ކޯޓުގައި ޝާހިދު ވިދާޅުވަނީ ދޮންދަރިއެއް ނުހުންނަ ކަމަށް
އިތުބާރު ކުރެވޭ މަގާމެއްގައި ހުރި ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ދައުލަތުން ތުހުމަތުކުރާއިރު، އޭނާގެ ދޮންދަރިއެއް ނުހުންނަ ކަމަށް ވިދާޅުވެ، ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހައި ކޯޓުގައި މިއަދު ވަކާލާތު ކުރައްވައިފި އެވެ.
ފައިސަލް ޕްރައިމަރީއަށް ނުކުތީ އަޅުގަނޑުގެ ތާއީދާއެކު: އިބޫ
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީން ނުކުމެވަޑައިގަންނަވާނެ ކެންޑިޑޭޓަކު ކަނޑައަޅަން ބާއްވާ ޕްރައިމަރީގައި ވާދަކުރައްވަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ނިންމެވީ، އެ މަނިކުފާނުގެ ތާއީދާ އެކު ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.
ކަސްޓަމްސްއިން ޑްރޯން/ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި
މޯލްޑިވްސް ކަސްޓަމްސްގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ގާބިލުކަން އިތުރުކުރުމަށް ސަވައިލަންސް ޑްރޯނާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ރަސްމީކޮށް މިއަދު ފަށައިފި އެވެ.
އުމްރާވެރިންނަށް ލަނޑުދިން އަސްކޮއި އިން ހިޔާނާތްތެރިވި ފައިސާގެ އަދަދު 2.6 މިލިއަނަށް ވުރެ ބޮޑު
އުމްރާއަށް ގެންދަން ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު އަސްކޮއި ކުންފުނިން ހިޔާނާތްތެރިވި ފައިސާގެ އަދަދު 2.6 މިލިއަން ރުފިޔާއަށް ވުރެ ބޮޑުކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އެޑިޓަރުގެ ހޮވުން
ކާސަލް: ކާފައެއްގެ އަގުބޮޑު ހަދިޔާ!
ކާސަލް: ކާފައެއްގެ އަގުބޮޑު ހަދިޔާ!
މީގެ ދެ ދުވަހެއް ކުރިން ސޯޝަލް މީޑިއާގައި ޑިޒްނީ ކާސަލްއެއްގެ ފޮޓޯއެއް ދައުރުވާން ފެށި އެވެ. އެންމެ ފުރަތަމަ ހީވީ އެއީ ފޮޓޯ ބެކްޑްރޮޕެއް ކަމަށެވެ. އެކަމަކު އެއީ މަޝްހޫރު ޑިޒްނީ ތީމް ޕާކުތަކުން ވެސް ފެންނަން ހުންނަ ކަހަލަ ކާސަލްއެކެވެ. ހަތަރު މަސް ދުވަހުގެ މަސައްކަތުން ހުޅުމާލެ 2 ގައި އެ ކާސަލް ހެދީ މަޝްހޫރު ވިޔަފާރިވެރިއަކު އޭނާގެ ތިން ކާފަ ކުދިންގެ އުފަންދުވަހުގެ ޕާޓީއަށެވެ.
ރިއަލް އެސްޓޭޓް ބިލަށް ޕާޓީތަކާއި އެންޖީއޯތަކުގެ ހިޔާލު ހޯދަން ނިންމައިފި
ރިއަލް އެސްޓޭޓް ގާނޫނެއް ހަދަން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލަށް ސިޔާސީ ޕާޓީތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ ހިޔާލު ވެސް ހޯދަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން މިއަދު ނިންމައިފި އެވެ.
މަގު ހެދުމަށް ބަޖެޓުގައި 1.3 ބިލިއަން ރުފިޔާ
މަގު ހެދުމުގެ މަޝްރޫއުތައް ހިންގަން، އަންނަ އަހަރުގެ ބަޖެޓުގައި 1.3 ބިލިއަން ރުފިޔާ ކަނޑައަޅައިފި އެވެ.
ލޮނުގަނޑު ހޫނުވާއިރު ދިވެހި މަސްކަނޑުތަކަށް ފަޅުކަން
އެންވެރިކަން ދަށްވާ ސަބަބާ ގުޅޭ ތަފާތު ހިޔާލުތައް ހުރި ނަމަވެސް، އެއް ކަމެއް ވަރަށް ސާފު؛ އެއީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ދަތިތަކަކީ މަދުން ނޫނީ ނުފެންނަ ކުއްލި ސިހުމެއްގެ ބަދަލުގައި، މަސްވެރިންގެ ދިރިއުޅުމުގެ އާންމު ކަމަކަށް ވެގެން ދިއުން.
ފުވައްމުލަކުގައި ހިންގާ ޑްރަގް ކެފޭއެއް ބަންދުކޮށް ދެ މީހަކު ހައްޔަރުކޮށްފި
ޏ. ފުވައްމުލަކުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން ދިޔަ ޑްރަގް ކެފޭއެއް ބަންދުކޮށް، ދެ މީހަކު ހައްޔަރުކޮށްފި އެވެ.