އަލޯރާ ޕޭން ހޯމުން ތުރުކީގެ މަޝްހޫރު "އަލްމީލާ" ބްރޭންޑުގެ ފަރުނީޗަރު ރާއްޖެއަށް ތައާރަފުކޮށްފި އެވެ.
އިއްޔެ ތައާރަފުކުރި މި ބްރޭންޑް ހާއްސަވެފައިވަނީ ކުޑަކުދިންގެ ކޮޓަރިތަކަށް ބޭނުންވާ ފަރުނީޗަރު އުފެއްދުމަށެވެ.
އަލްމީލާ ބްރޭންޑުގެ ފަރުނީޗަރު އުފައްދަނީ ކުޑަކުދިންނާ ގުޅޭ ގޮތަށް، އެ ކުދިންގެ ބޭނުންތަކަށް ހާއްސަކޮށެވެ.
އަލޯރާ ޕޭން ހޯމުން ބުނީ އެ ފިހާރައިގެ އެންމެ ބޮޑު މަގުސަދަކީ ކަސްޓަމަރުންނަށް އެންމެ ރަނގަޅު ކޮލިޓީގެ ފަރުނީޗަރު ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން "އަލްމީލާ" ފަރުނީޗަރު ގައި ހުންނަ ކުލަ އަކީ ސިއްހަތަށް ގެއްލުން ނުވާ ފަދަ ކުލައެއް ކަމަށް ވެސް އެ ފިހާރަ އިން ބުންޏެވެ.
އަލޯރާ ޕޭން ހޯމަކީ ގޭތެރެއަށް ބޭނުންވާ ގިނަ ފަރުނީޗަރެއް އެއްތަނަކުން ލިބެން ހުންނަ ފިހާރައެކެވެ.