ސްޓެލްކޯގެ 70 ވަނަ އަހަރީ ދުވަހުގެ ލޯގޯ އިފްތިތާހުކޮށްދެއްވަނީ-- ފޮޓޯ: މިހާރު
09 ސެޕްޓެމްބަރ 2019 - 11:53
ސްޓެލްކޯ އަށް މިއަދު 70 އަހަރު ފުރުން ފާހަގަކުރާއިރު އެ ކުންފުނި އޮތީ ޓެކްނޮލޮޖީ އަށް ވުރެ މާ ފަހަތުގައި ކަމަށާއި އެކަށީގެންވާ ކާމިޔާބެއް ހޯދިފައި ނުވާ ކަމަށް ކުންފުނީގެ މެނެޖިން ޑިރެކްޓަރު ހަސަން މުގްނީ ވިދާޅުވެއްޖެ އެވެ.
އެކަމަކު އޭނާ ވިދާޅުވީ އެކަން ބަދަލު ކުރުމުގެ ވިސްނުން އެބައޮތް ކަމަށާއި އެކަމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
މުޣްނީ ވިދާޅުވީ ސޯލާއިން ކަރަންޓު އުފެއްދުމަކީ ދުނިޔޭގައި ވަރަށް ކުރިން ފެށިގެން ވެސް ޕްރެކްޓިސް ކުރަމުން އަންނަ ކަމަކަށްވާއިރު ސްޓެލްކޯ އަށް އެކަން ނުވެ އޮތުމަކީ ޓެކްނޮލޮޖީގެ ގޮތުން ފަހަތުގައި އޮތްކަން ދައްކުވައިދޭ ކަމެއް ކަމަށެވެ. މިހާރު އެ ކުންފުނިން ހިންގާ އަންނަ ޖަނަރޭޓަރުތަކުން ކަރަންޓު ހަރަދު ކުޑަ ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކަރަންޓުގެ ހަރަދު ބޮޑުވުމަށް އޮތް ހަމައެކަނި ހައްލަކީ ދެމެހެއްޓެނިވި ގޮތެއްގައި ސޯލާ ބޭނުންކޮށްގެން ކަރަންޓު އުފެއްދުން ކަމަށް ވެސް މުޣްނީ ވިދާޅުވި އެވެ. މި ފަސް އަހަރު ނިމޭއިރު ސްޓެލްކޯއިން އުފައްދާ ކަރަންޓުގެ 50 ޕަސެންޓަކީ ސޯލާއިން އުފައްދާ ކަރަންޓުގެ ގޮތުގައި ހެދުމަށް ސްޓެލްކޯއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
"ދުވަހަކު ވެސް ޖަނެރޭޓަރުން މިގޮތަށް ކަރަންޓު އުފައްދައިގެން ހަރަދު ކުޑައެއް ނުކުރެވޭނެ. ހަމައެކަނި އޮތް ގޮތަކީ އަޅުގަނޑުމެން ތިމާވެއްޓާ ރައްޓެހި ގޮތަކަށް ދިޔުން. މިސާލަކަށް ރާއްޖެ އަށް ބަލާއިރު ރިސާޗްތަކުން ދައްކަނީ އެންމެ ރަނގަޅީ ސޯލާއޭ. އެހެންވީމާ އަޅުގަނޑުމެން ދާން ޖެހޭނީ ސޯލާ އަށް. މީގެ އިތުރުން ވެސް މީގެ ކުރިން ކުރަން އުޅުނު ނަމަ ކުރެވިދާނެ ބައިވަރު ކަންތައް އެބަހުރި،" މުޣްނީ ވިދާޅުވި އެވެ.
ސްޓެލްކޯއަށް 70 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ އެމްޑީ ހަސަން މުގްނީ (ވ3) -- ފޮޓޯ: މިހާރު
އޭނާ ވިދާޅުވީ މީގެ ކުރިން ސްޓެލްކޯ އެނގިފައި އޮންނަނީ ރައްޔިތުންނާއި ކަރަންޓު ގުޅައިދޭ ކުންފުންޏެއްގެ ގޮތުގައި އެކަނި ކަމަށެވެ. ނަމަވެސް އެ ވިސްނުން ބަދަލުކޮށް ސްޓެލްކޯއަކީ ކަރަންޓާ ގުޅުންހުރި ތަފާތު އިންޖިނިއަރިން ސޮލިއުޝަން ދޭ ކުންފުންޏެއްގެ ގޮތުގައި ބަދަލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
މިކަންތައް ހާސިލްކުރުމަށް ސްޓެލްކޯ އަށް އިންޖީނިއަރުން ހޯދާއިރު ޒުވާން ކުދިން ހޯދާ ކަމަށް ވެސް މުޣްނީ ވިދާޅުވި އެވެ. މިހާރު ވެސް ބައެއް ޒުވާނުން އިންޖީނިއަރުންނަށް އެ ކުންފުނިން ވަނީ ވަޒީފާ ދީފަ އެވެ. މީގެ ތެރޭގައި އަންހެނުން ވެސް ހިމެނެ އެވެ.
