ލޭބަރުންތަކެއް މަސައްކަތް ކުރަނީ: ބިދޭސީ ލޭބަރުން ގެނަމުގައި ކޯޓާ ހޯދަން ކޯޓުގައި ރަޖިސްޓްރީވާން ޖެހޭގޮތް ހަދަން ވަނީ ނިންމާފައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު
18 ސެޕްޓެމްބަރ 2019 - 16:54
ކުރިއަށް އޮތްތާނގައި ބިދޭސީން ރާއްޖެ ގެނައުމަށް ކޯޓާ ދޫކުރާނީ ކޯޓުގައި ރަޖިސްޓްރީވުމުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
ނޫސްވރިންގެ ބައްދަލުވުމުގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ ބިދޭސީން ރާއްޖެ ގެނައުމަށް ކޯޓާ ދޫކުރުުމުގައި މިހާރު އޮންނަ އުސޫލުގައި މައްސަލަތައް ހުރި ކަމަށެވެ. އަވަސްކުރަން ހަދައިގެން ގިނަ ފަހަރަށް ބަލަން ޖެހޭ ކަންތައް ނުބެލި ހުންނަކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކޯޓާ ދޫކުރުމުގައި ކޯޓުގައި ރަޖިސްޓްރީވާން ޖެހޭގޮތަށް ހަދަނީ ގަވާއިދާ ހިލާފަށް އަންނަ ބިދޭސީން ހުއްޓުވުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަވަސް މިނުގައި ވިޔަފާރިވެރިންނަށް ކޯޓާ ދޫކުރަން އެބަޖެހޭ. އެގޮތަށް ކޯޓާ ދޫކުރާ ނަމަ ބައެއް ފަހަރު ރިސޯސް ނެތުމުގެ ސަބަބުން ބޭނުންވާ ވަރަށް ނުބެލި އެބަހުރޭ. އެހެންވީމާ ކުރިއަށް އޮތްތާނގައި ޕްރޮޖެކްޓުތަކަށް ކޯޓާ ދޫކުރާއިރު ކޯޓުގައި ރަޖިސްޓްރީ ކުރަން މަޖުބޫރު ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
ބިދޭސީން ގެނައުމުގެ މަރުހަލާއަށް ތަފާތު ބަދަލުތައް ގެނެސްފައިވާއިރު އަންނަ އަހަރުން ފެށިގެން ކޯޓާ ފީއެއްގެ ގޮތުގައި ކޮންމެ އަހަރަކު 2،000ރ. ދައުލަތައް ދައްކަން ޖެހޭނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ. މީގެ އިތުރުން ވޯކް ޕާމިޓް ފީގެ ގޮތުގައި މަހަކު 350ރ. ނެގުމަށް ނިންމާފައިވާކަމަށް ވެސް ވިދާޅުވި އެވެ. މިހާރު ވޯކް ޕާމިޓް ފީގެ ގޮތުގައި ނަގަމުން އަންނަނީ 250ރ. އެވެ.
ޑިޕޮޒިޓް ނިޒާމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ބަދަލުތައް ގެންނަން ނިންމައިފަ އެވެ. މިނިސްޓަރު ފައްޔާޒު ވިދާޅުވީ ޑިޕޮޒިޓް ފައިސާގެ ގޮތުގައި މިހާރު މީހަކަށް ވަކި އަދަދެއް ދައްކަން ޖެހުނު ނަމަވެސް ކުރިއަށް އޮތްތާނގައި ދައްކަން ޖެހޭނީ ބިދޭސީ މަސައްކަތްތެރިން ތިބި މިންވަރަކުން ވަކި ޕަސެންޓޭޖެއް ކަމަށެވެ.
