ދިރާގުޕޭ އެޕް މެދުވެރިކޮށް ރީލޯޑް ކުރާ ކަސްޓަމަރުންނަށް އިތުރު ކްރެޑިޓް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ. 

އެ ޕްރޮމޯޝަނުގެ ދަށުން ވަކި އަދަދުތަކެއް ރީލޯޑް ކުރުމުން ހަ ޕަސެންޓްގެ އިތުރު ކްރެޑިޓް ލިބޭނެ އެވެ. ދިރާގުޕޭ މެދުވެރިކޮށް ރީލޯޑް ކުރާ ކަސްޓަމަރުންނަށް ބޯނަސް ކްރެޑިޓް ލިބޭނީ: 

- 100ރ. ގެ ރީލޯޑަކަށް އިތުރު 6ރ. 

- 200ރ. ގެ ރީލޯޑަކަށް އިތުރު 12ރ. 

- 500ރ. ގެ ރީލޯޑަކަށް އިތުރު 30ރ. 

އެ އޮފާގެ ދަށުން ދިރާގުޕޭ އެޕްގައިވާ "ފީޗާޑް" ޓެބް މެދުވެރިކޮށް "ދިރާގު ރީލޯޑް" އިހްތިޔާރު ކުރުމަށްފަހު ޕްރިޕެއިޑް ފޯނު ނަންބަރު އަދި ރީލޯޑްކުރަން ބޭނުންވާ އަދަދު ޖަހައިގެން ރީލޯޑު ކުރުމުން އިތުރު ކްރެޑިޓް ލިބޭނެ އެވެ. އެ ޕްރޮމޯޝަން ކުރިއަށް ދާނީ ތިން މަސް ދުވަހުގެ މުއްދަތަށެވެ. 

ދިރާގުން ބުނީ އެއީ ދިރާގު ޕޭގެ ކަސްޓަމަރުންނަށް އިތުރު ފައިދާ ހޯދައިދިނުމުގެ އިތުރުން ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުން ކުރުމަށް ޝައުގުވެރިކަން އިތުރު ކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށެވެ. އަދި ދިރާގު ފިންޓެކްގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތައް ލިބޭ ފިންޓެކް ސޮލިއުޝަންތައް ފޯރުކޮށްދިނުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. 

ރީލޯޑް ހިދުމަތުގެ އިތުރުން ދިރާގުޕޭ އީ-ވޮލެޓުން ބިލް ސްޕްލިޓިން އާއި ސަބް ވޮލެޓާއި ޕިއާ-ޓު-ޕިއާ ޓްރާންސްފާ އާއި ފަވަރަ ޓްރާންސްފާ އަދި ބިލަށް ފައިސާދެއްކުން ފަދަ އެކި ހިދުމަތްތައް ލިބޭނެ އެވެ.