ޓްރީ ޓޮޕުން އަނެއްކާވެސް ކާޑިއޮލޮޖީގެ ހިދުމަތް ފަށައިިފި-- ފޮޓޯ: ޓްރީ ޓޮޕުން
20 އޯގަސްޓް 2019 - 20:10
ޓްރީ ޓޮޕް ހޮސްޕިޓަލުން ދެމުން އައި ކާޑިއޮލޮޖީ ނުވަތަ ހިތުގެ ބަލީގެ ފަރުވާގެ ހިދުމަތް މެދުކެނޑުމަށް ފަހު އަލުން ފަށައިފި އެވެ.
ކާޑިއޮލޮޖީގެ ހިދުމަތް އަލުން ފެށުމުގެ ގޮތުން ޓްރީ ޓޮޕުން ވަނީ ކާޑިއޮލޮޖީގެ ހާއްސަ ޑޮކްޓަރުން ގެނެސްފަ އެވެ. މި ހިދުމަތް ދިނުމުގައި ޓްރީޓޮޕުގައި ހަރަކާތްތެރިވަނީ ޑރ. ޢަބްދުލް އަޒީޒް އަދި ޑރ. ދިނޭޝް މުރުގަދާސް އެވެ.
ޑރ. އަބްދުލް އަޒީޒް އަހުމަދު--
ޓްރީ ޓޮޕުން ބުނިގޮތުގައި ކާޑިއޮލޮޖީ ޑިޕާޓްމަންޓުގެ ދަށުން ހިތާއި ލޭނާރުތަކުގެ ބަލިތަކަށް ފަރުވާ ދޭނެ އެވެ. އެގޮތުން މޭގައި ރިއްސުމާއި، ހިތުގެ ވިންދު އަވަސްވެ މޭތެޅުމާއި ހިތުގެ ވިންދު ޖެހުމަށް ބަދަލު އައުމުގެ އިތުރުން ހިތުގެ މަސްފަށަލައިގެ ބަލިތައް ހިމެނެ އެވެ. މީގެ އިތުރުން ހިތުގެ ލޭނާރުތައް ބެދުމާއި ހިތުގެ ލޭހޮޅިތަކުގެ ބަލިތަކުގެ އިތުރުން އުފެދުމުގައި ހުންނަ ހިތުގެ މައްސަލަތަކާއި މީގެ އިތުރުން ވެސް ހިތުގެ އެހެނިހެން މައްސަލަތަކަށް ފަރުވާ ލިބޭނެ ކަމަށް ޓްރީޓޮޕުން ބުނެ އެވެ.
ޑރ. ދިނޭޝް މުރުގަދާސް--
ކާޑިއޮލޮޖީ އާއި އެނޫން ވެސް އެހެނިހެން ބަލިތަކާ ގުޅިގެން ޓްރީ ޓޮޕުން އެޕޮއިންޓްމަންޓް ހައްދަން ބޭނުންވާ ފަރާތްތަކުން 3351610 އަށް ގުޅާލުމުން ނުވަތަ ޓްރީ ޓޮޕްގެ ވެބްސައިޓް guest.treetophospital.com އަށް ޒިޔާރަތް ކޮށްލުމުން އެޕޮއިންޓްމަންޓް ހަދާލެވޭނެ އެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކާޑިއޮލޮޖީ ޑިޕާޓްމަންޓްއަށް އެޕޮއިންޓްމަންޓް ލިބިލައްވާނީ ހެނދުނު 08:00 އާއި ހަވީރު 06:00 ދެމެދުގައެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy