26 ޖުލައި

July 26, 2020 14
ބަދަލު ދިނުމުގައި ތަފާތުކުރުން ގެންގުޅޭ: ދީބާޖާ

ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް، ދީބާޖާ އިންވެސްޓްމެންޓަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދޭން މި ސަރުކާރުން ނިންމާފައި ވިޔަސް، އެ ކުންފުންޏަށް އެ އުސޫލުން އެއްވެސް ފައިސާއެއް ނުދޭން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު އެންގެވުމަކީ އެ މައްސަލައިގައި ތަފާތު ކުރުން ގެންގުޅުން ކަމަށް ދީބާޖާ އިންވެސްޓްމަންޓުން މިއަދު ބުނެފި އެވެ.

23 ޖުލައި

July 23, 2020 3
ބަދަލު ދިނުމާ ގުޅޭ އުސޫލެއް އޮޑިޓް އޮފީހުން ހަދަނީ

ދައުލަތުން އެކި ފަރާތްތަކާ އެކު ހަދާ އެއްބަސްވުންތައް އުވައިލުމުން ލިބޭ ގެއްލުމުގެ ބަދަލުދިނުމާ ގުޅޭ ގޮތުން ފާހަގަވި ކަންބޮޑުވުންތަކާ ހެދި ސަރުކާރަށް ލަފާދޭނެ އުސޫލެއް އެކުލަވައިލަން ނިންމާފައިވާ ކަމަށް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު މިއަދު ވިދާޅުވެއްޖެ އެވެ.

July 23, 2020 58
ދީބާޖާގެ ވަރުގަދަ އިންޒާރުތަކެއް އޮޑިޓާ ޖެނެރަލަށް

ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް، ދީބާޖާ އިންވެސްޓްމެންޓަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދޭން މި ސަރުކާރުން ނިންމާފައި ވިޔަސް، އެ ކުންފުންޏަށް އެ އުސޫލުން އެއްވެސް...

July 23, 2020 10
ހިދުމަތުގެ ބަދަލަށް ރަށްރަށް ނުދޭން އަންގައިފި

އެކިއެކި ޚިދުމަތް ދޭން ޝަރުތުކޮށް، ކުންފުނިތަކާ ސަރުކާރުން ކަންކަން ހަވާލު ކުރާއިރު، އެ ޚިދުމަތުގެ އަގު ކުޑަކުރުމުގެ ބޭނުމުގައި ރިސޯޓު ހިންގަން ރަށްރަށް ދިނުން ހުއްޓާލުމަށް އޮޑިޓާ...

19 ޖުލައި

July 19, 2020 5
ދީބާޖާގެ އޮޑިޓް އަވަސް ކުރަން އެދޭނަން: ޔައުގޫބް

ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް، ދީބާޖާ އިންވެސްޓްމެންޓަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދޭން މި ސަރުކާރުން ނިންމި ނިންމުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން އެދިފައިވާ އޮޑިޓް އަވަސްކޮށްދޭން އޮޑިޓަ ޖެނެރަލްގެ އޮފީހުގައި އެދިވަޑައިގަންނަވާނެ ކަމަށް ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲ މިއަދު...

13 ޖުލައި

July 13, 2020 4
މާލީ ބަޔާން ހުށަހެޅުން ހަރުކަށިކޮށް، ޚާއްސަ އުސޫލެއް

ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މާލީ ބަޔާންތައް އޮޑިޓާ ޖެނެރަލަށް ހުށަހެޅުމުގެ އުސޫލުތައް ހަރުކަށިކޮށް، ދޮގު މައުލޫމާތެއް މާލީ ބަޔާނުގައި ހިމަނުއްވާ ބޭފުޅުންނާއި މާލީ ބަޔާން ހުށަނާޅުއްވާ ބޭފުޅުންގެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ފޮނުވާ ގޮތަށް އުސޫލެއް އެކުލަވާލައި، އަމަލުކުރަން ފަށައިފި އެވެ.

