ޕިއްޒާ ބޯނާގެ އަހަރީ ދުވަސް ހާއްސަ ޕްރޮމޯޝަނަކާ އެކު

ޕިއްޒާ ބޯނާގެ އަށް ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންދިއުމަށް އެ ރެސްޓޯރެންޓުން ނިންމައިފި އެވެ.


ޕިއްޒާ ބޯނާ ހިދުމަތަށް އަށް އަހަރު ފުރޭނީ މާދަމާ އެވެ. އެހެންވެ މާދަމާ ޕިއްޒާ ބޯނާއިން ހިދުމަތް ހޯދާ ކަސްޓަމަރުންނަށް 50 ޕަސެންޓް ޑިސްކައުންޓް ލިބޭނެ އެވެ. މި ޑިސްކައުންޓް ލިބޭނީ ޕިއްޒާ ބޯނާގައި ތިބެގެން ހިދުމަތް ހޯދާ ކަސްޓަމަރުންނަށް އެކަންޏެވެ.

މި ޕްރޮމޯޝަނުގެ ދަށުން ޕިއްޒާ ބޯނާގެ އެކި އައުޓްލެޓްތަކުން ޕިއްޒާގެ އިތުރުން ސަބްމެރިން ފަދަ ތަކެތިން ވެސް ޑިސްކައުންޓް ލިބޭނެ އެވެ. ޕިއްޒާ ބޯނާގެ އައުޓްލެޓުތައް މާލެ އާއި ހުޅުމާލޭގައި ހުރެ އެވެ.

ޕިއްޒާ ބޯނާއިން އަންނަނީ އެ ރެސްޓޯރެންޓުގެ އަހަރީ ދުވަހާ ގުޅުވައިގެން އަންނަ މަސް ތެރޭގައި އިތުރު ޕްރޮމޯޝަނެއް ވެސް ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުންނެވެ. ނަމަވެސް އެއީ ކޮން ޕްރޮމޯޝަނެއް ކަމެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.