އިންޑޯމީ ނޫޑުލްސް ފެސްޓިވަލެއް ލިލީން ބާއްވަނީ

ލިލީ އިންޓަނޭޝަނަލުން އަންނަ ހުކުރު ދުވަހު އިންޑޯމީ ނޫޑުލް ފެސްޓިވަލެއް ބާއްވަން ނިންމައިފި އެވެ.


މި ފެސްޓިވަލް ކުރިއަށްދާނީ ހުކުރު ދުވަހުގެ ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 11:00 ގެ ނިޔަލަށް އިސްކަންދަރު ސްކޫލުގަ އެވެ. މި ފެސްޓިވަލުގައި ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ބައިވެރިވެވޭނެ އެވެ.

ލިލީ އިންޓަނޭޝަނަލުން ބުނީ އިންޑޯމީ ނޫޑުލް ފެސްޓިވަލަށް ޒިޔާރަތްކުރާ މީހުންނަށް މި ނޫޑުލްސްގެ ރަހަ ބަލާލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. މީގެ އިތުރުން މި ފެސްޓިވަލްގައި ކުރިއަށްގެންދާ ތަފާތު އެކި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވެސް އާންމުންނަށް ހުޅުވާލާފައިވާ ކަމަށް ލިލީ އިންޓަނޭޝަނަލުން ބުންޏެވެ.

އިންޑޯމީ ނޫޑުލް ފެސްޓިވަލް ކުރިއަށްދާނީ އިސްކަންދަރު ސްކޫލުގައި--

އިންޑޯމީ ނޫޑުލްސް އަކީ އިންޑޮނޭޝިއާގެ ބްރޭންޑެކެވެ. މި އުފެއްދުން އެންމެ ފުރަތަމަ ތައާރަފްކޮށްފައި ވަނީ 1972 ވަނަ އަހަރު އެވެ. މި ނޫޑުލްސް އަކީ އެއްވެސް ޕްރިޒަވޭޓިވްސް އެއް ބޭނުން ނުކޮށް އުފައްދާފައިވާ ނޫޑުލްސް އެކެވެ. އިންޑޯމީ ނޫޑުލްސް ތައްޔާރުކޮށްފައި ވަނީ ކޮލިޓީ ރަނގަޅު ފުށާއި ތާޒާ ރަހަތައް ހިމެނޭ ގުދުރަތީ އުފެއްދުންތައް ބޭނުންކޮށްގެންނެވެ.

އިންޑޯމީ ނޫޑުލްސް އަކީ އޮސްޓްރޭލިއާ އާއި އޭޝިއާ އާއި އެފްރިކާ އަދި ޔޫރަޕްގެ އިތުރުން އެމެރިކާ އާއި ކެނެޑާ ފަދަ ގައުމުތަކުގައި ވެސްބޭނުން ކުރަމުން އަންނަ މަޝްހޫރު އުފެއްދުމެކެވެ. މި ނޫޑުލްސް އަށް ރާއްޖެއިން ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ.