ކުރީގެ ފިނޭންސް މިނިސްޓަރު އަލީ ހާޝިމް
30 އޯގަސްޓް 2019 - 16:55
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަނަރު ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވާފައިވާ ނަމާ ގުޅޭގޮތުން އާއްމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި އެވެ.
ގަވަރުނަރުގެ މަގާމަށް ރައީސް ހުށަހަޅުއްވާފައިވަނީ ކުރީގެ ފިނޭންސް މިނިސްޓަރު އަލީ ހާޝިމްގެ ނަމެވެ. އޭނާ މިނިސްޓަރުކަން ކުރައްވާފައިވަނީ 2008-2010 ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ.
މަޖިލީހަށް ނަން ފޮނުވުމާ އެކު އެ ނަން ދިރާސާކޮށް ގޮތެއް ނިންމުމަށް މާލިއްޔަތު ކޮމިޓީއަށް މިހާރު ވަނީ ފޮނުވައިފަ އެވެ.
މަޖިލީހުން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ގަވަރުނަރަކަށް އަލީ ހާޝިމް އައްޔަން ކުރުމަށް ރައްޔިތުންގެ އެއްވެސް ޝަކުވާއެއް ވާނަމަ އެ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. މި ފުރުސަތު ހުޅުވާފައިވަނީ އަންނަ އާދީއްތަ ދުވަހުގެ 11:00 ގެ ނިޔަލަށެވެ.
ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މަޖިލީހުގެ އިދާރާ އަށް ނުވަތަ މެއިލްގެ ޒަރީއާ އިން ޝަކުވާ ހުށަހެޅޭނެ އެވެ. މި ޝަކުވާ ހުށަހަޅާއިރު ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެހުގެ އިތުރުން ފޯން ނަމްބަރު ޖެހުމަށް އެ އިއުލާނުގައި ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަތްކެޔޮ
31 August 2019
ހާދަ "ހިޔަޅު" ކޮށް މިދަނީ، ބޮލަށް ތިކަހަލަ ޗިޕް ނުޖަހާ، ފަނޑިޔާރު ކަމަށް އިއުލާނ7 ކުރި އިރުވެސް ހުކުރު ދުވަހު ހަވީރު އިއުލާނު ކުރީ އާދީއްތަ ދުވަހު ހެނދުނު މުއްދަތު ހަމަވާ ގޮތަށް ، ލަދުން ބޮއިހަލާކު
މަސްވެރި
31 August 2019
ތިޔަ ކަހަލަ ޓެކުނިކަލު މަގާމުތަކަށް ވޯޓުލައުގެން ހިޔާލު ހޯދައިގެން ނެގުން ރަނގަޅު ނުވާނެ
ސޮފީ
31 August 2019
ޑުރާމާނުކުޅެ ރައްޔިތުންގެ ހިޔާލު ހޯދަންވީ ގަވަރުނަރު ހޮވާކަށްނޫން ރައްޔިތުންގެ ހިޔާލު ތަފާތުވެފައިވާ ފަނޑިޔާރުން ހޮވުމަގަ
ރަންދެލި
31 August 2019
އެމް.އެމް.އޭ ގެ ގަވަރުނަރު ގެ މަޤާމަށް އެންމެ އެކަށީގެންވާ ބޭފުޅަކީ އޮނަރަބަލް އަލީ ހާޝިމް. މަރުހަބާ އަލީ ހާޝިމް
ްިގިއާ
30 August 2019
މިދެން ބޮޑު ޖޯކަކަށް ވެއްޖެ
އާދަމް ބާއީ
30 August 2019
މަށަކަށް ތިކަމަށް އާބަހެއް ނުދެވޭނެ.
ގަމީޒް
30 August 2019
ކީއްވެ ހަމައެކަނި ގަަވަރނަރ ހޮވަން ރައްޔިތުން ބޭނުން ކުރަނީ..ގޯސް ހެދީމާ ރައްޔިތުންނަށް ފޫޅު ކަނޑަންތަ.