ދިރާގުން ސްކޫލް ކުދިންނަށް ބައިސްކަލް ރޭހެއް ބާއްވަނީ

"މަމެން އިންޓަ ސްކޫލް ބައިކް ޗެމްޕިއަންޝިޕް" ގެ ނަމުގައި ދިރާގާއި ބައިކް މޯލްޑިވްސް ގުޅިގެން ސްކޫލް ކުދިންނަށް ހާއްސަ ބައިސްކަލް ރޭހެއް ބާއްވަން ނިންމައިިފި އެވެ،


ހުޅުމާލޭ ބައިކް ޓްރެކުގައި މި ރޭސް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހު 26 އަދި 27 ގަ އެވެ. މިއީ ދިރާގާ އެކު ބައިކް މޯލްޑިވްސް އިން މި ރޭސް ބާއްވާ ދެވަނަ އަހަރެވެ.

މި އަހަރުގެ ރޭހުގައި 16 ސްކޫލަކުން 515 ކުދިން ބައިވެރިވާނެ އެވެ. މިފަހަރު ވެސް ތަފާތު 25 ރޭހެއް، ތިން އުމުރުފުރައިގެ މެދުގައި ކުރިއަށްދާނެ އެވެ. އެގޮތުން ރޭސް ކުރިއަށްދާނީ 14 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 18 އަހަރުން ދަށުގެ އުމުރުފުރައިގެ ކުދިންގެ މެދުގަ އެވެ.

ކޮންމެ އުމުރުފުރައެއްގައި ވެސް އަންހެން އަދި ފިރިހެން ބައި ވަކިން ކުރިއަށް ދާނެ އެވެ. މީގެ އިތުރުން 12 އަހަރުން ދަށުގެ ކުދިންނަށް ހާއްސަކޮށްގެން "ފަން ރައިޑް" ގެ ނަމުގައި ހާއްސަ ބައިސްކަލު ރޭހެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ރޭސްތައް ކުރިއަށްދާ ގަޑިތައް

ހުކުރު ދުވަސް - ހެނދުނު 7:00 އިން 9:00 އަށް ހޮނިހިރު ދުވަސް - ހެނދުނު 7:00 އިން ހަވީރު 4:00 އަށް ދިރާގުގެ އަމާޒަކީ ބައިކް މޯލްޑިވްސްއާ ގުޅިގެން މިފަދަ ތިމާވެއްޓާ ރައްޓެހި އަދި ދުޅަހެޔޮ އާދަތައް ސްކޫލް ދަރިވަރުންގެ މެދުގައި އަށަގެންނެވުމަށް ބާރުއެޅުމެވެ.