މިހާރު ކުރިއަށްދާ އެގްޒަބިޝަނުގައި ބުރުުޒު ކޭޓަރިންގެ ޑެކަރޭޝަން ޑިސްޕްލޭ ކޮށްފައި-- ފޮޓޯ: މިހާރު
23 ޑިސެމްބަރ 2019 - 18:04
ތަފާތު އެކި ހަފްލާތަކަށް ކޭޓަރިންގެ ހިދުމަތް ފޯރުކޮށްދޭ "ބުރުޒު ކޭޓަރިން" އިން މިއަދު ބުކިން ހައްދާ ފަރާތްތަކަށް ހާއްސަ ޑިސްކައުންޓެއް ދޭން ނިންމައިފި އެވެ.
މި ކަމަށް ހާއްސަ ކޮށްގެން އެ ކުންފުނިން ވަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ އެފްއެޗްޓީއެސް ބެންކުއެޓް ހޯލުގައި ކުރިއަށްގެންދާ އެގްޒަބިޝަނުގައި ޑެސްކެއް ބަހައްޓަފަ އެވެ. މި އެގްޒަބިޝަނަށް ޒިޔާރަތް ކުރުމުން ބުރުޒު ކޭޓަރިން އިން ފޯރުކޮށްދޭ ހިދުމަތްތަކުގެ މައުލޫމާތު ލިބޭނެ އެވެ. އަދި ވަގުތުން ބުކިން ހައްދާ މީހުންނަށް 10 ޕަސެންޓާއި 15 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓެއް ލިބޭނެ އެވެ.
މިހާރު ކުރިއަށްދާ އެގްޒަބިޝަނުގައި ބުރުުޒު ކޭޓަރިންގެ ޑެކަރޭޝަން ޑިސްޕްލޭ ކޮށްފައި-- ފޮޓޯ: މިހާރު
މިއަދު 4-6 އަށް އަދި މިރޭ 8-10 އަކަށް ކުރިއަށްދާ މި އެގްޒަބިޝަނުގައި ބުރުޒު ކޭޓަރިން އިން އަލަށް ފަށާ ހިދުމަތާ ގުޅޭ ގޮތުން ވެސް މައުލޫމާތު ލިބޭނެ އެވެ. މިހާތަނަށް އެ ކުންފުނިން ކޭޓަރިންގެ ހިދުމަތް އެކަނި ދިން ނަމަވެސް އަންނަ އަހަރުން ފެށިގެން ޕާޓިތަކަށާއި އެހެނިހެން ހަފްލާތަކަށް ހޯލް ޑެކަރޭޓް ކުރުމުގެ ހިދުމަތް ވެސް ފޮރުކޮށްދޭނެ އެވެ. މި ޑެކަރޭޝަންގެ ނަމޫނާތައް އެ އެގްޒަބިޝަނުގައި ވަނީ ޑިސްޕްލޭ ކޮށްފަ އެވެ.
ބުރުޒު ކޭޓަރިން އިން ވަނީ ތިން މެނޫއެއް އެކުލަވާލާފަ އެވެ. މީގެ ތެރޭގައި ރޭގަނޑުގެ ކެއުމަށް ހާއްސަކޮށްފައިވާ މެނޫ އާއި ކެނެޕީ އަދި ހަވީރު ސައި ހިމެނެ އެވެ. މީގެ ތެރޭގައި ރޭގަނޑު ކެއުމުގެ އިތުރު ހަތަރު މެނޫއެއް ވެސް ހިމެނޭނެ އެވެ. އަދި ބޭނުންވާ އެއްޗެހި ހިމަނައިގެން ކަސްޓަމައިޒް ކޮށްލެވޭ މެނޫއެއް ވެސް ރޭގަނޑުގެ ކެއުމުގައި ހިމެނޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy