އެޗެސް އިން ބިޒަންސް އެކްސްޕޯގައި ބަހައްޓާފައި ހުރި ސްޓޭންޑު-- ފޮޓޯ: ހުސައިން ވަހީދު/ މިހާރު
29 ސެޕްޓެމްބަރ 2019 - 14:22
މިއަދު ފަށާ ބިޒްނަސް އެކްސްޕޯގައި އެޗެސް ޕްރައިވެޓް ލިމިޓެޑުން ބަހައްޓާ ސްޓޯލަށް ޒިޔާރަތްކުރާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ހާއްސަ އިނާމެއް ހުށަހަޅައިފި އެވެ.
އެޗެސް އިން ބުނީ އެ ކުންފުނީގެ ސްޓޯލަށް ޒިޔާރަތްކުރުމުން ގުރުއަތުން ހޮވާ ފަރާތަކަށް 10،000 ޑޮލަރުގެ އެސް.އޭ.ޕީ ބިޒްނަސް ވަންގެ ސްޓާޓާ ޕެކު ލިބޭނެ ކަމަށެވެ. މިއީ ފަސް މީހުންގެ ލައިސެންސަށް ހަރަދުވާ މިންވަރެވެ.
އެސްއޭޕީ ބިޒްނަސް ވަން އަކީ 180 އަށް ވުރެ ގިނަ ގައުމުގައި ބޭނުންކުރަމުން އަންނަ ސޮފްޓްވެއާ އެކެވެ. މި ސޮފްޓްވެއާ އަކީ ރީޓެއިލް އާއި ހޯލްސޭލް އަދި ކޮންސްޓްރަކްޝަން އާއި މެނުފެކްޗަރިން ދާއިރާގެ ވިޔަފާރިތަކަށް ވަރަށް މުހިންމު ސޮފްޓްވެއާއެކެވެ.
އެޗެސް އިން ބަހައްޓާ ސްޓޯލުން މި ސޮފްޓްވެއާގެ އަޖުމަ ބަލައިލުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން މި ސްޓޯލަށް ޒިޔާރަތްކުރުމުން އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ ބިޒްނަސް އިންޓެލިޖެންސް އާއި މެޝިން ލާނިން އާއި އާޓިފިޝަލް އިންޓެލިޖެންސް އަދި އައި.އޯ.ޓީ ފަދަ ވަސީލައްތައް ބަލާލުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.
އެޗެސް އަކީ ރާއްޖޭގައި ހުރި ހަމައެކަނި އެސްއޭޕީގެ ޕާޓްނާ ކުންފުންޏެވެ. މި ކުންފުނިން ވަނީ މިހާތަނަށް ރާއްޖޭގެ 1،000 އަށް ވުރެ ގިނަ ކަސްޓަަމަރުންނަށް ހިދުމަތް ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy