ލެކިއުޓްގެ "ސަޕްރައިޒް އަވާ"، ޑިސްކައުންޓާ އެކު

ނިމޭ ވަކި ދުވަސް ސިއްރުކޮށް، އެކަމަކު ދުނިޔޭގެ މަޝްހޫރު ސެންޓްތަކުން ރަނގަޅު ޑިސްކައުންޓެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް، "ސަޕްރައިޒް އަވާ" ގެ ނަމުގައި ލެކިއުޓުން ފަށައިފި އެވެ.


ލެކިއުޓުން ބުނީ މި ޕްރޮމޯޝަންގެ "ސަޕްރައިޒް އަވާ" މި ދުވަސްކޮޅު އޮންނާނީ ރޭގަނޑު 9:00 އިން 10:00 އަށް ކަމަށެވެ. މި ގަޑީގައި އެ ފިހާރައިން ވިޔަފާރިކުރާ މީހުންނަށް 10 ޕަސެންޓް ޑިސްކައުންޓެއް ލިބޭނެ އެވެ.

ގުޑް ގާލް ގްލޯރިއަސް ގޯލްޑް ސެންޓު ފުޅި-- ފޮޓޯ: ލެކިއުޓް

"ސަޕްރައިޒް އަވާ"ގައި ލިބޭ ޑިސްކައުންޓަށް އެކި ދުވަސް ދުވަހު ބަދަލު އާދެ އެވެ. އެހެންކަމުން މިއީ، ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސެންޓްގެ ވިޔަފާރިކުރަމުން އަންނަ، އަދި އެ ދާއިރާގައި އެންމެ ގިނަ ދުވަސްވީ ފިހާރައިގެ ކަސްޓަމަރުންނަށް، ހަގީގަތުގައި ވެސް، ހައިރާންކަން ލިބިދާނެ ފަދަ ޑިސްކައުންޓް ހިމެނޭ ޕްރޮމޮޝަނެކެވެ.

ކޮންމެ އަހަރެއްގެ މެދުތެރެ އާއި ފަހު ކޮޅަށް އަމާޒުކޮށްގެން ދުނިޔޭގެ ސެންޓު ކުންފުނިތަކުން އެންމެ ފަހުގެ ސެންޓުތައް އަގުހެޔޮކޮށް ބާޒާރަށް ނެރެ އެވެ. މިއީ އެ އުފެއްދުންތައް، ޑިސްކައުންޓާ އެކު، ފޯރުކޮށްދޭން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށް ވެސް ލެކިއުޓުން ބުންޏެވެ. އެހެންކަމުން ލެކިއުޓުން ވިއްކާ އޮރިޖިނަލް ބްރޭންޑުތަކުގެ ސެންޓު ހެޔޮ އަގެއްގައި ލިބޭނެ އެވެ.

ޕްރޮމޯޝަން ނިމޭ ދުވަސް ސިއްރުކުރުމަކީ ވެސް ކަސްޓަމަރުންނަށް އޮތް ނަސީބެއް ކަމަށް ބެލެވެ އެވެ.

ލެކިއުޓުން ތައާރަފް ކުރާ ސެންޓުތައް

ބޭޑް ބޯއީ

ސްކޭންޑަލް އޭ ޕެރިސް

ގުޑް ގާލް ގުލޯރިއަސް ގޯލްޑް

ލޭޑީ މިލިއަން އެމްޕަޔާ

މޮން ބްލާންކް އެކްސްޕްލޯރާ

212 ވީ އައި ޕީ ކަލެކްޓަރ އެޑިޝަން

އަކްއާ ޑި ޖިއޯ ހޯމް އެބްސޮލޫ

ސީ ޕެޝަން

މާކް ޖެކޮބްސް ޑެއިޒީ ލަވް