އަލޯރާ ޕޭން ހޯމުން ރާއްޖެ އަށް ފުރަތަމަ ފަހަރަށް ލޮޓަސް ބްރޭންޑުގެ ބެޑިން ތައާރަފްކޮށްފި އެވެ.
ތައިލެންޑުގެ ބްރޭންޑެއް ކަމަށްވާ ލޮޓަސް ބްރޭންޑުގެ ބެޑިންގެ ތެރޭގައި ބެޑްޝީޓާއި ބާލީސް، ކަންނެޔޮގެ އިތުރުން ޑުވެޓްސް އާއި ތުވާލި އަދި ބާތު މެޓްސް ހިމެނެ އެވެ. މި ހުރިހާ ސާމާނެއް ވެސް މިހާރު އަލޯރާއިން ލިބެން ހުންނާނެ އެވެ.
އިއްޔެ ތައާރަފުކޮށްފައިވާ މި ބްރޭންޑުގެ ކޮންމެ އައިޓަމަކުން ވެސް 10 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް އަލޯރާއިން ވަނީ ފަށާފަ އެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ މިމަހުގެ 31 ގެ ނިޔަލަށެވެ.
އަލޯރާއިން ބުނީ ގިނަ ފަހަރު ރަނގަޅު ނިދި ނުލިބުމުގެ ސަބަބުން އިންސާނުންނަށް ސިއްހީ ގޮތުން ނޭދެވޭ އަސަރުތަކެއް ކުރާ ކަމަށެވެ. އެހެންކަމުން އެ ފިހާރައިގެ އެންމެ މުހިންމު އެއް މަގުސަދަކީ ކަސްޓަމަރުންނަށް ފަސޭހަ، ކޮލިޓީ ރަނގަޅު ބެޑިން ފޯރުކޮށްދިނުން ކަމަށް އަލޯރާއިން ބުންޏެވެ.
އަލޯރާއިން ވަނީ މިިދިޔަ މަހުގެ ތެރޭގައި "އަލްމީލާ" ބްރޭންޑު ވެސް ރާއްޖެ އަށް ތައާރަފުކޮށްފަ އެވެ. ގިނަ ބްރޭންޑުތައް ތައާރަފް ކުރަނީ ކަސްޓަމަރުންނަށް އެ ބްރޭންޑުތަކުގެ ތެރެއިން ބޭނުންވާ ބްރޭންޑެއް އިހްތިޔާރު ކުރުމުގެ ފުރުސަތު ހޯދައި ދިނުމަށް ކަމަށް އަލޯރާއިން މައުލޫމާތު ދެއެވެ.