މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ)ގެ އަހަރީ އާއްމު ޖަލްސާ ބާއްވާ ތާރީހު ފަސްކޮށްފި އެވެ.
އެ ކުންފުނިން ބުނިގޮތުގައި ޖަލްސާ ފަސްކުރީ "ޕްރޮކްސީ" ފޯމު ހުށަހެޅުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމުގެ ޝަކުވާ ލިބުމުންނެވެ. ޕްރޮކްސީ ފޯމަކީ ހިއްސާދާރުގެ ބަދަލުގައި އަހަރީ އާންމު ޖަލްސާ އަށް ހާޒިރުވާ ފަރާތްތަކުން ފުރަން ޖެހޭ ފޯމެކެވެ.
އެ ޝަކުވާ ހުށަހެޅީ އެ ކުންފުނީގެ ޑިރެކްޓަރު ކަމަށް ނޮމިނޭޓު ވެފައިވާ ބައެއް މެމްބަރުންގެ ފަރާތުންނެވެ.
ޖަލްސާ ދެން ބާއްވާނެ ތާރީހެއް އެމްޓީސީސީ އަކުން ނުބުނެ އެވެ. ބަޔާނުގައި ބުނެފައި ވަނީ ޖަލްސާ އޮންނާނެ ތާރީހު ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.