26 މާޗް 2019 - 21:08
ދިރާގުން ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހާއްސަކޮށް 50 ޕަސެންޓްގެ ޑިސްކައުންޓާ އެކު ޕްރޮމޯޝަނެއް ފަށައިފި އެވެ.
ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުން ފެއާ ޔޫސޭޖު އެލަވަންސަށް ދިޔުމުން ސްޕީޑު އަވަސްކޮށްލުމަށް ޑޭޓާ ބޫސްޓަރެއް ނެގޭނެ އެވެ.
މި ޕްރޮމޯޝަންގައި ވިޔަފާރިތަކާއި ގެތަކުގެ ކަސްޓަމަރުންނަށް ބޫސްޓަރު 50 ޕަސެންޓް ޑިސްކައުންޓުގައި ލިބޭނެ އެވެ.
މި ޕްރޮމޮޝަން ކުރިއަށްދަނީ މި މަހުގެ ނިޔަލަށެވެ. ޕްރޮމޯޝަންގައި ގޭބީސީތަކުގެ ކަސްޓަމަރުން ނަމަ 3ޖީބީގެ ބޫސްޓަރެއް 15 ރުފިޔާ އަށް ލިބޭއިރު 8 ޖީބީ 37.5 ރުފިޔާ އަށް ލިބޭނެ އެވެ. މީގެ އިތުރުން 15ޖީބީ 65 ރުފިޔާ އަށް، 30ޖީބީ 125 ރުފިޔާއަށް، 75ޖީބީ 300 ރުފިޔާ އަށް ލިބޭ އިރު 100ޖީބީ 395 އަށް ލިބޭނެ އެވެ.
ވިޔަފާރިތަކަށް ނަމަ 15ޖީބީ 125 ރުފިޔާ އަށް، 30ޖީބީ 200 ރުފިޔާ އަށް، 60ޖީބީ 375 ރުފިޔާ އަށް ލިބޭ އިރު 115ޖީބީ 500 ރުފިޔާ އަށް ލިބޭނެ އެވެ. އަދި 230ޖީބީ 750 ރުފިޔާ އަށް ލިބޭނެ އެވެ.
ކޮންމެ ކަސްޓަމަރަކަށްވެސް މަހަކު ފަސް ބޫސްޓަރު ބޭނުން ކުރެވޭނެ އެވެ. ކަސްޓަމަރުންނަށް ދިރާގު މޯބައިލް އެޕާއި ފިކްސްޑް ބްރޯޑްބޭންޑް ޕޯޓަލް ބޭނުންކޮށްގެން ބޫސްޓަރުތައް އެކްޓިވޭޓްކޮށްލެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑިސްކައުންޓު މައިފުޓް
27 March 2019
ދެދުވަސްވީ ކަނެކްޝަން ނުލިބޭތާ. މީތާމިޑިސްކައުންޓަކީ.
ރާބޮޑޭ
27 March 2019
ރައްޔިތުމީހާ ފެލާލާނެ އައު މަޅިއެއްޖެހީދޯ !
ބުސްޓަރު
27 March 2019
ބޫސްޓަރޭ ކޮސްޓަރޭ ނުކިޔާ އިންޓަރނެޓް އަގުހެޔޮ ކޮށްބަލަ ނިކަން. ތިޔަ ޕްރޮމޯޝަން ހިންގާ އަގުގައި އަސްލު ޕެކޭޖް ވިއްކަބަލަ. ގައިމުވެސް ޕްރޮމޯޝަނޭ ކިޔާފައިވެސް ގެެއްލުން ވާ އަގެއްގައި ނުވިއްކާނެ. އެހެންވީމާ އެނގޭ އެ އަގުގައި އަސްލު ދިރާގަށް ވިއްކޭނެ ކަން.
ކީއްކުރަން..
27 March 2019
ނޫޅެން ކޮންމެހެން ބޫސްޓަރެއް ބޭނުންވެގެނެއް... ފުރަތަމަ.. ދީފަ އިންނަ ޕެކޭޖް ބޫސްޓްކޮށްފައި އެހެންއެއްޗެއް އިތުރަށް ބޫސްޓްކުރުން މާ ބުއްދިވެރި... ތި ތެޅެނީ މިހާރު އަގުހެޔޮ ކުރާށޭ ސަރުކާރުން ބުނެގެން ދޯ....
ޟުކުރީ
26 March 2019
123 އައް ގުޅީމަ ކޯލައައް ޖަވާބު ދީބަ އިތުރު ކަމެއް ނުކުރިޔަސް،