އޭސް ހާޑްވެއާ އާއި ކަލާ ބޭންކުން "އެންމެންގެ ރޯދަ ސޭލް"

އޭސް ހާޑްވެއާ އެންޑް ހޯމް ސެންޓަރާއި ކަލަ ބޭންކް ގުޅިގެން މިއަހަރުގެ ރޯދަ ޕްމޯޝަން "އެންމެންގެ ރޯދަ ސޭލް" ގެ ނަމުގައި ފަށައިފި އެވެ.


މި ޕްރޮމޯޝަންގައި އޭސް ހާރޑްވެއާ އާއި ކަލަ ބޭންކްގެ ފިހާރަތަކުން ވިޔަފާރިކޮށްގެން ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް ކޮންމެ 10 ދުވަހަކުން ސައިކަލެއް ދޭނެ އެވެ.

މި ޕްރޮމޯޝަންގައި 300 ރުފިޔާގެ ވިޔަފާރި ކުރުމުން ގުރުއަތުގައި ބައިވެރިވެވޭނެ އެވެ. މި ޕްރޮމޯޝަން މެއި 31 ގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

ޕްރޮމޯޝަންގައި ކަލަ ބޭންކުން ވިޔަފާރިކޮށްގެން ކަސްޓަމަރުންނަށް ހިލޭ ކުލަ ލިބޭނެ އެވެ.

ރޯދަ އަށް ހާއްސަކޮށް ގިނަ އަދަދެއްގެ ސާމާނު ބޮޑު ޑިސްކައުންޓާ އެކު ލިބޭ މި ޕްރޮމޯޝަން ސޯޝަލް މީޑިއާގައި ވެސް ކުރިއަށްދާނެ އެވެ. އެގޮތުން އޭސް ހާޑްވެއާގެ ފޭސްބުކް ޕޭޖްގައި "ލައިކް އެންޑް ކޮމެންޓް"ގެ ނަމުގައި ހިންގާ ކޮންޓެސްޓް ކާމިޔާބުކުރާ ދެ މީހަކަށް މެލޭޝިއާ ދެކޮޅު ޓިކެޓް ލިބޭނެ އެވެ. އަދި ކަލަ ބޭންކްގެ ފޭސްބުކް ޕޭޖްގައިވާ "ލައިކް އެންޑް ކޮމެންޓް" ކޮންޓެސްޓް ކާމިޔާބުކުރާ މީހަކަށް، ދެ މީހުންގެ ރިސޯޓު ދަތުރެއް ލިބޭނެ އެވެ.

މީގެ އިތުރުން މީޑިއާ މެދުވެރިކޮށް "މިއީ ކޯއްޗެއް"ގެ ނަމުގައި ކޮންޓެސްޓެއް ހިނގާނެ އެވެ. އަދި ކޮންމެ ހަފުތާ އަކު ނަސީބުން ދިމާވާ ފަރާތަކަށް ދެ މީހުންގެ ރޯދަވީލުމެއް ލިބޭނެ އެވެ.