ފ. ނިލަންދޫގައި ކުޑަ ފިރިހެންކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ރިޕޯޓު އިއްޔެ ހަވީރު ލިބުނު ނަމަވެސް އަދި މީހަކު ހައްޔަރުނުކުރާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އުމުރުން 17 އަހަރުގެ ކުއްޖަކަށް އަނިޔާކުރީ އިތުބާރު ހުރި މަގާމެއްގައި ހުރި މީހެކެވެ.
އެ ކުއްޖާއަށް އަނިޔާ ކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު، އަނިޔާކުރާތީ ތަދުވާ ކަމަށާއި ސަލާމަތް ކުރުމަށް އެދި އާދޭސްކުރާ އަޑު އިވެ އެވެ.
މީހުން ވަކި ނުވާނެހެން "ބްލާ" ކޮށްފައިވާ އެ ވީޑިއޯގައި އަންހެނަކާއި އިތުރު ފިރިހެނަކު އެ ފިރިހެން މީހާގެ އަނިޔާއިން ކުއްޖާ ސަލާމާތް ކުރަން އުޅޭތަން ފެނެ އެވެ. ނަމަވެސް އެއީ ކުއްޖާގެ މަންމަ ކަމެއް ޔަގީނެއް ނޫނެވެ.