"ކުރިއަށް އޮތްތާނގައި ޑިޕޮޒިޓް ފައިސާ ކޮންމެ މީހަކަށް ދެއްކުމުގެ ބަދަލުގައި އަޅުގަނޑުމެން ތަންކޮޅެއް ކުރިން އޮތް ގޮތަކަށް އެކަން ބަދަލު ކުރުމަށް މި ގަސްދު ކުރަނީ. އެއީ މިސާލަކަށް 100 މީހުން ތިބިއްޔާ އޭގެ ވަކި ޕަސެންޓޭޖަކަށް ފައިސާ ދައްކަން ޖެހޭނީ،" މިނިސްޓަރު ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓްރީން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ގަވާއިދާ ހިލާފަށް ރާއްޖެ އަންނަ ބިދޭސީން ހުއްޓުވައި ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ބޭނުންވާ އިންސާނީ ވަސީލަތްތަކަށް ދަތިނުވާނެ ގޮތްތަކެއް ހަމަޖެހޭނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބައިސަލް
19 September 2019
އެންމެ ކަމެއް އިސްލާހްވީ، އެއީ ޑިޕޮސިޓީ ޕަސެންޓޭޖުން ދައްކާގޮތަށް ހަމަޖެހުން، އެކަމަކު ވަސީލަތް ނެތޭ ކިޔައިގެން ކޯޓުގައި ކޯޓާ ރަޖިސްޓްރީކުރަން ހެދީމަ ކޯޓަށްވެސް އިތުރު ވަސީލަތް ބޭނުންވާނެ، ތިޔައީ ހައްލުކުރަން ކުރިކަމެއްނޫން، ތިޔައީ އެހެން ކޮންމެވެސް ބޭނުމެއްގައި ކުރިކަމެއް، ތިޔައީ ހައްލެއްނޫން، ދެން އެންމެ ރަނގަޅީ އިސްލާހް ނުކުރެވުނުކަމަށް ނިންމާފައި އިސްތިއުފާދިނުން
ބޮޑުމީހާ
19 September 2019
ކޯޓާ ހޯދަން ކޯޓުގައި ރެޖިސްޓްރީކުރުން. މީ ތެެދު ހަބަރެއްބާ؟ ކޮން ކޯޓެއްގަތަ؟ ރާއްޖޭގެ ހުރި ޝަރީއަތްތައް ކުރާ ކޯޓްތަކާއި ތިކަން ހަވާލުވެއްޖަނަމަ ދެން އިތުރަށް އެތަންތާގެ ވާހަކަ ދައްކާނެކަމެއް ނެތް. 10 - 12 އަހަރު ވާ އިރު މައްސަލައެއް ނިންމާނުލެވޭ ބަޔަކަށް ކިހިނެއް ތި ހުރިހާ ކޯޓާގެ ހިސާބު ކިތާބު ބަލަހައްޓާނީ
ނަގޫރޯޅި
19 September 2019
ގަވައިދުގޯސްވެގެތޯވިސާކެންސަލްކޮއްމީހުންފުރައިގެ ން ދިޔަތާ4މަސްވެގެންދިތައިރުވެސް ޑިޕޮސިޓައްދެއްކިފައިސާއަދިވެސް ނުދީ ކަހާތާހިރުވާވެސްނުލާތިތިބެނީ
ރަދީފް ހުސެން
19 September 2019
ހުރިހާ ވިޔަވާރިއެއް ހިނގަނީ އެއްއުސޫލަކުންނޫން. އަހަރުމެންކުރާވިޔަފާރީގަ މީހުންގެންނަނީ ފަހަރަކު އެކަކު ނޫނީ ދެމީހުން. ދެން އަނެއްކާކުރިންތިބި ދެމީހުންތެރޭން އެކަކުފޮނުވާލަފަ އިތުރުމީހެއްގެނެޔަސްގެންނަނީ. މިހާލަތުގަ ކިހާއިންސައްތައެއް ދައްކަންޖެހޭނެބާ؟
ޖައްލާދު
19 September 2019
ކޯޓާވެސް ވިއްކެނީ، މުއްސަނދިން ބޭނުންހާގޮތަކަށް ކަންކަންވެސް އެނބުރެނީ. ހަނދާންވޭތަ އިތާފުށި ޕްރޮޖެކްޓްގައި ބިދޭސީން ގެންގުޅުނު ގޮތް ފެނިގެން އެންމެން ޖަޒުބާތީވެގެން އުޅުނު ދުވަސް. މިހާރު ހަނދާންނެތިއްޖެ. މަހުޖަނުންގެ މުށުތެރޭގައި ސިސްޓަމް ފިއްތާފައިއޮތުން އެއީ ހުރިހާވެސް މައްސަލައަކީ! މިސަރުކާރުންވެސް މިއޮތްގެން ގަނަތެޅެނީ. އިޚްލާޞްތެރިކަމެއް ނެތް. މަހުޖަނުންގެ ޖީބު ބޮޑުވަނީ އަހަރެމެން ހަމަ ހަނާވަނީ. ވެދުން!
