ދިރާގު ބްރޯޑްބޭންޑުގެ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް

ދިރާގު ފިކްސްޑް ބްރޯޑްބޭންޑްގެ ޚިދުމަތް ހިލޭ ގުޅައިދީ 30 ޕަސެންޓު ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.


މި ޕްރޮމޯޝަން ގައި، ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން ހިލޭ ގުޅައިދިނުމުގެ އިތުރުން ހަ މަސް ދުވަސް ވަންދެން 30 ޕަސެންޓަށް އިތުރު ޑޭޓާ ލިބޭނެ އެވެ. ޕްރޮމޯޝަން ކުރިއަށް ގެންދާނީ މި މަހުގެ ނިޔަލަށެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުން އަންނަ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް ލިބޭ ހިދުމަތެވެ.

ރާއްޖޭގެ އެންމެ ބޮޑު ފައިބާ ބްރޯޑްބޭންޑް ނެޓްވޯކެއް ގާއިމު ކޮށްފައިވަނީ ދިރާގުންނެވެ. އަދި އެ ކުންފުނިން އަންނަނީ މުޅި ރާއްޖެ އަށް ފައިބާ ބްރޯޑްބޭންޑްގެ ހިދުމުތް ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން 2016 ވަނަ އަހަރުން ފެށިގެން ދިރާގުން ވަނީ ފައިބާ ބްރޯޑްބޭންޑް ރާއްޖޭގެ އާބާދީގެ 70 ޕަސެންޓަށް ފޯރުކޮށްދީފަ އެވެ.