ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ސީއީއޯ ނާދިޔާ ހަސަން އެ މަގާމުން މިދިޔަ މަހު އިސްތިއުފާ ދެއްވައިފި އެވެ.
އެ އޮތޯރިޓީން ބުނީ ނާދިޔާ އިސްތިއުފާ ދެއްވާފައި ވަނީ މިދިޔަ މަހުގެ 29 ގައި ކަމަށެވެ. ނަމަވެސް އޭނާ މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ސީއެމްޑީއޭ އިން ނުބުނެ އެވެ.
ސީއެމްޑީއޭއިން ބުނިގޮތުގައި، އެ އޮތޯރިޓީ އަށް އާ ސީއީއޯއެއް އައްޔަން ކުރަންދެން ވަގުތީ ގޮތުން އެ ތަން ހިންގަވާނީ ޑިރެކްޓާ ޖެނެރަލް، ހެޑް އޮފް މާކެޓް ޑިޕާޓްމަންޓް ފާތިމަތު އަބްދުﷲ ކަމާލުއްދީނެވެ.
ސީއެމްޑީއޭ އަކީ ރާއްޖޭގެ މާލި ސެކިއުރިޓީޒްއާ ބެހޭ ގާނޫނުގެ ދަށުން 2006 ވަނަ އަހަރު އުފައްދާފައިވާ އޮތޯރިޓީ އެކެވެ.
އެކްޓިން ސީއީއޯގެ ގޮތުގައި ފާތިމަތު އަބްދުﷲ ކަމާލުއްދީން ހަމަޖައްސާފައި ވަނީ ވެސް މި ގާނޫނުގެ ދަށުންނެވެ.