ގޯލް ޖެހުމަށްފަހު ލޮލުން ކަރުނަ ފޮހޭ ގޮތަށް ސިފަކޮށް ކުރި އުފާފާޅުކުރުމަކީ ސިޓީގެ ސަޕޯޓަރުންނަށް ދިން ރައްދެއް ކަމަށް ރެއާލް މެޑްރިޑްގެ ފޯވާޑް ވިނީޝިއުސް ޖޫނިއާ ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެވަނަ ލެގުގައި މެންޗެސްޓާ ސިޓީ އަތުން 2-1 އިން ރެއާލް މެޑްރިޑް ރޭ މޮޅުވި މެޗުގައި، ރެއާލްގެ ދެ ލަނޑު ވެސް ޖެހީ ވިނީ އެވެ.  ކުއާޓާ ފައިނަލަށް ރެއާލް ދަތުރުކުރީ 5-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޕްލޭއޮފްގައި ބެންފީކާއާ ދެކޮޅަށް ކުޅުނު މެޗުގައި އުފާފާޅު ކުރި ގޮތުން ވިނީ އަށް ފާޑު ކިޔުން އަމާޒުވި އެވެ. ރރޭގެ މެޗުގެ އުފާފާޅު ކުރުމާ ބެހެގޮތުން އޭނާ ބުނީ އެއީ މިދިޔަ ސީޒަނުގައި އޭނާ އަށް އަމާޒުކޮށް ސިޓީގެ ސަޕޯޓަރުން ގެންގުޅުނު ބެނާ އަށް ދިން ޖަވާބެއް ކަމަށެވެ. 

މިދިޔަ ސީޒަނުގައި މި ދެ ޓީމު އިއްތިހާދުގައި ކުޅުނު މެޗުގައި ސިޓީގެ ސަޕޯޓަރުން ގެންގުޅުނު ބެނާގައި ލިޔެފައި އޮތީ "ހިތް ފުރެންދެން ރުއިން ހުއްޓާލާ"  އެ ބެނާގައި ވަނީ ވިނީ ފަހަތަށް ޖައްސާލުމަށްފަހު ބެލެންޑޯ ކާމިޔާބުކުރި ސިޓީގެ ރޮޑްރީގެ ފޮޓޯއެކެވެ. ވިނީ އަށް އެ އެވޯޑް ނުލިބުމުން އޭނާ އާއި ރެއާލް މެޑްރިޑުން ވަރަށް ބޮޑަށް އޭރު އެ ޝަކުވާ ކުރި އެވެ.

Real Madrid
Real Madrid

އެހެންވެ، އެކަމާ ރުއިން ހުއްޓާލުމަށް ވިނީ އަށް ޖަވާބު ދޭން ސިޓީގެ ސަޕޯޓަރުން ގެންގުޅުނީ އެ ބެނާ އެވެ.

މެޗަށްފަހު މޮވިސްޓާ އަށް ދިން އިންޓަވިއުއެއްގައި ވިނީޝިއަސް ބުނީ، ފުޓްބޯޅައިގައި އަބަދުވެސް އަލުން ކަންކަން ސާބިތުކޮށްދޭން ފުރުސަތު ލިބޭނެ ކަމަށެވެ.

ފުރަތަމަ ލެގުގައި ޕެނަލްޓީއެއް ނާކާމިޔާބުވި ނަމަވެސް، މި މެޗުގެ 22 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އޭނާ ވަނީ ކާމިޔާބުކޮށްފަ އެވެ.

ވިނީ ބުނި ގޮތުގައި އޭނާ ބޭނުންވީ އެ ޕެނަލްޓީ ފެޑެރީކޯ ވަލްވާޑޭ ޖެހުމަށެވެ. 

 "ވަލްވާޑޭ ކެޕްޓަނެއްގެ ހައިސިއްޔަތުން އަހަންނަށް އިތުބާރު ދިނުމުން، ގޯލް ޖަހައި ޓީމަށް އެހީތެރިވެވުނީ"  އޭނާ ބުންޏެވެ.

މެޗުގެ ފަހު ވަގުތު ދެވަނަ ގޯލެއް ޖެހުމަށްފަހު، ވިނީ ވަނީ ސިޓީގެ ސަޕޯޓަރުންނަށް "4-0" ގެ ނިޝާނެއް ދައްކައި، އެގްރިގޭޓް ނަތީޖާއިން ރެއާލް ކުރީގައި އޮތްކަން ހަނދާންކޮށްދީފަ އެވެ.

ރޭގެ މެޗުގެ ބޮޑުބައެއް ސިޓީން ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ ބެނަޑާ ސިލްވާ އަށް ރަތް ކާޑް ދެއްކުމުންނެވެ.