17 ޖޫން

June 17, 2020 12
ފެންފަންޑުން 10 މިލިޔަން ހަރަދުކުރީ އުސޫލެއް ނެތި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2014 ވަނަ އަހަރު އެމްޑަބްލިއުއެސްސީގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން މާލެއިން ފެނުގެ ހިދުމަތް ކެނޑުމުން އުފެއްދި "މާލޭ ވޯޓާ ކްރައިސިސް މެނޭޖްމަންޓް ފަންޑް" އަށް 127.52 މިިލިޔަން ރުފިޔާ ލިބުނު އިރު އެ ފަންޑުން ހަރަދުކުރާނެ ކަންތައްތައް ކަނޑަ ނާޅަައި 10.82 މިލިޔަން ރުފިޔާ...

08 ޖޫން

June 08, 2020 8
މާލީ ހިސާބުތަކާއި އޮޑިޓްގެ މުއްދަތުތައް ފަސްކުރަނީ

ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ދައުލަތުގެ އަހަރީ މާލީ ހިިސާބުތައް ހުށަހެޅުމާއި އެ ހިސާބުތައް އޮޑިޓް ކުރުމުގެ މުއްދަތު ފަސްކޮށްދެވޭ ގޮތަށް އޮޑިޓް ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައިފި އެވެ.

19 މެއި

May 19, 2020 16
އެސްޓީއޯ މެދުވެރިކޮށް ހަަރަދުކުރި ގޮތް ބަލަނީ

މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައި ވަނީ ކޮވިޑް-19 އަށް 814 މިލިއަން ރުފިޔާ ހަރަދު ކުރެވުނު އިރު، އޭގެ ތެރެއިން ބޮޑު ބައެއް ހޭދަކޮށްފައިވަނީ އެސްޓީއޯ މެދުވެރިކޮށް ކަމަށް. މެޑިކަލް ކޮންސިއުމަބަލްސްގެ ތެރެއިން ގާތްގަނޑަކަށް 86 ޕަސެންޓް ޕްރޮކިއުއާ ކުރަނީ އެސްޓީއޯ އިން ކަމަށް އަމީރު ވިދާޅުވެފައިވޭ.

06 މާޗް

March 06, 2020
އޮޑިޓްތަކަށް މައުލޫމާތު ޚިޔާލު ދެވޭ ގޮތަށް ހުޅުވާލައިފި

އޮޑިޓާ ޖެނެރަލްގެ އޮފީހުން ކުރާ އޮޑިޓްތަކަށް އާއްމުންނަށް ހިޔާލާއި މައުލޫމާތު ދެވޭ ގޮތް ހެދުމަށް ހާއްސަ ޕޯޓަލްއެއް އިއްޔެ ތައާރަފްކޮށްފި އެވެ.

02 މާޗް

March 02, 2020 5
ކޭސްވޯކަރަކަށް 76 މައްސަލައާ އެކު ބުރަބޮޑު: ރިޕޯޓް

ސޯޝަލް ސާވިސަސްގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުން (ކޭސް ވޯކަރުންނާ) އެއްފަހަރާ ހަވާލުކުރާ މައްސަލަތަކުގެ އަދަދު ގިނަވެ، އެ މީހުންނަށް ބުރަ ބޮޑުވުމުގެ ސަބަބުން އެކަށީގެންވާ ގޮތެއްގައި މައްސަލަތައް ނުބެލޭތީ އެކަން އިސްލާހުކުރަން ފިޔަވަޅު އަޅަން ކަމާބެހޭ ފަރާތްތަކަށް އޮޑިޓް ރިޕޯޓުގައި ލަފާ ދީފި އެވެ.

24 ފެބުރުއަރީ

February 24, 2020 34
އައިއޭއެސްގެ ހަރަދު ބޮޑަސް، ނުހިންގޭހާ ގޯހެއް ނޫން

އަައިލެންޑް އޭވިއޭޝަަން ސާވިސަސް ލިމިޓެޑް (އައިއޭއެސް)އިން މުވައްޒަފުންނަށް ކުރާ ހަރަދު ދައުލަތުގެ އެހެން ބައެއް ކުންފުނިތަކާ އަޅާ ބަލާއިރު ބޮޑު ކަމަށާއި އެހެން ނަމަވެސް އެ ކުންފުނި ހިންގަން މާލީ ގޮތުން ހިންްގަން ހުރަސް އެޅޭހާ ގޯސް ނޫން ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުުނެފި އެވެ.

