ލެކިއުޓުން ކާޓިއޭ ބްރޭންޑުގެ ސެންޓް ރާއްޖޭގެ ބާޒާރަށް ނެރެފި

ފްރާންސްގެ މަޝްހޫރު ކާޓިއޭ ބްރޭންޑުގެ ސެންޓު ލެކިއުޓުން ރާއްޖޭގެ މާކެޓަށް ނެރެފި އެވެ.


ލަގްޒަރީ ސެންޓުގެ ވިޔަފާރި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރާ ލެކިއުޓުން ވަނީ ކާޓިއޭ ބްރޭންޑުގެ ސެންޓުގެ ތެރެއިން އަންހެނުންނަށް ހާއްސަ ތިން ވަންތަރެއްގެ ސެންޓާއި ފިރިހެނުންނަށް ހާއްސަ ތިން ބާވަތެއްގެ ސެންޓެއް ބާޒާރަށް ނެރެފަ އެވެ. މީގެ އިތުރުން އަންހެނުންނާއި ފިރިހެނުންނަށް ވެސް ބޭނުންކުރެވޭ ސެންޓެއް ވެސް ނެރެފައިވެ އެވެ.

މި ބްރޭންޑުގެ ރާއްޖޭގެ އެކްސްކްލޫވިކް ރީޓެއިލާ އަކީ ލެކިއުޓެވެ. ލެކިއުޓްގެ އޮންލައިން ފިހާރައިންނާއި އައުޓްލެޓްތަކުން ވެސް މި ބްރޭންޑުގެ ސެންޓު ލިބޭނެ އެވެ.

ކާޓިއޭ އަކީ 1981 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. އެ ބްރޭންޑުން ގަހަނާ އާއި ލަގްޒަރީ އެހެން އުފެއްދުންތައް ވެސް އަންނަނީ މާކެޓަށް ނެރެމުންނެވެ.

ލެކިއުޓުން ތައާރަފް ކުރި "ކާޓިއޭ" ސެންޓު--ފޮޓޯ:ލެކިއުޓް

ކާޓިއޭ އަކީ ސެންޓުގެ ވިޔަފާރީގައި ކާމިޔާބުކަމާ ކުންފުންޏެކެވެ.

ކާޓިއޭ ބްރޭންޑުގެ އިތުރުން ލެކިއުޓުން އަންނަނީ ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑުތަކުގެ ސެންޓުތައް ރާއްޖޭގައި ވިއްކަމުންނެވެ.