މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު--ފޮޓޯ:ރައީސް އޮފީސް
17 ޖޫން 2019 - 15:39
ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރުން ގެންނަން އުޅުނު ދަތުރުފަތުރުގެ ނިޒާމް ފެއިލްވީ އެކަންކަމާ ހަވާލުވި މީހުންގެ ނިޔަތް ގޯސްވުމުން ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
ކުރުނބާ މޯލްޑިވްސްގައި މިއަދު ފެށި މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގައި ވާހަކަ ދައްކަވަމުން، އެމްޑީޕީ ސަރުކާރުގެ ކުރީގެ ހައުސިން މިނިސްޓަރު ވިދާޅުވީ 2009 ގައި ދަތުރުފަތުރުގެ ނިޒާމެއް ގާއިމްކުރި ނަމަވެސް އެ ފެއިލްވުމުގައި ސަބަބުތަކެއް ހުރި ކަމަށެވެ.
އެގޮތުން އޭނާގެ ވާހަކަ އަމާޒުކުރެއްވީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފެރީގެ ހިދުމަތް ފޯރުކޮށްދޭން ހަވާލުވި ފަރާތްތަކަށެވެ. އޭނާ ވިދާޅުވީ ގިނަ ބަޔަކު އެ ހިދުމަތާ ހަވާލުވީ އެ ޕްރޮޖެކްޓުން ލިބޭ އެހެން ފައިދާތައް ހޯދަން ކަމަށެވެ.
"އެންމެ ފުރަތަމަ ފެރީގެ ހިދުމަތް ފެށީ ވަރަށް ކާމިޔާބުކަމާ އެކު. އެކަމަކު ދުވަސްކޮޅެއް ފަހުން މުޅި ނިޒާމް ފެއިލްވެގެން ދިޔައީ،" އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދަތުރުފަތުރުގެ ނިޒާމް ގާއިމުކުރުމުން އޭގެ ބަދަލެއްގެ ގޮތުގައި ދިން ރަށްރަށް ރިސޯޓްތަކުގެ ގޮތުގައި ތަރައްގީކޮށް އެހެން ފައިދާތަކެއް ހޯދަން ކޮންޓްރެކްޓަރުން މަސައްކަތް ކުރި ކަމަށެވެ.
އަސްލަމް ވިދާޅުވި ގޮތުގައި ގިނަ އަތޮޅުތަކުގައި ބޭނުންކުރި ދޯނިފަހަރަކީ އެކަމަށް އެންމެ އެކަށީގެންވާ އުޅަނދުތަކެއް ވެސް ނޫނެވެ.
ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމުގެ މައްސަލަތައް ހައްލުވާނީ މީގެ ކުރިން ކުރި އެ ތަޖުރިބާގެ އަލީގައި ޕަބްލިކް އިންވެސްޓްމެންޓެއްގެ ގޮތުގައި ކަމަށް އަސްލަމް ވިދާޅުވި އެވެ.
ކުރީގެ އެމްޑީޕީ ސަރުކާރުން ފެރީގެ ހިދުމަތް ދޭން އެކި ކުންފުނިތަކާ ހަވާލުކުރީ، އޭގެ ބަދަލުގައި ރިސޯޓްތައް ހަދަން ރަށްރަށާއި ގެސްޓް ހައުސްތަކަށް ބިންތައް ދޫކުރާ ގޮތަށެވެ. ބައެއް ކުންފުނިތަކުން ވަނީ އޭރު ލިބުނު ރަށްރަށުގައި މަތީ ފަންތީގެ ރިސޯޓުތައް ވެސް ހަދައިފަ އެވެ. އެކަމަކު ފެރީގެ ހިދުމަތެއް ނުދެ އެވެ.
ބައެއް އެއްބަސްވުންތަކުގައި ކަނޑައަޅާފައިވާ ގޮތަށް ފެރީގެ ހިދުމަތް ނުދީގެން އެއްބަސްވުން އުވާލުމުން ބޮޑެތި ބަދަލުތައް ހޯދަން ކޯޓަށް މައްސަލަ ހުށައެޅި އެވެ. އެގޮތުން މިފަހުން އެންމެ މަޝްހޫރުވީ ދީބާޖާގެ މައްސަލަ އެވެ.
އެމްޑީޕީ ސަރުކާރުގައި 2010 ވަނަ އަހަރު ސޮއިކުރި ނަމަވެސް އޭގެ ފަހުން ވެރިކަމާ ހަވާލުވެވަޑައިގެންނެވި މުހައްމަދު ވަހީދުގެ ސަރުކާރުން 2013 ގައި ދީބާޖާގެ އެއްބަސްވުން ބާތިލްކުރި އެވެ. މާ ބޮޑު އިންވެސްޓްމަންޓެއް ވެސް ނުކޮށް އޮއްވާ އެއްބަސްވުން ބާތިލްކުރިޔަސް ބޮޑު ގެއްލުމެއް ލިބުނު ކަމަށް ބުނެ ކޯޓަށް ހުށައެޅި މައްސަލާގައި ދައުލަތުން ދީބާޖާއަށް 348 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙައްބާބު
18 June 2019
އަސްލަމްމެން ނިދާފަ ދޯތިތިބީ....؟ މިއަދުތަ ފެރީކުރުން ހުއްޓުނީ...؟ މިހާރުވެސް ހަލާކުވެފައިވާ 4 ފެރީ އެއޮތީ ކޮޅުފުށީ ބަނދަރުގައި... އެއީ ގޮނޑެއްތަަ ހަލާކުވާ އެއްޗެތި އަޅަން... މީ ހަމަ ފެއިފް ސަރުކާރު... ހިނދުކޮޅު ސަރުކާރު... ދެން ލަލަލަ...
ޝިޔާޙް.
18 June 2019
ކީއްވެ ތޯ ވާރމިލިއަން އިން ދަތުރު ފަތުރު އެންމެ ޒަމާނީ ދޯނިފަހަރުގަ 9 އަހަރު ސަރުކާރާއި އެއްވެސް ބައެއްގެ އެހީތެރި ކަމަކާއި ނުލާ ކުރި އިރު އެވާހަކަ ނުދައްކަވަނީ... މިހާތަނަށް ގަނަތެޅިގެން އެގޮތް މިގޮތުން ހަމައެކަނި އެކަން ކުރި ފަރާތަކީ ވާމިލިއަން އިނގޭތޯ... ޝުކުރިއްޔާ ވާމިލިއަން..
ޝިޔާޙް.
18 June 2019
ޢަދި ދަންނަވަންތޯ ވާރމިލިއަން ދަތުރު ފަތުރުގެ ނިޒާމް އާއި ހަވާލުވީ ރަނގަޅަށް އެއީ ކިހާވަރެއްގެ ކަމެއްކަން އެނގި ހުރެ .. މިހާރު ވެސް ސަރުކާރުން އެހެން ކުންފުނިތަކަށް ދިން އެހީ ތެރިކަމާއި އެއްބާރުލުން ދީފިނަމަ ދަތުރުތައް ފަށާނެހެން އަޅުގަނޑަށް ހީވޭ .. ކޮންމެ ބަޔަކު ކުރިއަސް ސަރުކަަރާއި ކަމާއި ގުޅޭ ހުރިޙާ ދާއިރާތަކެއްގެ ކައުންސިލްތައް ވެސް ހިމެނޭ ހެން އެއްބާރު ލުން ނުލިބި އެކަން ކުރަން ދަތިވާނޭ...
ޣިއިއްޒު
18 June 2019
ޢެއޮތީ މިއަދު ހުއްޓާލާފަ. ވާމިލިޔަނަށް ހުރިހާ ކަމެއް ނިމިއްޖެ.
ޖަމަލެއް90
18 June 2019
އެހެންވެ ދީބާޖާއަށް ބިލިޔަނުން ބަދަލުދެނީ
ކިނިކްސް
18 June 2019
ހަމަ ތިބެފައި ދަތުރުފަތުރުގެ ނިޒާމެއް ޤާްިމުކުރާނީ އޭ ބުންޏަސް އެކަމެއް އެދެވޭގޮތެއްގައި ނުވާނެ. ވަރަށް ގިނަ ދިރާސާ ހެދިގެން ވަރަށްގިނަ މަޢުލޫމާތު ހޯދައިގެން ވަރަށް ރަނގަޅު އެއްސިޔާސަތެއްގެ ދަށުން ނޫނީ އެކަމެއް ނުވާނެ. ހުރިހާ ފަރާތްތަށް ޝާމިލުވާ މަޝްވަރާތަކުން ނޫނީ ކުރިމަގަށް އެއް އަމާޒެއް ކަނޑަނޭޅޭނެ. ރާއްޖޭގެ ހުރިހާ ރަށެއް ފާލަމަކުން ގުޅުވިއަސް ތަރައްގީ ގެނެވޭނީ ފަރުދުންގެ ދުރުމިން ކުޑަކޮށްގެން.
ރީދޫ ސޮރު
18 June 2019
އަމިއްލަ އަށް އިޢުތިރާފުވީ ކީއްވެ ތޯ އެވެ؟.ތިއީ އެމްޑީޕީ ސޮރިން ނުކުރާ ކަމެކެވެ.
ވާލީދާ
18 June 2019
އެމްވީކޭ އަށް ބަދަލު ދިން، ބޭންކްލޯން ދައްކާދިން، އެމްޓިސީސީ އަށް ސަބްސިޑީ ދޭ ... ޖީއެމްއާރް 450މިލިއަން ބިގް 70،000،000 މިލިއަން.. ޖާބިރް ކުޑަވިލިގިލި، ދީބާޖާ ސުމެއް ހެހެހެހއހެހެހ ⚖️⚖️⚖️⚖️⚖️⚖️⚖️⚖️⚖️⚖️????????
ޝޮކްތެރަޕީ
18 June 2019
މިސަރުކާރުގެ ދައުރު ނިމޭއިރު ދިވެހިން ތިބޭނީ އަޅުވެތި ކަމެއްގަ.
އާސްތާން
17 June 2019
ކަލޭމެންގެ ނިޔަތްވެސް ވަރައް ގޯސް..
ރޯގުކޯޓް
17 June 2019
ސުޕްރިމްކޯޓް ފަޑިޔާރުން ރަގަނޅު ނޫންކަމުގެ ހެއްކެއް ދީބާޖާ ހުކުމުންވެސް އިގޭ، އެމީހުން ދަތުރު ފަތުރު ނިޒާމައް ހޭދަ ކުރިވަރައްވުރެ އެތައް މިލިޔަން ގުނަ އަދަދެއް ދޭން ދެމެހެއްޓިކަމުންވެސް އިގެނީ ސުޕްރިމްކޯޓްގެ ފަޑިޔާރުން ދައުލަތުގެ ފޯރުންތެރިކަން ނެތްވަރު އަދަދެއް ދޭން އެންމެ މަތީކޯޓުން ހުކުމް ކުރުމަކީވެސް އަޖައިބުވާ ވަރުގެ ކަމެއްކަން?
ދީބާޖާ
17 June 2019
ރަނގަޅަށް ހިނގިއެންމެ ފެރީގެނިޒާމެއް މިއަދާހަމަޔަށް ނެތުމުން އޭގެން އަންގައިދެނީ ކޮންކަމެއްބާ؟ އާދައިގެ ވިޔަފާރިވެރިންގެ ބޮލުގަ ރެސޯޓުގެ ދަހިވެތިކަން އަޅުވާފައި ފެރީއެއް ހަދާށޭ ބުނީމަވާނީ މިހެން. ޕަބްލިކް ޓްރާންސްޕޯޓަކީ ދުނިޔޭގެ އެންމެ ތަހުޒީބު ގައުމުތަކުގަ ސްޓޭޓުން ކުރާ ކަންތަށް. މިކަން ހަވާލު ކުރަންވީ އެމްޓީސީސީއަށް ސަރުކާރުން ސަބްސިޑައިޒް ކޮއްފަ. ޕްރައިވެޓު ރެސޯޓު އޯނަރު ބޮލަށްޖެހީމަ ވީގޮތް މިއޮތީ ފެންނަން. ފެއިލްވީ ހަމަ އެމްޑީޕީ ޕޮލިސީ!
ލަމީން
17 June 2019
މިވެރިންގެ ބުއްދީގަ ތިޔަވާހަކަތައް އަށަގަންނާނެ މިންވަރައް ތެތްކަމެއް ނުހުންނާނެ. މި މީހުންނައް އަބަދުވެސް ހަދަން ޖެހޭގޮތް ކިޔާދޭނީ އިންޑިޔާއިން ނޫނީ އިނގިރޭސީން.