މޯލްޑައިސްގެ ރިމެކްސް ފިހާރަ: މި ފިހާރައިން ރިމެކްސް ބްރޭންޑުގެ ތަފާތު ޕްރޮޑަކްޓުތައް ލިބެން ހުރޭ-- ފޮޓޯ: މޯލްޑައިސް
09 ޖުލައި 2019 - 08:21
ފަތުރުވެރިކަމުގެ އެކި ދިރާސާތަކުން ދައްކާގޮތުގައި ވިޔަފާރި ކުރުމަށް އެކި ފަރާތްތަކުން ކުރާ ދަތުރުތަކުގައި އެންމެ ބޮޑަށް ޝައުގުވެރިކަން ހުންނަނީ ފޯނުގެ އެކި ސާމާނު ގަތުމަށެވެ. އެގޮތުން ބްރޭންޑެޑް މޯބައިލް ފޯނާއި ހެޑްސެޓާއި ޗާޖަރުގެ އިތުރުން ޕަވަބޭންކާއި ފޯނު ކަވަރު ގަންނަ މީހުންގެ އަދަދު އިތުރުކަން މި ދިރާސާތަކުން ފާހަގަކުރެވެ އެވެ.
ބޮޑެތި މަހުޖަނުންނަށް އެކި ބްރޭންޑުތަކުގެ ސާމާނު ގަނެލެވުނަސް މެދުފަންތީގެ މީހުންނަށް މިއީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް މިހާރު މިވަނީ މި ފަންތީގެ މީހުންނަށް ވެސް ރާއްޖޭގައި ތިބެގެން ބްރޭންޑެޑް ތަފާތު އުފެއްދުންތައް ހެޔޮ އަގުގައި ގަނެލެވޭނެ ފުރުސަތު ހުޅުވާލެވިފަ އެވެ. އެގޮތުން ދެ ޖިންސުގެ ޒުވާނުންނަށް ކަމުދާނެ ފަދަ ތަފާތު ޕްރޮޑަކްޓުތައް ލިބޭ ރިމެކްސް ބްރޭންޑުގެ ޑިޖިޓަލް ލައިފްސްޓައިލް ފިހާރައެއް މިހާރު މިވަނީ މާލޭގައި ހުޅުވާފަ އެވެ.
މޯލްޑައިސްގެ ރިމެކްސް ފިހާރަ: މި ފިހާރައިން ރިމެކްސް ބްރޭންޑުގެ ތަފާތު ޕްރޮޑަކްޓުތައް ލިބެން ހުރޭ-- ފޮޓޯ: މޯލްޑައިސް
ދުނިޔޭގެ ބާޒާރަށް 2010 ވަނަ އަހަރު ތައާރަފުވި ރިމެކްސް ބްރޭންޑަކީ ހޮންގްކޮންގެ ރިފައިން އިންޑަސްޓްރިއަލް (އޭޝިއާ) ގެ ދަށުން އުފައްދާފައިވާ ބްރޭންޑެކެވެ. މި ބްރޭންޑަށް ދިވެހިންގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގެ މީހުން ކުރާ އިތުބާރު ބޮޑެވެ. އެއީ މި ބްރޭންޑުގެ ޕްރޮޑަކްޓުތަކަކީ ކޮލިޓީ ރަނގަޅު، ގިނަ ދުވަހު ބޭނުން ކުރެވޭ ޕްރޮޑަކްޓުތަކަށް ވާތީ އެވެ. މި ބްރޭންޑުގެ 700 އަށް ވުރެ ގިނަ ކެޓަގަރީއަކުން 3،800 އަށް ވުރެ ގިނަ ޕްރޮޑަކްޓުތައް ވަނީ ބާޒާރަށް ނެރެފަ އެވެ.
ދުނިޔޭގެ 85 އަށް ވުރެ ގިނަ އޮންލައިން ޕްލެޓްފޯމްތަކުގަ އާއި އޮފްލައިން ޓާމިނަލް ޗެނަލްތަކުން ވެސް ރިމެކްސް ބްރޭންޑުގެ ޕްރޮޑަކްޓުތައް ލިބެން ހުރެ އެވެ. މިހާތަނަށް ރިމެކްސް ބްރޭންޑުގެ އުފެއްދުންތައް ދުނިޔޭގެ 120 ގައުމެއްގައި ލިބެން ހުންނައިރު ރާއްޖޭގައި ހުޅުވާފައި މިވަނީ އެ ބްރޭންޑުގެ 6،300 ވަނަ ފިހާރަ އެވެ. ރާއްޖޭގައި ހުޅުވާފައިވާ މި ފިހާރަ އިން ވެސް ރިމެކްސް ބްރޭންޑުން ނެރޭ ޕްރޮޑަކްޓުތައް ލިބެން ހުރެ އެވެ.