"ސްޓެލްކޯ ފެށުނީއްސުރެ އޮޕަރޭޓް ކުރަމުން މިގެންދިޔައީ ހަމައެކަނި ގޭގެ އަށް ކަރަންޓު ކޮޅު ވައްދާ، މީޓަރެއް ހަރުކޮށްލައިދޭ ކުންފުންޏެއްގެ ގޮތުގައި. އޭގެ ބަދަލުގައި ކަރަންޓާ ގުޅުންހުރި ތަފާތު އިންޖިނިއަރިން ސޮލިއުޝަން ދޭ ކުންފުންޏެއްގެ ގޮތުގައި މި ކުންފުނި ޓްރާންސްފޯމް ކުރަމުން މިދަނީ. އަޅުގަނޑާއެކު މިކަމުގައި ބައިވެރިވާނެ ޒުވާން އިންޖީނިއަރުންނަށް އަބަދުވެސް އެ ފުރުސަތު ދޭނަން،" އޭނާ ވިދާޅުވި އެވެ.
ސްޓެލްކޯއިން އަންނަނީ ސޯލާ ބޭނުންކޮށްގެން ކަރަންޓު އުފެއްދުމުގެ އިތުރުން ވަގުތުން ރީޑިން ބަލާލެވޭނެ ޓެކްނޮލޮޖީއާ އެކު ތައްޔާރުކޮށްފައިވާ ސްމާޓް މީޓަރުތައް ހަރުކުރުމަށް ވެސް ތައްޔާރުވަމުންނެވެ. މީގެ އިތުރުން ފޯނުން ރީޑިން ބަލައި ސްޓެލްކޯގެ މުވައްޒަފުންނާ މުއާމަލާތް ކުރެވޭނެ އެޕެއް ވެސް އަންނަ އަހަރުގެ ތެރޭ ތައާރަފު ކުރެވޭނެ ކަމަށް މުޣްނީ ވިދާޅުވި އެވެ.
ސްޓެލްކޯ އަށް 70 އަހަރު ފުރުން ފާހަގަކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ އަހަރީ ދުވަހުގެ ލޯގޯ ވެސް ވަނީ އިފްތިތާހުކޮށްފަ އެވެ. މި ލޯގޯ އިފްތިތާހު ކޮށްދެއްވީ މުޣްނީ އާއި ދެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަރަށް ސަލާމް
09 September 2019
މިފަހަރު ވަރަށް ކާމިޔާބު ވާނެތާ؟
ތިމާވެށި
09 September 2019
ސޯލާ ބޭނުން ކުރުން އާއްމުންނަށް ދޫކޮށްލަން ވީއެވެ. އަގުހެޔޮކޮށް ސޯލާ ޕެނެލް ގަނެވޭނެ ގޮތެއް ހަދާދިނުން އެދެމެވެ. ސްޓެލްކޯގެ ވިޔަފާރި އަށް ވުރެ ބޮޑައް އާއްމުންނަށް އެހީވާން ވީއެވެ.
ހުސައިން
09 September 2019
ފަހަތަށްދާކަމަށް ފެންނަނަމަ މުޢުނީ އިސްތިއުފާދީފައި ގެއަށް ވަޑައިގަނޭ. މާބޮޑަށް ހާސްވާނަމަ އެސްކޭޕަށް ފިއްތަވާލައްވާ
ޢަބްދުﷲނާފިޒް
09 September 2019
70 އަހަރުވީ އިރު ސްޓެލްކޯ އަށް ކާމިޔާބާ ހަމައަށް ދެވިފައެއް ނެތް: މުޣްނީ، ނުދެވޭނެތާ، އަބަދުވެސް ތަނުގެ އިސްމަޤާމުތަކުގަ ތިބޭ މީހުން ބެލީ އެމީހުންގެ ޖީބު ފުރާލެވޭތޯ، އެކަން އިނގޭނެ މާޒީގަ ތިތާގަ ތިބި ބޮޑުންގެ މުއްސަދި ދިރިއުޅުން، އެމީހުންގެ ވިޔަފާރިއާ ގެދޮރަށް އެކަނި ބަލާލިއަސް.
ނޫސް ބަލާމީހާ
09 September 2019
ތިޔަ ފުރައްސާރަކުރަނީ ތަނުގައިތިބި މުވައްޒަފުންނަށް .
