09 ޖުލައި

July 09, 2019
ބްރޯޑްކޮމްގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ދެ މެމްބަރަކު އިސްތިއުފާ ދެއްވުމުން، އެ ދެ މަގާމަށް ކުރިތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.

04 ޖުލައި

July 04, 2019 6
ބްރޯޑްކޮމްގެ މެމްބަރުން ހާޒިރުކުރި ކޮމިޓީ ސިއްރުކޮށްފި

ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން ހާޒިރުކުރަން ބޭއްވި ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ސަބް ކޮމިޓީގެ ބައްދަލުވުން މިއަދު ސިއްރުކޮށްފި އެވެ.

30 ޖޫން

June 30, 2019 21
ބްރޯޑްކާސްޓިން ކޮމިޝަނުން ނަބާހު އިސްތިއުފާ ދެއްވައިފި

ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު، ހަސަން ނަބާހު އޭނާގެ މަގާމުން މިއަދު އިސްތިއުފާދެއްވައިފި އެވެ.

26 ޖޫން

June 26, 2019 13
ބްރޯޑްކޮމް އިން ސޮފްވާން އިސްތިއުފާ ދޭން ހުށަހަޅައިފި

ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު، އިސްމާއިލް ސޮފްވާން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމާފައި ވަނިކޮށް އިސްތިއުފާ ދެއްވުމަށް ރައްޔިތުންގެ މަޖިލީހަށް އޭނާ ސިޓީއެއް ހުށަހަޅުއްވައިފި އެވެ.

25 ޖޫން

June 25, 2019 8
ބްރޯޑްކޮމްގެ ސޮފްވާން ވަކިކުރަން ކޮމިޓީން ނިންމައިފި

ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ސޮފްވާން ވަކިކުރަން ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ނިންމައިފި އެވެ.

19 ޖޫން

June 19, 2019 26
ސޮފްވާނާއި ޒައިނާ ވަކިކުރަން ހުށަހަޅައިފި

ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ސޮފްވާނާއި މިހާރުގެ ނައިބު ރައީސް ފާތިމަތު ޒައިނާ މަގާމުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މިއަދު...

June 19, 2019 49
ޖޫރިމަނާކުރީ ވަކި ޗެނަލަކަށް އަމާޒުކޮށްގެން: ޝަހީބް

އަބުރު ގާނޫނުގެ ދަށުން ރާއްޖެ ޓީވީ އެތައް މިލިއަން ރުފިޔާއަކުން ޖޫރިމަނާކުރުމަކީ ވަކި ޗެނަލަކަށް އަމާޒުކޮށްގެން އެޅި ފިޔަވަޅެއް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެކަން ކުރީ...

17 ޖޫން

June 17, 2019 4
ބްރޯޑްކޮމްގެ ނައިބު ރައީސަކަށް ޒައިނާ

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ނައިބު ރައީސްގެ މަގާމުގަައި ހުންނެވި އިސްމާއިލް ސޮފްވާން އިސްތިއުފާ ދެއްވުމުން، އެ މަގާމަށް ފާތިމަތު ޒައިނާ މިއަދު އިންތިޚާބު ކޮށްފި އެވެ.

06 ޖޫން

June 06, 2019 6
ރީބްރޯޑްކާސްޓަރުންގެ ޖޫރިމަނާ މާފުކޮށްދޭން ރައީސަށް

ބައެއް ރީބްރޯޑްކާސްޓަރުންނަށް ކޮށްފައިވާ ޖޫރިމަނާ މައާފު ކޮށްދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެދިއްޖެ އެވެ.

03 ޖޫން

June 03, 2019 11
ޕީއެސްއެމްއާ މެދު އަމަލުކުރީ އާންމު އުސޫލުން:ބްރޯޑްކޮމް

ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފްވި މައްސަލާގައި ޕީއެސްއެމް އިން މައާފަށް އެދެން އެންގި މައްސަލާގައި އަމަލުކުރީ އާންމު އުސޫލުތަކުގެ ތެރެއިން ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ބުނެފި އެވެ.

28 މެއި

May 28, 2019 14
ސަންގު ޓީވީން ކުރީ އިސްލާމީ ޝިއާރުތަކާ ފުށުއަރާ ކަމެއް

ސަންގު ޓީވީން ރޯދަ މަހާ ދިމާކޮށް ސިލްސިލާކޮށް ގެނެސްދެމުން އަންނަ "ރޯހާ ފުއްޓަރު" ޑްރާމާ އަކީ އިސްލާމީ ޝިއާރުތަކާ ފުށު އަރާ ޑްރާމާއެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

May 28, 2019 3
ބައެއް ރީބްރޯޑްކާސްޓަރުންގެ ޖޫރިމަނާ މާފުކުރަނީ

މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ރީބްރޯޑްކާސްޓަރުންގެ މައްޗަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ކުރި ޖޫރިމަނާތައް މާފުކޮށްދެވޭނެ ހަމައެއް އޮތްތޯ ބަލައި އެކަމުގެ...

27 މެއި

May 27, 2019 11
ސަންގު ޓީވީން ބްރޯޑްކޮމްއަށް ޖަވާބުދާރީވާން އަންގައިފި

ސަންގު ޓީވީން ގެނެސްދިން ޑްރާމާއެއްގައި ބަދުއަހުލާގީ މަންޒަރުތަކެއް ބްރޯޑްކާސްޓްކޮށްފައިވާ ކަމަށް ބެލެވޭތީ ޖަވާބުދާރީވާން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އެ ޓީވީ އަށް އަންގައިފި އެވެ.

