ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: މަޖިލިސް
27 އޯގަސްޓް 2019 - 16:11
އާ ޓާމިނަލް އެޅުމުން، ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު 1.4 މިލިއަނުން ތިން މިލިއަނަށް އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަމީރު ވިދާޅުވީ، ޓާމިނަލްގެ މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު އާ ކޮންޓްރެކްޓަކާ އެކު މަސައްކަތް އަލުން ފަށާފައިވާ ކަމަށެވެ. މި މަސައްކަތް ނިމުމުން ރާއްޖޭގެ ޓޫރިޒަމް ދެ ގުނަ އަށް ފުޅާވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އާ ޓާމިނަލްގެ މަސައްކަތް ފެށީ މިދިޔަ ޖޫން މަހު އެވެ. ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓްގައި ހަދާ ޒަމާނީ ޓާމިނަލް ނިންމާ ގޮތަށް އޮތީ 2022 ވަނަ އަހަރު އެވެ. ގާތްގަނޑަކަށް 78،000 އަކަމީޓަރުގެ ޓާމިނަލަށް 5.5 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބެލެވެ އެވެ.
"އާ ޓަމިނަލް ލިބުމުން [އޮޕަރޭޝަން ފެށުމުން] ރާއްޖެ އަށް މިހާރު އަންނަ 1.4 މިލިއަން ޓޫރިސްޓް އެރައިވަލްސް ތިން މިލިއަން ޓޫރިސްޓް އެރައިވަލް އަށް އިތުރު ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
އަމި ސަރުކާރުގެ އަމާޒަކީ ފަސް އަހަރު ތެރޭގައި އަހަރަކު 2.5 މިލިއަން ޓޫރިސްޓުން ގެނައުމެވެ.
މިދިޔަ އަހަރު ރާއްޖެ އަށް 1.4 މިލިއަން ޓޫރިސްޓުން އައިސްފައިވާ އިރު މިއަހަރު ނިމޭ އިރު މި އަދަދު 1.5 މިލިއަނަށް އިތުރުވުމުގެ އުންމީދު ވަނީ ބޮޑުވެފަ އެވެ. ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި ގޮތުގައި މިހާރު ހުރި ތަފާސް ހިސާބުތަކަށް ބަލާ އިރު ނޮވެމްބަރު، 17 ގެ ކުރިން ރާއްޖެއަށް 1.5 މިލިއަން ޓޫރިސްޓުން އަންނާނެ އެވެ.
ޓޫރިޒަމް ސިނާއަތް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފެތުރުމަށް ޑޮމެސްޓިކް އެއާޕޯޓުތައް ތަރައްގީކުރަމުން އަންނަކަން ރޭގެ ޖަލްސާގައި އަމީރު ފާހަގަކުރެއްވި އެވެ.
މިއަހަރު ނިމޭ އިރު ރާއްޖޭގެ ޓޫރިޒަމް 14 ޕަސެންޓަށް ކުރިއަރާނެ ކަމަށް ލަފާކުރާ އިރު ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ ރޭގެ އަދަދު 15 ޕަސެންޓަށް ކުރިއަރާނެ ކަމަށް އެމްއެމްއޭ އިން ލަފާކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޮޓްކިންގ
28 August 2019
މީ ރައީސް ޔާމީންގެ ކޮންސެޕްޓެއް. ޔާމީން އެކަން ކުރައްވަން އުޅުއްވީމާ އެކަމާއި އޭރު ހަޖޫޖެހިމީހުން މިހާރު ވެރިކަމަށް އައިސް ހަދާނެ ނުހަދާނެއެއް ނޭނގިގެން އުޅެނިކޮށް 1 އަހަރު ބޭކާރުވީ. އެމަނިކުފާނު ވެރިކަމުގައި ހުރިނަމަ މިކަހަލަ މަޑުޖެހުމެއް ނައިސް ބާރު ސްޕީޑްގައި ގައުމުކުރިއެރީސްކަން. ކަށަވަރު.
މަޒުރަން
28 August 2019
ރައީސް ޔާމީންގެ ދުރުވިސްނޭ ފައިދާހުރި މަޝްރޫތައް މިހުރަފެންނަނީ ފޯދިގެން އަންނަތަން.
ޝަމްޔަން
28 August 2019
ބުނެވެންއޮތީ ހަމަ އެންމެވާހަކައެއް.. އެއީ.. ޔާމީނުގެ ސަރުކާރު ނުބައިކޮއްފާ މިސަރުކާރު ރަނގަޚު ކުރެވޭކައް ނެތޭ.. އެއީވެސް މިއީވެސް ހަމަ އެކައްޗެއް މޫނުމަތީން ފެންނަންހުންނަ ބޭރުފުށުގެ ސިފައެކަނި ތަފާތީ.. މި އެންމެން ރިޕްލޭސް ކުރެވިގެން ނޫނީ މިގައުމުގެ އެއްވެސް ހަގީގީ މައްސަލަތަކައް ނިމުމެއް ނުގެނެވޭނެ. އެކަން ކުރެވެން އޮތް ގޮތަކުބް އެބަޖެހޭ ކުރަން.
ނަމްސާ
28 August 2019
ބުނެވެންއޮތީ ހަމަ އެންމެވާހަކައެއް.. އެއީ.. ޔާމީނުގެ ސަރުކާރު ނުބައިކޮއްފާ މިސަރުކާރު ރަނގަޚު ކުރެވޭކައް ނެތޭ.. އެއީވެސް މިއީވެސް ހަމަ އެކައްޗެއް މޫނުމަތީން ފެންނަންހުންނަ ބޭރުފުށުގެ ސިފައެކަނި ތަފާތީ.. މި އެންމެން ރިޕްލޭސް ކުރެވިގެން ނޫނީ މިގައުމުގެ އެއްވެސް ހަގީގީ މައްސަލަތަކައް ނިމުމެއް ނުގެނެވޭނެ. އެކަން ކުރެވެން އޮތް ގޮތަކުބް އެބަޖެހޭ ކުރަން.
ޢިބޫ
27 August 2019
ބުރިޖްއެއީ ޔާމީން ކުރެއްވި ކަމެއް.. ޓާމިނަލް ކިހިނެއްތޯ ޔާމީން ކުރިކަމަކަށްވާނީ އޭގެބިންގާވެސް އޭނަގެ ދައުރުގަ ނޭޅޭ.. ކަންކޮށް ނިންމާފަ ދައްކަންވާނެ.. ކުޑަމިނުން ބިންގާވެސް އެޅެންވާނެ..
ނަށީދު
27 August 2019
ކާކު ބުނީ ބްރިޖް އެއީ ޔާމީން ކުރެއްވި ކަމެކޭ؟ އެއީ އަހަރުމެން އެޅި ބްރިޖެއް. ނޫންތަ؟
މިލިޓަރީ
27 August 2019
ރާއްޖެ ކުރިޔައްދަނިކޮއް އިންޑިޔާ އިސްވެ އޮވެ އެމްޑީޕީއަ އެހީވެ ރާެއްޖެ އެމީހުންގެ ބާރުގެދަށައް ގެންދަން އުޅެނީ.
މުޙުއްމާ
27 August 2019
އައްޑޫ ސިޓީއަށް ކޮށްދެއްވަން ވަޢުދުވެފައިވާ ކަންތަށް ހަދުމަ ކުރެއްވުމަށް ރައީސަށާއި ސަރުކާރަށް ދަންނަވަން. 9000 ޓޫރިސްޓް އެދުގެ ތެރެއިން އަދި އެއްމެ އެދެއްވެސް ނުފެނޭ. ފެންނަނީ ހަމަ އެކަނި ދިދަ ދަޑިއެއް. އެއީތޯ ޙައްޤްވާ މިންވަރު. އެއަރޕޯރޓްގެ ހާލުގެ ވާހަކަ ރަގަޅީ ނުދެއްކިއްޔާ. އައްޑޫ ރައްޔިތުން އެމީހުންގެ ވަޢުދު ފުއްދީ ވޯޓްން. ސަރުކާރުގެ ވަޢުދު ފުއްދާނެ ކަމުގެ އުއްމީދުގަ ތިބޭތާ ލައްކަ ދުވަސް ވެއްޖެ.
ކިނބޫ
27 August 2019
ވައުދުމަތިން ހަނދާން ކޮށްލަކޮށްލާ ތިބެލާ. ކަލޭމެނަށް ،އެވަރުރަނގަޅުވާނެ.
ަައަލިހަވާ
28 August 2019
މި ރާއްޖޭގަ އޮންނަނީ އައްޑޫ އެއް އެކަނި ނޫން. ހައްގު މިންވަރު އެހެން މީހުނަށްވެސް ދޭން ޖެހޭ.
ތެދުވެރިޔާ
27 August 2019
އަދިވެސް މިކުރަނީ ޔާމިން ފެއްޓެވި ކަންތަ. މިސަރުކާރުން އާކަމެނުކުރޭ.
މަންޑޭލާ
27 August 2019
ޔާމިންގެ ދައުރުގާ ރައްޖެ ދިޔައީ ކުރިޔަ. ރާއްޖޭގެ ރިޒާވްދިޔައީ އިތުރުވަމުން.
ޝޮކްތެރަޕީ
27 August 2019
ތިޓާމިނަލްގެ ހައްގު ފަރާތަކީ ރައިސް ޔާމިން.