މޫސާސް
19 September 2019
ވިސާފީ ބޮޑުކުރަން ޖެހުނު ސަބަބެއް ނޭންގުނު. ފީގެ ޢަދަދުގެ މައްސަލައަކުންތޯ ދައްކަން ތިބި މީހުން ހަމަސްދުވަހު ކިޔޫގަ ތިބެންޖެހެނީ. ފީގެ ޢަދަދު ކުޑަވެގެންތޯ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހައްޔަރު ނުކުރެވެނީ. ހައްލަކީ ގުޅުގެން މޮނީޓަރ ކުރުން ކަމަށް ފެންނަނީ. އެހެނީ ޤަވާއިދުން ބާބަރއަކަށް މަހަކަށް ނުދެވޭނެ.
އެންދެރި
19 September 2019
ރިސޯޓް ހިންގާ މީހުންނަށް ޑިޕޮސިޓް ދައްކަން ލުޔެއް ދިނީ އެވެ. އާއްމުންނަށް ވިސާފީ ދައްކަން އިތުރު ހަރަދެކެވެ . ސަރުކާރައް ފައިދާ ވާގޮތައް.ނިންމީއެވެ. މައްސަލަ ހައްލު ނުކޮށް ސަރުކާރައް އެކި ނަމުގަ ފައިސާ އިތުރަށް ނަގަނީ އެވެ.
ވާލުސޮރު
18 September 2019
ދިވެހިން ނުލިބޭ ވަޒީފާތަކަށް ބޭރު މީހުން ގެނެވެން ޖެހޭނެ. އެކަމުގަ ވަކި ގައުމެއްގެ ބަޔަކަށް ކޯޓާ ލިބިފަ ދެން ތިބި ބަޔަކަށް ކޯޓާ ނުލިބުން އެއީ މައްސަލައެއް
ހޯލި
18 September 2019
ރިޒޯޓް ތަކުގެ ކޮންސްޓްރަކްޝަން މަސައްކަތައް ގެނެސް ވޯކްޕާރޓް ދީފައި ތިބޭ މީހުން ފިހާރަތަކުގައިވެސް ބައިވަރެވެ. އެމީހުން އަތުގައި ވޯކްޕާމިޓް ކާޑު އޮވެއެވެ. ވީމާ، ކޯޓާ ދޫކުރާ އުސޫލަށް ބަދަލުގެންނަށް ޖެހެއެވެ. އަދި ކޯޓާގެ ދަށުން މީހުން ގެންނަ ކުންފުނިތައް ޖަވާބުދާރީ ކޮށް ޒިންމާދާރު ކުރަންވީއެވެ.
ޝަރީފާ
18 September 2019
ބަލަ މިއުޅެނީކީ ކޯޓާ މެނޭޖްކުރުމުގެ މައްސަލައެއް ނޫނޭ. މި އުޅެނީ މި ޤައުމުގެ ބޯޑާރ ކޮންޓްރޯލް ކުރުމުގެ މައްސަލަ. ވިސާ ހަމަވެގެންދާއިރު ވެސް ރޭކާ ވެސް ނުލާ މައްސަލަ. އެތެރެވި މީހަކު ބޭރުވި މީހަކު ނޭންގޭ މައްސަލަ. މިއަދު ޑީޕޯޓްކޮށްލާ މީހާ މާދަމާ އާ ޕާސްޕޯޓެއްގައި އަންނަ މައްސަލަ. ވީސާ މެނޭޖްކުރުން ދޯހަޅި ކަމުގެ މައްސަލަ.