ޓްރީ ޓޮޕް ހޮސްޕިޓަލާއި އަމާނާ ތަކާފުލްއާ ދެމެދު ސޮއި ކުރުން
14 ޖެނުއަރީ 2019 - 14:29
އަމާނާ ތަކާފުލްގެ މެޑިކަލް އިންޝުއަރެންސް ޓްރީ ޓޮޕް ހޮސްޕިޓަލްގައި ބޭނުންކުރެވޭ ގޮތް ހަމަޖައްސައިފި އެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ އަމާނާ ތަކާފުލް އިންޕޭޝަންޓް އަދި އައުޓްޕޭޝަންޓް ހިދުމަތްތަކަށް، ފައިސާ ދައްކަން ނުޖެހޭ، ކޭޝްލެސް ހިދުމަތް މިހާރު ލިބޭނެ ކަމަށެވެ.
އަމާނާ ތަކާފުލް އިން ބުނީ ރާއްޖޭގެ މެޑިކަލް އިންޝުއައުރެންސް ބާޒާރުގެ މުހިންމު ބައިވެރިއެއްގެ ގޮތުން، އަމާނާ ތަކާފުލް އިން އަބަދުވެސް ހިދުމަތްތަކުގެ ކަވަރޭޖު ފުޅާ ކުރަމުން އަންނަ ކަމަށެވެ.
ރާއްޖޭގައި މިވަގުތު ހުރި އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލް ކަމަށްވާ ޓްރީ ޓޮޕް ހުޅުވައި ހިދުމަތް ދޭން ފެށީ މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެންނެވެ.
މަތީ ފެންވަރުގެ ވަސީލަތްތަކާއި ގިނަ ސްޕެޝަލިސްޓުންނާ އެކު ޚިދުމަތް ދޭ ޓްރީޓޮޕްގައި ބަލި މީހުން އެޑްމިޓްކުރަން ތަފާތު ފަސް ކެޓަގަރީގެ 159 ކޮޓަރި ހުރެ އެވެ. އެ ގޮތުން ދެ މީހުން އެޑްމިޓްކުރެވޭ 30 ކޮޓަރި އާއި އެކަކަށް ހިދުމަތް ދެވޭ ގޮތަށް ހަދާފައި ހުރި 57 ކޮޓަރި އާއި ހަތަރު ޖޫނިއާ ސުއިޓާއި ހަ ސުޕީރިއާ ސުއިޓް އަދި ދެ ޕްރެޒިޑެންޝަލް ސުއިޓް ހުރެ އެވެ.
އެ ހޮސްޕިޓަލުން ދޭ ހުރިހާ ޚިދުމަތްތަކުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ވަނީ އާސަންދަ ވެސް ލިބޭ ގޮތަށް ހަމަޖައްސައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޯދޯ
14 January 2019
ރާއްޖޭގަ ދުވަސްވީ އިންޝުރެންސް ކުންފުންޏަކާ ބަލާފަ އަދި އަވަސް. އިހަކައްދުވަހު މެޑިކަލް އިންޝުރެންސް ދޭން ފެށި ސޮލަރެލް މީހުން ތި ކޭޝްލެސް ތިތާކައް ދޭން ފަށިތާ ކޮން ދުވަހެއް މިހާރު. ފިނިހަކަ އުސޫލުން އަދިވެސް އަމާނަތަކަފުލް ތިއުޅެނީ...
އަލީ ހަސަން
14 January 2019
ސަޅި