04 މެއި

May 04, 2019 4
ބްރޯޑްކޮމް އަށް ބޮޑު ބަޖެޓް، ކައުންސިލްގެ ހާލަތު ދަށް

"ފިލައިގެން ތިބެ" ކަންކަން ކުރާ ބްރޯޑްކާސްޓިން ކޮމިޝަނަށް ބޮޑު ބަޖެޓެއް ދޭ އިރު އެއަށް ވުރެ ގިނަ ޒިންމާތަކެއް އޮންނަ މޯލްޑިވްސް މީޑިއާ ކައުންސިލްގެ މާލީ ހާލަތު ވަރަށް ދަށް ކަމަށް، ކައުންސިލްގެ ރައީސް ހިދާޔަތުﷲ ރޭ ވިދާޅުވެއްޖެ އެވެ.

31 މާޗް

March 31, 2019 1
ރާއްޖެޓީވީ 1 މިލިއަނުން ޖޫރިމަނާކުރީ ރަނގަޅަށް: ކޯޓު

ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކުރީ ރަނގަޅަށް ކަމަަށް ސިިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

12 ފެބުރުއަރީ

February 12, 2019 36
މިނިވަންވެ، އިންސާފު ވެސް ކަށަވަރުވީތަ؟

ރިޔާސީ އިންތިޚާބުގެ ކުރިން އެންމެ ބޮޑު އެއް މައްސަލައަކަށް ވީ މިނިވަން މުއައްސަސާތަކުން ގާނޫނީ ޒިންމާ އަދާނުކުރުމެވެ. ގާނޫނުއަސާސީން ބޮޑެތި ބާރުތަކާއި އިޚްތިޔާރު ދީފައިވާ މުއައްސަސާތަކުގެ ބޭނުމަކީ ސަރުކާރު ދިފާއު ކުރުމެއް ނޫނެވެ. ނުފޫޒުން އެއްކިބާވެ ތިބެ ސަރުކާރަށް ފާރަވެރިވެ، ރައްޔިތުންގެ ހައްގުގައި ގާނޫނުތައް...

11 ފެބުރުއަރީ

February 11, 2019 1
އާ ގަވާއިދުގައި ބުނާ މައުލޫމާތު ފުރިހަމަކުރަން އެދެފި

އަލަށް އަމަލުކުރަން ފެށި ބްރޯޑްކާސްޓިން ގަވާއިދާއި ރީ-ބްރޯޑްކާސްޓް ކުރުމުގެ ގަވައިދުގައި ބުނާ މައުލޫމާތުތައް ތިން މަސް ތެރޭގައި ފުރިހަމަ ކުރަން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.

04 ފެބުރުއަރީ

February 04, 2019 22
ޝަރީފްގެ އަބުރަށް އަރައިގަތުމުން މާފަށްއެދެން އަންގައިފި

ރިޔާސީ އިންތިޚާބުގެ ވޯޓު އޮޅުވާލި ކަމުގެ ތުހުމަތާ އެކު އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހްމަދު ޝަރީފަށް ވަގަށް ގޮވި ކޮންޓެންޓެއް ބްރޯޑްކާސްޓް ކުރި މައްސަލައިގައި ޗެނަލް 13 އާ މެދު ބްރޯޑްކާސްޓިން ކޮމިޝަނުން ފިޔަވަޅު އަޅައިފި އެވެ.

26 ޑިސެމްބަރ

December 26, 2018 3
ރާއްޖެ ޓީވީ ފަސް ލައްކައިން ޖޫރިމަނާ ކުރީ ރަނގަޅަށް

ރާއްޖެ ޓީވީ ފަސް ލައްކަ ރުފިޔާ އިން ޖޫރިމަނާކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

19 ޑިސެމްބަރ

December 19, 2018 40
ގާސިމްގެ ވާހަކަ އިން މީޑިއާތައް ކަންބޮޑުވެއްޖެ

އަބުރުގެ ގާނޫނު އަލުން ގެންނަވާނެ ކަމުގެ އިންޒާރު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ދެއްވުމުން ރާއްޖޭގެ ބައެއް މީޑިއާތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

28 ނޮވެމްބަރ

November 28, 2018 10
"ރަހީނު" ކުރި މައްސަލާގައި ޝަހީބުގެ ބަޔާން ނަގައިފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު، މިދިޔަ ސެޕްޓެމްބަރު 17 ވަނަ ދުވަހު އޭނާގެ އޮފީހުގެ ކޮޓަރީގައި "ރަހީނުކޮށް"، އިސްތިއުފާ ދެއްވުމަށް އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ސޮފްވާން މަޖުބޫ ރުކުރެއްވި މައްސަލައިގެ ތަހުގީގަށް ފުލުހުން މިއަދު ޝަހީބުގެ ބަޔާން ނަގައިފި އެވެ.

15 ނޮވެމްބަރ

November 15, 2018 8
ޑީޖޭއޭއިން ހުށަހެޅި މައްސަލަ ނިންމީ ރާއްޖެޓީވީ ކޮޅަށް

ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ފަނޑިޔާރުންގެ އަބުރަށް ހުތުުރުވާ ގޮތަށް ވާހަކަ ދައްކާފައިވާ ކަމަށް ބުނެ، އެ ޕްރޮގްރާމް ހުށަހެޅި ޕްރެޒެންޓަރުންގެ މައްސަލަ ބަލައިދިނުމަަށް އެދި ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅި މައްސަލަ ރާއްޖެޓީވީއާ އެއްކޮޅަށް ނިންމައިފި އެވެ.