ހިޕްސްޓާ ޕޮމޭޑް: މިއީ ހުރިހާ އިސްތަށިގަނޑަކާ ވެސް ގުޅޭނެހެން ތައްޔާރުކޮސްފައިވާ ޕްރޮޑަކްޓެއް-- ފޮޓޯ: ހިޕްސްޓާ ޕޮމޭޑް
05 ސެޕްޓެމްބަރ 2019 - 10:58
ތަފާތު ސްޓައިލްތަކަށް އިސްތަށިގަނޑު ބަހައްޓަން ބޭނުންވާ މީހުންނަށް ކަމުދާނެ މާއްދާތައް އެކުލެވިގެންވާ ހިޕްސްޓާ ޕޮމޭޑް، ކިންގްސް ގާޑް މޯލްޑިވްސް އިން ވިއްކަން ފަށައިފި އެވެ.
ހިޕްސްޓާ ޕޮމޭޑް، ރާއްޖޭގެ އެކި ފިހާރަތަކުން މިހާރު ލިބެން ހުރެ އެވެ. ނަމަވެސް ކިންގްސް ގާޑް މޯލްޑިވްސް އަކީ މި ޕްރޮޑަކްޓުގެ ރާއްޖޭގެ އޮފިޝަލް ޑިސްޓްރިބިއުޓާ އެވެ. މި ޕްރޮޑަކްޓަށް މިހާރު ވެސް ގިނަ ބައެއްގެ ތަރުހީބު އަންނަނީ ލިބެމުންނެވެ.
މިއީ، އިސްތަށިގަނޑަށް ތެއްކަމެއް ގެނުވައިދިނުމަށް، ފެނުގައި ހުންނަ ބައެއް މާއްދާތައް ބޭނުންކޮށްގެން އުފައްދާފައިވާ ޕްރޮޑަކްޓެކެވެ. ޕޮމޭޑް ބޭނުން ކުރުމުން އިސްތަށިގަނޑުގައި ގިނަ ވަގުތު ތާޒާ ކަމެއް ހުރެ އެވެ. މީރު ވަހެއް ހުންނަ މި ޕްރޮޑަކްޓަކީ ރާއްޖޭގެ މޫސުމާ ވެސް ގުޅޭ ޕްރޮޑަކްޓެކެވެ.
ހިޕްސްޓާ ޕޮމޭޑްއަކީ މެލޭޝިއާގެ އެއްވަނަ ޕްރޮކްޓް-- ފޮޓޯ: ހިޕްސްޓާ ޕޮމޭޑް
މެލޭޝިއާގެ މާކެޓުގައި އެއްވަނަ ހޯދާފައިވާ މި އުފެއްދުމުގައި އިސްތަށިގަނޑަށް ގެއްލުންވާ އެއްވެސް މާއްދާއެއް ނުހިމެނެ އެވެ. މިއީ ހުރިހާ އިސްތަށިގަނޑަކާ ވެސް ގުޅޭގޮތަށް ތައްޔާރުކޮށްފައިވާ ޕްރޮޑަކްޓެކެވެ.
ރާއްޖޭގެ ބައެއް މީހުންގެ ޝަކުވާ އަކީ އިސްތަށިގަނޑު ސްޓައިލް ކުރުމަށް ފަހު، ހެލްމެޓް އެޅުމުން އެ ސްޓައިލް ހަލާކުވުމެވެ. ނަމަވެސް ހިޕްސްޓާ ޕޮމޭޑް ބޭނުން ކުރާ މީހުން މިކަމާ ކަންބޮޑުވާން ނުޖެހޭނެ އެވެ. ޕޮމޭޑް ބޭނުންކޮށްގެން ސްޓައިލް ހެދުމަށް ފަހު، ހެލްމެޓް އެޅި ނަމަވެސް އިސްތަށިގަނޑަށް ބަދަލެއް ނާންނާނެ އެވެ.
ހިޕްސްޓާ ޕޮމޭޑް ގަންނަން ބޭނުންވާ ފަރާތްތަކަށް ކިންގްސް ގާޑްގެ ނަންބަރު 7941565 އަށް ގުޅާލުމުން ނުވަތަ ހިޕްސްޓާ ޕޮމޭޑް މޯލްޑިވްސް ފޭސްބުކް ޕޭޖަށް މެސެޖް ކޮށްލުމުން ޕްރޮޑަކްޓް ލިބޭނެ އެވެ. ކިންގްސް ގާޑުން މި ޕްރޮޑަކްޓް ޑެލިވާ ވެސް ކޮށްދޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy