ޓެޕްކޮން އިން ކުލައިގެ އީދެއް، ކުޑަކުދިންނާ އެކު!

ރޯދަމަހު ގޭތެރެ އާކޮށްލުމުގެ ސަގާފަތުގެ ތެރެއިން ކުލަ ލުމުގެ ތަޖުރިބާ ކުޑަކުދިންނަށް އިހުސާސްކޮށްލެވޭ ގޮތަށް، ކުލައިގެ ވަރަށް ހާއްސަ އިވެންޓެއް މާދަމާ، ބްރިޖް ވިއު ޕްލެޓްފޯމް ސަރަހައްދުގައި ބާއްވަން، ޓެޕްކޮން އިން ނިންމައިފި އެވެ.


"ރޯދަ މަހަށް އާކޮށްލަމާ"ގެ ނަމުގައި ޓެޕްކޮން ހާޑްވެއާ އިން ކުރިއަށް ގެންދާ ޕްރޮމޯޝަންގައި ކުލައަށް ހާއްސަ އިވެންޓަށް ބްރިޖް ވިއު ޕްލެޓްފޯމް ސަރަހައްދުގައި ފާރެއް ގޮތަށް ތިން ކެންވަސް ބަހައްޓަ އެވެ. ޓެޕްކޮން އިން ވިއްކަމުން އަންނަ ސަންކޯރާ ބްރޭންޑްގެ ކުލަ ބޭނުންކޮށްގެން އެ ކުއްޖަކު ބޭނުން ގޮތަކަށް، އެ ފާރުތަކުގައި ކުލަ ލާންވީ އެވެ.

ޓެޕްކޮންގެ އޮފިޝަލަކު ވިދާޅުވީ ކުލަ ލާން ބޭނުންވާ ސާމާނާއި އެޕްރަން އާއި އަންގި ފަދަ ހުރިހާ އެއްޗެއް ލިބޭނެ ކަމަށެވެ. އަދި ކުދިންނަށް އެހީތެރިވުމުގެ ގޮތުން މޯލްޑިވްސް އާޓިސްޓް ކޮމިޔުނިޓީގެ ހުނަރުވެރި ކުރެހުންތެރިން ވެސް ހަރަކާތްތެރިވާނެ އެވެ.

"މި އިވެންޓްގެ ބޭނުމަކީ ރޯދަމަހަށް އާކޮށްލުމުގެ ތަޖުރިބާ ކުޑަކުދިންނަށް ދިނުން،" ޓެޕްކޮންގެ އޮފިޝަލް ވިދާޅުވި އެވެ.

"ދިވެހިންގެ ތެރޭގައި ކުރިންސުރެ ވެސް އޮންނަ ކަމެއް ރޯދައަށް ކުލަ ލައި، ގެ ޒީނަތްތެރިކުރުން. އެކަން ކުޑަކުދިންނަށް ބުނެދިނުން އަސްލު ބޭނުމަކީ."

ހަވީރު 4:00 އިން 6:00 އަށް އޮންނަ މި ހަރަކާތަށް ކުޑަކުދިން ވަރަށް ޝައުގުވެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ހާއްސަ ގޮތެއްގައި ފާހަގަކުރެއްވީ ތަޖުރިބާކާރު އާޓިސްޓުންގެ ހުނަރާ އެކު އެ ކުދިންނަށް ކުލަ ލުމާއި އާޓްގެ ބައެއް ކަންކަން އެނގުމުގެ މުހިންމުކަމެވެ.

ސަންކޯރާ ބްރޭންޑްގެ ކުލަ އަކީ ވިހައިގެ އެއްވެސް މާއްދާއެއް ނުހިމެނޭ، އަދި ދޮވެލަން ވެސް ފަސޭހަ އެއްޗެކެވެ. އެހެންކަމުން އެ ކުލައިގެ ސަބަބުން އެއްވެސް މައްސަލައެއް ދިމާނުވާނެ ކަމަށް، އޮފިޝަލް ވިދާޅުވި އެވެ.

"ރޯދަމަހަށް އާކޮށްލަމާ" ޕްރޮމޯޝަންގައި ޓެޕްކޮން އިން އަންނަނީ އެކި ހަފުތާއަށް ބަހާލައިގެން އެކި ކަންކަން ކުރަމުންނެވެ. އެގޮތުން މާދަމާ ސަންކޯރާ ކުލައަށް ހާއްސަ ބައި، ކުޑަކުދިން ބައިވެރިކޮށްގެން ކުރިއަށް ގެންދާ އިރު ހިލޭ ޕޮޕްކޯން އާއި ކޮޓަން ކެންޑީ ވެސް ލިބެން ހުންނާނެ އެވެ.

ސަންކޯރާ ބްރޭންޑްގެ ކުލަ، ވަރަށް ޚާއްސަ

ސަންކޯރާ ބްރޭންޑްގެ ކުލަ އަކީ އެންމެ މަތީ ފެންވަރުން ފެށިގެން އާންމު މީހާގެ އަތްފޯރާ ފަށުގެ އަގުތަކުގައި ވެސް ލިބެން ހުންނަ އެއްޗެކެވެ.

މި ކުލާގައި ހަށިގަނޑަށް ނުރައްކާތެރި ބާވަތްތައް ކަމަށްވާ ލެޑާއި މާކަރީގެ މާއްދާއެއް ނުހިމެނެ އެވެ. އެހެންކަމުން މިއީ ވަރަށް ރައްކާތެރި އަދި ބޭނުންކުރަން ވެސް އެހާ ފަސޭހަ ކުލައެކެވެ.

އެތެރެ އާއި ބޭރުގައި ލާން ހާއްސަ ކުލަތަކުގެ އިތުރުން ލަކުޑި އާއި ދަގަނޑަށް ކަމުދާ ގޮތަށް ތައްޔާރުކޮށްފައިވާ ކުލައިގެ ބާވަތްތައް ވެސް، ސަންކޯރާ އިން ބާޒާރަށް ނެރެ އެވެ.

މި ކުލައިގެ ޚާއްސަ އަނެއް ސިފަޔަކީ ޖަރާސީމާއި ހިރަފުހުން ސަލާމަތްވުމުގެ އިތުރުން މޫސުމުގެ އަސަރު ވެސް އެއަށް ނުކުރުމެވެ.

ޓެޕްކޮން އިން ބުނާ ގޮތުގައި ސަންކޯރާއަށް ވަރަށް ގިނަ ބައެއްގެ މަގުބޫލުކަން އަންނަނީ ލިބެމުންނެވެ. އެހެންކަމުން ރޯދަމަހު ގޭތެރެ އާކޮށްލަން މިއީ ރަނގަޅު އުފެއްދުމެއް ކަމަށް، ޓެޕްކޮންގެ އޮފިޝަލް ވިދާޅުވި އެވެ.