ދިރާގުން ވޯލްޑްކަޕާ ދިމާކޮށް ތައާރަފް ކޮށްފައިވާ ކަސްޓަމަރުންގެ މެދުގައި މަގުބޫލު "ޖެހީ ލިބުނީ" އިން ލިބޭ އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު "ޕެނަލްޓީ ޝޯޑައުން" ގޭމް މެދުވެރިކޮށް އިތުރު ކުރެވޭ ފުރުސަތު ހުޅުވާލައިފި އެވެ.
"ޖެހީ ލިބުނީ" ގައި ބައިވެރިވުމަށްޓަކައި ދިރާގު އެޕްގައިވާ "ޖެހީ ލިބުނީ" ބެނާއަށް ފިތާލުމަށްފަހު، ސަޕޯޓުކުރާ ޓީމެއް އިހުތިޔާރު ކޮށްގެން ބައިވެރިވެވޭނެ އެވެ. އަދި އިހުތިޔާރުކޮށްފައިވާ ޓީމުން ޖަހާ ކޮންމެ ލަނޑަކާއެކު 1ޖީބީ ޑޭޓާ ހިލޭ ލިބޭނެ އެވެ.
އެ ގޭމްގެ އެހީގައި ލީޑަބޯޑުގެ ކުރިއަށް އެރުމަށް އިތުރު ޕޮއިންޓްތައް ހޯދޭނެ އެވެ.
އެ ލަނޑުތަކާ އެކު ހިލޭ ޑޭޓާގެ އިތުރުން ލިބޭ ޕޮއިންޓްގެ އެހީގައި އެ ޕްރޮމޯޝަން ނިމޭއިރު، ލީޑަބޯޑުގެ އެއް ވަނަ ހާސިލުކުރާ ފަރާތަށް ޕީއެސް5 ސްލިމް 1ޓީބީ އާއި އީއޭ އެފްސީ 26 ބަންޑްލްއެއް އަދި ސެމްސަން އޮޑިސީ ޖީ5 27 އިންޗީގެ 165ހާޒް ކިއުއެޗްޑީ ކަރވްޑް މޮނިޓަރެއް ލިބޭނެ އެވެ. އަދި "ޕެނަލްޓީ ޝޯޑައުން" ގޭމް ކުޅެގެން ލީޑަބޯޑުގެ އެއް ވަނަ ހޯދުމަށްޓަކައި ޕޮއިންޓް އިތުރު ކުރެވޭނެ އެވެ.
ޖެހީ ލިބުނީ އަކީ ދިރާގުން މިހާރު ކުރިއަށް ގެންދާ "ފޯރިން ގުގުމާލާ" ކެމްޕެއިންގެ ތެރެއިން ހިންގާ ފޯރިގަދަ ޕްރޮމޯޝަނެކެވެ. އަދި "ފޯރިން ގުގުމާލާ" ކެމްޕެއިނަކީ ފުޓުބޯޅަ ބަލަމުން ދާއިރު ސަޕޯޓްކުރާ ޓީމުން ލަނޑެއް ޖަހާނެ ވަގުތަކަށް ކެތްމަދުވެފައި ވަނިކޮށް އެ ޓީމުން ލަނޑެއް ޖެހުމުން އެ ކުރެވޭ ފޮނި އިހުސާސާއި، ފޯރީގައި އެންމެން އެއް އަޑަކުން ގުގުމާލާއިރު ކުރެވޭ އިހްސާސްތަކުގެ މައްޗަށް ބިނާކޮށް ދީފައިވާ ނަމެެއް ކަމަށް ދިރާގުން ބުންޏެވެ.
އެ ކެމްޕެއިންގެ މަގުސަދަކީ އަގުހުރި އިނާމުތަކާއި އައު ތަޖުރިބާތަކާއެކު ކަސްޓަމަރުންނަށް އިތުރު ފުރިހަމަކަމާއި އުފާވެރި ވަގުތުތައް ގެނެސްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.