February 24, 2020 34
އިސްލާމިކް މިނިސްޓްރީގައި ނޫޅޭ މުވައްޒަފަކަށް މުސާރަ!

އިސްލާމިކް މިނިސްޓްރީގައި ނޫޅޭ މުވައްޒަފެއްގެ މުސާރާގެ ގޮތުގައި 62،000 އަށް ވުރެ ގިނަ ރުފިޔާ ނަގާފައިވާ މައްސަލައެއް އޮޑިޓާ ޖެނެރަލް ފެންމަތިކުރައްވައިފި އެވެ.

February 24, 2020 51
ޒިކުރާ މިސްކިތް ހަވާލުކުރީ ބިމުގެ ރަޖިސްޓްރީ ވެސް ނެތި

ޒިކުރާ މިސްކިތް 10 ބުރިއަށް އިމާރާތް ކުރަން ކުރީގެ ސަރުކާރުން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރި އިރު އެ މިސްކިތް އިމާރާތްކުރާ ބިމުގެ ރަޖިސްޓްރީއެއް ވެސް ނެތް ކަމަށާއި މިސްކިތް...

23 ފެބުރުއަރީ

February 23, 2020 133
ފައިސަލްގެ އައިނު ހައްދަން ބަޖެޓުން 72،000ރ

އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ ދަރިފުޅު ފައިސަލް އިބްރާހިމް، މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި މަސައްކަތް ކުރެއްވި ދުވަސްވަރު، އޭނާ އާއި އަނބިކަނބަލުންގެ އައިނު ހެއްދުމަށް އެމްބަސީގެ ބަޖެޓުން 72،438ރ. ޚަރަދު ކޮށްފައިވާ ކަމަށް އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައި ބުނެފި އެވެ.

20 ފެބުރުއަރީ

February 20, 2020 1
ދެކުނު އޮޑިޓް އޮފީހުން 85 ޕަސެންޓް މަސައްކަތް ނިންމި

އައްޑޫގައި ހުންނަ، އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ދެކުނު ގޮފިން މިދިޔަ އަހަރު ކުރަން ރޭވި އޮޮޑިޓްތަކުގެ 85 ޕަސެންޓް ނިންމައިިފި އެވެ.

13 ފެބުރުއަރީ

February 13, 2020 18
ޓީއެމްއޭގެ ރިޕޯޓްގެ ސައްހަކަމާ ދޭތެރޭ ސުވާލެއް!

ސީޕްލޭން ޓާމިނަލުން ލިބޭ ފައިދާ، ޓީއެމްއޭގެ އިންޓާނަލް އޮޑިޓުން ރަނގަޅަށް ފެންނަން ނެތް ކަމަށާއި ހަަގީގީ ފައިދާ އިނގޭނީ ޓީއެމްއޭއިން ރިސޯޓްތަކަށް ދަތުރުކުރާ ފަސިންޖަރުންގެ އަތުން ނަގާ އަގުތައް ވެސް އެނގިގެން ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު އިއްޔެ ވިދާޅުވެއްޖެ އެވެ.

12 ފެބުރުއަރީ

February 12, 2020 17
ޓީއެމްއޭއަށް ސަރުކާރުން ހުށަހެޅި ގޮތް ރަނގަޅު: ހަސަން

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ހަދަމުން އަންނަ އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭ އަށް ޖާގަ ދޭން ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުން ރަނގަޅު ކަމަށް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީގައި މިއަދު ވިދާޅުވެއްޖެ އެވެ.

