އިނގިރޭސި ޕްރިމިއަ ލީގު މެޗެއް ބަލައިލުމަށް ވީބީން ހަތަރު މީހަކަށް ފުރުސަތު ދީފި

ވީބީ އިން "އީޕީއެލް ޕްރިންޖަލްސް ކެމްޕެއިން" ގެ ނަމުގައި ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ ނަސީބުވެރިންގެ ގޮތުގައި ހޮވުނު ހަތަރު މީހުންނަށް އިންގްލިޝް ޕްރިމިއަ ލީގު މެޗެއް ބަލައިލުމުގެ ފުރުސަތު ލިބިއްޖެ އެވެ.


މި ޕްރޮމޯޝަން ކުރިއަށް ގެންދިޔައީ ފެބްރުއަރީ 19 އިން އޭޕްރީލް 16 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގެ ނަސީބުވެރިންނަށް މި އަހަރުގެ އޮގަސްޓް މަހު ފަށާ ޕްރިމިއަ ލީގް މެޗެއް ބަލައިލަން އިނގިރޭސިވިލާތައް ދިއުމުގެ ފުރުސަތު ލިބޭނެ އެވެ. އިންގްލިޝް ޕްރިމިއަ ލީގު މެޗު ބަލަން އިނގިރޭސިވިލާތަށް ދާ ދަތުރުގެ ޓިކެޓާއި ހުރުމާއި ކެއުމާއި ހުރިހާ ހަރަދެއް ވީބީން ހަމަޖައްސާނެ އެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދިޔައީ ޕްރިންޖަލްސްގެ ޕޮޓޭޓޯ ޗިޕްސް ދަޅެއް ގަތުމުން ކޫޕަނެއް ދޫކޮށްގެންނެވެ.

ޕްރިންޖަލްސް އަކީ ދުނިޔޭގެ ނަން މަޝްހޫރު ޕޮޓޭޓޯ ޗިޕްސް ބްރޭންޑެކެވެ. ފުޓްބޯޅަ އަކީ ދިވެހިންގެ މަގުބޫލު ކުޅިވަރަކަށް ވާއިރު އެންމެ ގިނަ ބަޔަކު ބަލާ އެއް ލީގަކީ އިންގްލިޝް ޕްރިމިއަ ލީގެވެ.

ވީބީން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް ދިވެހިންނާ ގުޅޭ ކަންކަމާ ގުޅުވައިގެން ޕްރިންޖަލްސްގެ ހާއްސަ ޕްރޮމޯޝަންތައް ކުރިއަށްގެންދާނެ ކަމަށެވެ.