ރެޑްވޭވުން ތައާރަފު ކުރި ހައިސެންސްގެ ޓީވީތަކެއް ޑިސްޕްލޭ ކޮށްފައި-- ފޮޓޯ: ރެޑްވޭވް
03 ފެބުރުއަރީ 2020 - 09:55
ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި މަގުބޫލު "ހައިސެންސް" ޓީވީ ރެޑްވޭވުން ތައާރަފުކޮށްފި އެވެ.
ބޮޑެތި އެޕްލަޔަންސް އާއި އިލެކްޓްރޯނިކްސް އުފެއްދުމުގައި 50 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ހައިސެންސަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އޮފިޝަލް ސްޕޮންސާ އެވެ. އަދި 2016 ވަނަ އަހަރާއި މި އަހަރުގެ ޔޫއެފާ ޔޫރޯގެ އޮފިޝަލް ޕާޓްނަރަކީ ވެސް ހައިސެންސެވެ. ރެޑްވޭވަކީ ހައިސެންސްގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އެވެ.
ރެޑްވޭވުން ރާއްޖޭގެ ބާޒާރަށް ތައާރަފްކުރި ހައިސެންސް ޓީވީގެ ތެރޭގައި ލެޑް އާއި އެޗްޑީ، ފުލްއެޗްޑީ އަދި ޔޫލެޑް ޔޫއެޗްޑީގެ އިތުރުން ލޭޒާ ޓީވީ ހިމެނެ އެވެ. މީގެ ތެރޭގައި 32، 50، 65، 75 އަދި 100 އިންޗީގެ ޓީވީ މިހާރު ރެޑްވޭވުން ލިބެން ހުންނާނެ އެވެ. މި ބްރޭންޑުގެ އިތުރު މޮޑެލްތައް ވެސް ރާއްޖެ އަށް ތައާރަފު ކުރާނެ ކަމަށް ރެޑްވޭވުން ބުންޏެވެ.
ރެޑްވޭވުން ބުނީ އެ ކުންފުނިން ލިބެން ހުންނަ ޓިވީތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ 100 އިންޗީގެ ހައިސެންސް ލޭޒާ ޓީވީ ކަމަށެވެ. މި ޓީވީ އަކީ 8.3 މިލިއަން ޕިކްސެލް ހިމެނޭ، 4ކޭ ޔޫ.އެޗް.ޑީގެ ސާފު މަންޒަރު ފެންނަ މޮޅުކޮލިޓީގައި މަންޒަރުތައް ދައްކާލުމުގެ ގާބިލުކަން ލިބިފައިވާ ޓީވީއެކެވެ.
ހައިސެންސް ޓީވީ ރެޑްވޭވުން ލިބެން ހުންނާނީ އެއް އަހަރު ދުވަހުގެ ވޮރަންޓީއާ އެކުގަ އެވެ. މި ޓީވީގެ ފުލް ސާވިސް ވެސް ރެޑްވޭވުން ފޯރުކޮށްދޭނެ އެވެ.
ރެޑްވޭވުން ވިއްކާ ހައިސެންސްގެ އުފެއްދުންތަކަށް ހާއްސަކޮށްގެން ޝޯރޫމެއް ހުޅުވާން ތައްޔާރުވަމުން އަންނަ ކަމަށް އެ ކުންފުުނިން މައުލޫމާތު ދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫސްކިޔާ މީހާ
04 February 2020
ކޮބާ އަގު
ޢަލީބެ
04 February 2020
އޮތޯރައިޒްޑް ޑިސްޓްރިިބިއުޓަރަށް ދެވެނީ 1 އަހަރުގެ ވޮރެންޓީ. އެހެން ބައެއް ފިހާރަތަކުން ތިބްރޭންޑަށް އެބަދޭ 2 އަހަރުގެ ވޮރެންޓީ. އަދި އެހެން ފިހާރަތަކުގަ ތިބްރޭންޑްގެ އެހެން ސައިޒްތައްވެސް ލިބެން އެބަހުރި. މިވާގޮތެއް ބަލައިދޭނީ ކޮންކުއްޖެއް؟
ޖަމީލާ ