ގިގަ ސްޕީޑް އިފްތިތާހު ކުރުމަށް ދިރާުން ބޭއްވި ހަފްލާގައި މިނިސްޓަރު މަލީހު ޖަމާލް ބައިވެރިވެލައްވަނީ-- ފޮޓޯ: ހުސައިން ވަހީދު/ މިހާރު
30 ޖޫން 2019 - 12:56
ސިކުންތަކު އެއް ޖީބީގެ ސްޕީޑުގައި އިންޓަނެޓްގެ ހިދުމަތް ލިބޭ "ގިގަ ސްޕީޑް"ގެ ހިދުމަތް ދިރާގުން މިއަދު ރާއްޖެ އަށް ތައާރަފުކޮށްފި އެވެ.
ދިރާގު ހެޑް އޮފީހުގައި ބޭއްވި ހަފުލާއެއްގައި މި ހިދުމަތް އިފްތިތާހުކޮށްދެއްވީ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ.
ދިރާގުން ތައާރަފްކުރި މި ހިދުމަތާއެކު ރައުޓާ ވެސް ފޯރުކޮށްދޭނެ އެވެ.
މިނިސްޓަރު މަލީހު ވިދާޅުވީ ސަރުކާރު ކުންފުނިތަކުގެ އިތުރުން ޕްރައިވެޓް ކުންފުނިތަކުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ކުރަމުން އަންނަ މިފަދަ މަސައްކަތްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ. މިއީ ރައްޔިތުންނަށް ބޭނުން ޖެހިފައިވާ ހިދުމަތެއްކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ސަރުކާރުން މި ތިބީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ޕްރައިވެޓް ސެކްޓާ ކުންފުނިތައް ކުރިއަށް ދިއުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭން. ދިރާގުގެ ފަރާތުން މިއަދު ލޯންޗުކުރި މި ސްޕީޑަކީ ސްކޫލްތަކަށާއި އޮފީސްތަކަށާއި ހޮސްޕިޓަލްތަކަށް ވަރަށް މުހިންމު ހިދުމަތެއް ކަމުގައި އަޅުގަނޑަށް ބެލެވޭ،" މަލީހު ވިދާޅުވި އެވެ.
ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު މިއަދުގެ ހަފުލާގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: ހުސައިން ވަހީދު/ މިހާރު
ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް އަގު ތަފާތުކުރުމެއް ނެތި ސްޕީޑް ބާރު އިންޓަނެޓް ފޯރުކޮށްދިނުމަށް އެ ކުންފުނިން އަބަދުވެސް އިސްކަން ދޭނެ ކަމަށެވެ. އެގޮތުން މި ހިދުމަތުގައި ވައިފައިގައި އެއްފަހަރާ ގިނަ ބަޔަކު އިންޓަނެޓް ބޭނުންކުރިނަމަ ވެސް ސްޕީޑަށް ބަދަލެއް ނާންނާނެ ކަމަށް އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.
"މި ޒަމާނަކީ ގިނަ ބަޔަކު އެ ގެއެއްގައި ހުންނަ ފިކްސްޑް އިންޓަނެޓް ވައިފައި މެދުވެރިކޮށްގެން ޝެއާކުރާ ޒަމާނެއް. އެގޮތަށް ގިނަ ބަޔަކު އިންޓަނެޓް ޝެއާކުރާކަމުގައި ވާ ނަމަ މިފަދަ ބާރު ސްޕީޑުގެ އިންޓަނެޓް ލިބުމަކީ ލިބިގެންދާނެ ވަރަށްބޮޑު ފައިދާއެއް،" އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.
ދިރާގުން ފެށި މި ހިދުމަތް މިއަދުން ފެށިގެން މާލެ، ހުޅުމާލެ، ވިލިމާލެ، އައްޑޫ، ފުވައްމުލައް، ލ. ގަން، ލ. ފުނަދޫ، ކުޅުދުއްފުށި އަދި އޭދަފުށިން ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްމާލި
01 July 2019
ބަލަ މަލީހޫ. ދިރާގުން ކުރާ ކަމަކާ ސަރުކާރުގެ ސިޔާސަތަކާ ނުގުޅުވެނެ. ސަބަބަކީ ދިރާގަކީ ސަރުކާރު މެޖޯރިޓީ ހިއްސާ އޮންނަ ތަނެއް ނޫން. އެ ހިއްސާވެސް ނުއަގުގައި ވިއްކާލީ ހަމަ މިސަރުކާރުގެ ބޮޑުން. މެޖޯރިޓީ ހިއްސާ ކޭބަލް އެންޑް ވަޔަރަލަސް އަށް ލިބުމުން އެ ހިއްސާއަށް އެމީހުން ހެދިގޮތް ނޫސްވެރިން ބަލާލަދީބަލަ.
ގަބުޅި
01 July 2019
ދެން ނެތްތަ އިތުރު ޖޯކެއް! އަވައްޓެރި ސްރީލަންކާގައި 4ޖީ މޮޑެމް ބޭނުން ކޮށްގެން މަހަކު ދިވެހި 500 ރުފިޔާއަށް 140ޖީބީ ލިބޭ! ތިޔަށް ކިޔަނީ ގުނބޯ ހެއްދުން...
ސާއީ
01 July 2019
ފާޑުފާޑުގެ ސްޕީޑް ތަޢާރަފް ކުރާނެ އިރުއިކޮޅާ ޢެކަމަކު ހުންނާނީ ބަރަވެލި ދުވެލި
ދިވެހިން ފެލާ ދިރާގު
01 July 2019
ސިކުންތަކު 1 ގިގަ "ބައިޓްސް" އެއް ނޫން. ސިކުންތަކު 1 ގިގަ "ބިޓްސް". 1 ގިގަ ބިޓްސް އަކީ ސިކުންތަކު 125 މެގަ ބައިޓްސް. އަނެއްކޮޅުން މި ޕެކޭޖުގެ އަގަކީ 6690ރ ކަމަށް ދިރާގު ވެބްސައިޓުގަ އިނީ. މިއީ މަހުޖަނުންނަށް ތައާރަފު ކުރި ޕެކޭޖެއްތަ؟ ދިވެހިން އުޅެނީ މިވަރު އިންޓަނެޓަށް ހަރަދު ކުރަން ލާރި ގިނަވެގެންތަ؟ ކާކު މި ގަންނަނީ؟
ހާމާނު
30 June 2019
މިސްޓަރ ޒީރޯޓޮލެރެންސްގެ އެއްވައުދު ފުއްދުނީ މަހަކައް 6990ރުފިޔާ. 1ޖީބީޕީއެސް. ޔަހޫ 3 މިނެޓުން ލޯޑުވާ ސްޕީޑް.
ކާފަބޭ
30 June 2019
1ގިގަބިޓް ސްޕީޑް، 2ޓީބީ ޑޭޓާލިމިޓް، ޔޫއެސް ޑޮލަރ 453 މަހަކައް.ދިރާގު އިންޓަރނެޓް އަގުހެޔޮކުރާށޭ ކިޔާ އަގައަރުވަން މަލީހު ލަދުގަނެބަލަ.
މުޙައްމަދު1
30 June 2019
އަދި ކިރިޔާ ސަބަބު މިއެގުނީ. 5 އެމްބީޕީއެސްގެ ޕެކޭޖުން ޔޫޓިއުބުން ވީޑިއޯއެއް 240ޕީ ގެ ކޮލިޓީގައި ބަލާއިރު ވެސް ކަނޑަކަނޑައިގެންދާތާ ދުވަސްކޮޅެއް ވެއްޖެ.
މުރިނގު
01 July 2019
ކަލޭ ވާހަކަދައްކާނީ އެނގިގެން.
ކާށިހޮވާ ރަދީފު
30 June 2019
ދިރާގަކީ މިސަރަހައްދުގެވެސް އެންމެ އަގުބޮޑުކޮށް މުއާސަލާތީ ހިދުމަތްދޭ އެއްކުންފުނި، މިކަންކަން ބަދަލު ކުރަން އައި ސަރުކާރުން އުޅެނީ ބޮޑު ބާގީއަކަށް ހިމާޔަތް ނުދެވިގެން....
ާބޮޑުމީހާ
30 June 2019
ކޮބާތަ އަގުހެޔޮކުރި އިންޓަރނެޓް. މަލީހު ލަދެއް ނުގަނޭތަ ތިތާ އިންނަން. ހަފްތާއެއްގެ ތެރޭގައި އަގުހެޔޮ ވާނޭ ބުނި އިންޓަރނެޓް
މެގަބިޓުން ހިއްލުން
30 June 2019
ދުނިޔޭގަ ގިނަ ޤައުމުތަކުގައި ވާދަވެރިކަން ދެމެހެއްޓުމަށްޓަކައި، އެއްކުންފުންޏާ އަނެއްކުންފުންޏާ ސީދާ ގުޅުމެއްނުވާ، މަދުވެގެން 4 ނުވަތަ ފަސް ކުންފުންޏަކުން މިފަދަ ޚިދުމަތްދޭ. މިފަދަ ވާދަވެރިކަމެއް ރާއްޖޭގައި ޤާއިމުކުރުމަށް އެއްވެސް ޕޮލިސީއެއް ސަރުކާރުގައި އެބައޮތްތޯ، އެއްވެސް ކިޔުންތެރިޔަކު ނުވަތަ ކޮމެންޓޭޓަރަކު ހިތާހިތާ ނަމަވެސް ސުވާލު ކުރެއްވީންތޯ؟