ހުޅުމާލެއިން އެއާޕޯޓަށް ދަތުރުކުރި ވެހިކަލެއް ހައިވޭގެ ފެންސުގައި ޖެހި ފުރޮޅާލައިފި އެވެ. 

ފުލުހުން ބުނީ އެއާޕޯޓަށް ދިއުމަށް ހައިވޭގައި ދަތުރުކުރި ވެހިކަލެއް ހައިވޭގެ އެއްފަރާތުގައި ހުންނަ ފެންސުގައި ޖެހި އެކްސިޑެންޓުވެގެން ފުލުުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ބެލެވޭ ގޮތުގައި އެއީ އެއާޕޯޓުގައި ބޭނުންކުރާ ވެހިކަލެކެވެ. 

އެ އެކްސިޑެންޓުގައި ވެހިކަލްގައި ތިބި ދެ މީހަކަށް އަނިޔާވެގެން ފަރުވާދެމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެެ. އެކަމަކު އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ.