ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު--ފޮޓޯ:ހުސައިން ވަހީދު/މިހާރު
20 ޖޫން 2019 - 16:19
ހަތް އަތޮޅެއްގެ ރިސޯޓުތަކާއި ހޮޓަލާއި ގެސްތްހައުސް އާއި ޑައިވް ސެންޓަރާއި ޔޮޓް މެރީނާތަކުގެ އިންސްޕެކްޝަން ފުރިހަމަކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، މިހާތަނަށް ކުރިއަށް ގެންދިޔަ އިންސްޕެކްޝަންތަކުން އެންމެ ބޮޑަށް ފާހަގަކުރެވުނީ ރަޖިސްޓްރީނުކޮށް ހިންގަމުންދާ ތަންތަނާއި ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާ ކުރަން ޖެހޭ ތަންތަން ކަމަށެވެ.
"މިކަމާ ގުޅިގެން މިނިސްޓްރީން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނަން. މިކަމަކީ ބަޔަކު ފަލީހަތްކޮށް އުނދަގޫ ކުރުމަށް ކުރާ ކަމެއް ނޫން. މިއީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އިތުރަށް ހަރުދަނާ ކުރަން ކުރާ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ތަންތަން އިންސްޕެކްޓް ކުރަނީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި އެމްއެންޑީއެފާ ގުޅިގެންނެވެ.
މިހާތަނަށް އިންސްޕެކްޓްކޮށްފައި ވަނީ ހދ، ހއ، ގދ، ގއ. ގެ އިތުރުން އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގެ އިތުރުން ފ. އަތޮޅެވެ. މިހާރު އިންސްޕެކްޓް ކުރަމުންދަނީ ވ. އަތޮޅާއި ކ. އަތޮޅެވެ.
އަލީ ވަހީދު ވިދާޅުވީ، ރިސޯޓު މުވައްޒަފުންގެ ރޭޝިއޯ އާއި ސާވިސް ޗާޖުގެ ކަންކަން ވެސް ބަލަމުންދާ ކަމަށެވެ.
ޓޫރިސްޓް ހިދުމަތްދޭ ހުރިހާ ތަނެއް އިންސްޕެކްޓްކޮށް ނިންމާލުމަށް މަސައްކަތް ކުރަނީ ސެޕްޓެމްބަރު މަހުގެ ކުރިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާރަނގާ - އައްޑޫ ސިޓީ
22 June 2019
ރިސޯޓްތަކާއި ގެސްޓްހައުސްކަމުގައިވިޔަސް އިދާރާތަކުގެތެރެއިން މަސްއޫލީއްއިދާރާތަކުންމެނުވީ އެއިދާރާއެއްގެކަންކަންބެލުމާއި ހަވާލުނުވެނޭނެ. * * މިސާލަކަށް ރިސޯޓް ތަކުގެ ސްޓާފް ބަދިގޭގެ ހާލަތު ގޯސްވެ ފޫޑް ޕޮއިޒަން ވުމުގެ ސަބަބުން ފުރާނައަށް ނުރައްކާތެރިވާއިރު ހެލްތު މިނިސްޓްރީއާއި Food and Drugs Authority ގެ ޒިންމާ ޓްއަރިޒަމް މިނިސްޓްރީއަށް އަދި އިމިޤްރޭޝަން ޒިންމާ ޓްއަރިޒަމްއަށާއި ޑިފެންސަށް އުފުލިދާނެތޯ؟ އުސޫލު ބަދަލުކޮށް ޒިންމާތަށް ހަވާލުކުރޭ.
ބޫންބޫން
20 June 2019
ކަރަންޓް އަގުހެޔޮކުރި ގޮތަށްތަ؟ ހހހހހހ