ޑޮކްޓާރ. ބަނާނާ
09 September 2019
ދުނިޔޭގެ އެހެން އެއްވެސްގައުމެއްގައި ރައްޔިތުންގެއަތުން ތިވަރުގެ ބޮޑު އަގެއްކަރަންޓަށް ނުނަގާ! ސޯލާ އެނާޖީ ގެވާހަކަ ވަރަށްމޮޅަށް ދައްކާނެ ކޮންމެ ސަރުކާރަކު! މުޅިސިޔާސަތު ބައްޓަންވެފަ އޮންނަނީ ޑީސަލްއަންދައިގެން ރައްޔިތުން ގެ ދިޔަފެލައިގެން ކަރަންޓްދިނުން! އެއިރުންނޫންތޯ ޑީސަލް އެތެރެކޮށް އެވިއްކައިގެން ކަރަފޮޝަންހިންގާފައިސާ ނެގޭނީ! ކީއްވޭތޯ އައުޓްސޯސް ކުރެވޭކަންތަށް ނުކުރަނީ! މުޅިންމޮނަޕޮލައިޒް ކޮށްގެން އަދިވެސް ފައިދާ ނެގޭތޯބަލަނީ!
ފަހަތުގެކުރީގަ
09 September 2019
ފަހަތަށް އަދިވެސް ދަނީ. ކަރަންޓް ކަނޑާލުމުގެ ކުރިން އަންގާނުލެވޭވިއްޔަ. ދިމާވާ ކުއްލި މައްސަލައަކުން ކަރަންޓް ކަނޑައިގެންދާއިރު އަންގާނުލެވުނަސް ކުރީބައިގައި އެނގިގެން ކަނޑާލާއިރު އެ ސަރަހައްދެއްގެ ގޭގޭ މީހުންގެ ފޯނަށް މެސެޖެއްވަރު ކޮށްލުން ރަގަޅުވާނެ. އަދި ދަންވަރު ކަރަންޓު ކެނޑި 2 ގަޑިއިރު ފަހުން ލިބުމުން އަނެއް ދުވަހު އެހެންއެވީ ކީއްވެކަންވެސް އަންގާނުލެވޭ. އެކަން ރަގަޅުކޮށްލަން މާ އުނދަގޫ ޓެކްނޮލޮޖީއެއް ބޭނުމެއްނުވާނެ.
މިއަދު
09 September 2019
ކުންފުނިތިހާފަހަތުގައިތިއޮތީޓެކޮނޮޮލޮގީގެގޮތުން ހުރި ތިފަދަބަސްތައް ކުންފުނިހިންގިވެރިންނަށްކިޔަންވެސް ނުއެގޭތީ މިހާރުމިއެގެނީސޯލާއިން ކަރަންޓް އުފައްދައިގެން ބޭނުން ކުތެވޭކަން ތިބަސް ދިވެހިންނަށް ސޯލާ ދަސްކޮށްދިން މުޣުނީއަށް ނުއެގުނުއެއްޗަކީ މާލެއާއިރާއްޖެތެރޭގެ ބޮޑެތި ވެގެންވާފުރާޅުތަކުގައިޝީޓްތަކެއްއަތުރާ ނަރު ތަކަކުންގުޅައިގެންސްޓެލްކޯއަށްބޭނުންބާއެތައްކަރަންޓެއްމިހާރުވެސްއެބައުފައްދާކަމާއި އެއަށްކިޔަނީ ކޮންނަމެއްކަން ހަމަބޮޑުތަނުން އޮޅިއްޖެ
ހަބީބު
09 September 2019
ސުޓެލްކޯގެ ވެރިންގެ މުސާރަ ވަނީ އަތްނުފޯރާފަށުގަ.އޯޓީ ފިކްސް ކޮއްފަ.އޮފީސް ހަރަދުގަ ކެއުން .ކުރަނީ ރަސްމީގަޑީގަ އަމިއްލަ ވިޔަފާރި. އެމްޑީ އޮފީސް އަންނަނީ ހިތައްއެރި ގަޑިއަކު.ވެރިން ނިކުއްނަނީ 830 ގަ އޮފީސް އަށް.އާދައިގެ މުވައްޒަފުން 800 ގަ
ކާފިރު
09 September 2019
70އަހަރުން ނުވިއޭ ބުނާއިރު ދެން ކޮށްބަލަ..މަ ހުންނާނަން ބަލަން..މިވީ ދުވަސްތަކުގައި ކޮންކަމެއްވީ..
ޑާޑާ
10 September 2019
70 އަހަރުން ނުވިކަމެއް 1 އަހަރަކުން ނުވާނެ ކަން ތިބޭޅާއަށްވެސް ހަމަ ރަނގަޅަށް އިހުސާސްކުރެވޭނެ.