންތިގޮތައް ހިންގި ވެރިންނަށް ތިއަށް ވުރެ ބޮޑު ކުންފުނިތަކުން ކުރިއަށް ވުރެ ބިޑެތި ވަޒީފާތައް ދޭތަން ދެން ފެންނާނީ.