މޯލްޑައިސްގެ ރިމެކްސް ފިހާރަ: މި ފިހާރައިން ރިމެކްސް ބްރޭންޑުގެ ތަފާތު ޕްރޮޑަކްޓުތައް ލިބެން ހުރޭ-- ފޮޓޯ: މޯލްޑައިސް
މޯލްޑައިސްގެ ރިމެކްސް ފިހާރައިން ގިނައިން ލިބެން ހުންނާނީ ފޯނުގެ އެކި ޕްރޮޑަކްޓްތަކެވެ. 3ސީ ޓެކްނޮލޮޖީ ލައިފްސްޓައިލް ފިހާރައެއްގެ ގޮތުގައި ހިންގަމުންދާ މި ފިހާރަ އިން ދަބަހާއި ސްކޫލް ކުދިންނަށް ބޭނުންވާ ހާއްސަ ބައެއް ސާމާނު ވެސް ލިބެން ހުރެ އެވެ. މިފަދަ އިތުރު އުފެއްދުންތައް ވެސް ކުރިއަށް އޮތް ތަނުގައި މި ފިހާރައިން ލިބޭނެ ކަމަށް މޯލްޑައިސުން ބުނެ އެވެ.
މި ފިހާރައިން ލިބޭ ހުރިހާ ޕްރޮޑަކްޓުތަކަކީ ވެސް ދިވެހިންގެ ތެރޭގައި މަގްބޫލުކަން ހޯދާފައިވާ ޕްރޮޑަކްޓުތަކެވެ.
މޯލްޑައިސްގެ ރިމެކްސް ފިހާރަ: މި ފިހާރައިން ރިމެކްސް ބްރޭންޑުގެ ތަފާތު ޕްރޮޑަކްޓުތައް ލިބެން ހުރޭ-- ފޮޓޯ: މޯލްޑައިސް
މިޒަމާނުގައި ފިހާރައަށް ދިއުމަށްވުރެ ގޭގައި ތިބެގެން އޮންލައިންކޮށް ވިޔަފާރި ކުރަން ބޭނުންވާ މީހުންގެ އަދަދު ވެސް މަދެއް ނޫނެވެ. މިފަދަ ކަސްޓަމަރުންނަށް ވެސް ރިމެކްސް ބްރޭންޑުގެ އައިޓަމްތައް ގަންނަން ފަސޭހަގޮތްތައް މޯލްޑައިސުން ވަނީ ހަދާފަ އެވެ. އެގޮތުން ރިމެކްސް ބްރޭންޑުގެ ވެބްސައިޓް https://iremax.mv އިން ގިނަ އަދަދެއްގެ ޕްރޮޑަކްޓްތައް މިހާރު ގަނެލެވޭނެ އެވެ.
މޯލްޑައިސް އަކީ ރާއްޖޭގައި ރިމެކްސް ބްރޭންޑުގެ ޕާޓްނާ ކުންފުންޏެވެ. މި ކުންފުންޏަކީ 2010 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އެކި ރިސޯޓުތަކަށް ވިޔަފާރީގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ.
މީގެ އިތުރުން މި ކުންފުންޏަކީ ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކުގެ ރާއްޖޭގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓާ އެވެ. އެގޮތުން ސޭފް މާކް އާއި ސޫޓްސްގެ އިތުރުން ޖީޕީ ފަދަ ބްރޭންޑުތަކުގެ މުދާ މި ކުންފުނިން ރާއްޖެ އެތެރެކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Gasthu
10 July 2019
ވަރަުގަދަ ފިހަާރަ ސާބަސ ދެެޭވަރުވެެޭ !!!!!!!!
ސަމްބަޑީ
10 July 2019
ވަރަށް ސަޅި ފޮޓޯ ތަކުން ތިތަން. ދާންވީ ދޯ.. ހީވޭ ވަރަށް ސަޅި އެއްޗިސް ހުރިހެން.
ާއަފޫހަނީފް
09 July 2019
ޜިމެކްސް މޯލްޑައިސް ފިހާރަ ޔަކީ މާލޭ ގަ ހުޅުވުން އެންމެ ފެންވަރު ރަނގަޅު އަގުހެޔޮ ގެޖެޓް ލިބޭ ފިހާރަ! މީގެ އަދިއެއް ފިހާރަ އަތޮޅުތެރޭ ހުޅުވުމަކީ އެދޭކަމެއް
ޕިންކް ޝާޓް
09 July 2019
ބޯހަމަޖެހޭ މީހަކު ކުރާ ވިޔަފާރިއެއް ނޫން ތީކީ.
ޖެކްހެމާރ
09 July 2019
ޥަރަށް ހިދުމަތް ރަނގަޅު ފިހާރައެއް، ކޮލެޓީ އެއްޗިސް ވަރަށް ޗީޕްކޮށް ލިބޭ :)
ޟަލާ
13 July 2019
ކޮންތާކުތޯ ފިހާރަ ހުންނަނީ
ކޮރަލް
09 July 2019
ފިހާރައިގެ ހިދުމަތް ރަނގަޅު ކުރަން ޖެހެއެވެ. ފިހާރަ ކައުންޓަރު ކައިރީ 10 މިނިޓް މަޑުކުރިއިރުވެސް ސުވާލެއް ކޮށް ނުލިއެވެ.