21 ޖެނުއަރީ

January 21, 2020 70
އޮޑިޓުގައި ލަފާކުރާ އަދަދު އަށް ގުނަ ބޮޑު:ޓީއެމްއޭ

އާ ސީ ޕްލޭން ޓާމިނަލް، ކުއްޔަށް ދީގެން އެމްއޭސީއެލް އަށް 47 މިލިއަން ޑޮލަރު (726 މިލިއަން ރުފިޔާ) ލިބޭނެ ކަަމަށް އޮޑިޓަ ޖެނެރަލްގެ ހާއްސަ ރިޕޯޓުގައިވާ އަދަދު ސައްހަ ނޫން ކަމަށް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން މިއަދު ބުނެފި އެވެ.

22 ޑިސެމްބަރ

December 22, 2019 86
އެމްއޭސީއެލުން މިހާ ބޮޑު އާމްދަނީއެއް ދޫކޮށްލަނީތަ؟

ހުޅުލޭގައި އެމްއޭސީއެލުން ހަދަމުން އަންނަ އާ ސީ ޕްލޭން ޓާމިނަލް ހިންގަން ރާއްޖޭގެ އެންމެ ބޮޑު ސީ ޕްލޭން އޮޕަރޭޓަރު، ޓީއެމްއޭއަށް ދީފި ނަމަ، އަހަރަކު 41 މިލިއަން ޑޮލަރު (632 މިލިއަން ރުފިޔާ) އެމްއޭސީއެލް އަށް ގެއްލޭނެ ކަމަށް، ހާއްސަ އޮޑިޓުން ހާމަވެއްޖެ އެވެ.

14 ނޮވެމްބަރ

November 14, 2019 5
ގިނަ ކައުންސިލްތަކުން މާލީ ރިޕޯޓު ވެސް ނުހަދާ: ޒިޔަތު

ރާއްޖޭގެ ގިނަ ކައުންސިލްތަކުން މާލީ ބަޔާން ތައްޔާރު ނުކުރާ ކަމަށާއި ކައުންސިލްތަކަށް މާލީ ބާރުތައް ދޭއިރު މިހާރަށް ވުރެ ފުރިހަމަ އަށް މޮނީޓާކޮށް ޒިންމާދާކުރަން ޖެހޭ ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެ އެވެ.

05 ނޮވެމްބަރ

November 05, 2019 12
ނޫމަޑިން ދައުލަތަށް ފައިސާ ދިންތޯ ސުވާލު އުފައްދައިފި

ސެޓްލްމަންޓް އެގްރީމެންޓެއް ހަދައި ދައުލަތުން 55 މިލިއަން ޑޮލަރު (849،750،000ރ.) ދީފައިވާ ނޫމަޑިން ދައުލަތަށް ދައްކަން ޖެހިފައި އޮތް 92 މިލިއަން ރުފިޔާ އަށް ވީ ގޮތަކާ މެދު ފެލިދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު ފަޒުލް ރަޝީދު އިއްޔެ ސުވާލު އުފައްދަވައިފި އެވެ.

29 އޮކްޓޯބަރ

October 29, 2019 62
ރިޕޯޓް ކުންޏަށް، ފެންނަން އޮތީ ނިޔާޒްގެ ހިތްވަރު!

އެމްއެމްޕީއާރުސީގެ ޚިޔާނާތް އާއްމުވި، އޮޑިޓް ރިޕޯޓް ނެރުނަ ނުދޭން އެ އޮފީސް ރޯކޮށްލަން ވިސްނި އެވެ. ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް ފުލުސް އޮފީހުގެ ތެރެއިން ޖަރީމާތައް ހިންގައިދިން ފުލުހުންނާ ދެމެދު އެ ވާހަކަ ދެކެވުނެވެ. އެ ފުރުސަތު ހޯދަން ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހީމްގެ ފަހަތުން ފާރަ ވެސް ލި އެވެ. އޭނާ އަށް...

28 އޮކްޓޯބަރ

October 28, 2019 3
އޮޑިޓް އޮފީހަށް 64 މިލިިއަންގެ ބަޖެޓެއް ފާސްކޮށްފި

އޮޑިޓަ ޖެނެރަލް އޮފީހަށް އަންނަ އަހަރަށް 64 މިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިއްތިފާގުން މިއަދު ފާސްކޮށްފި އެވެ.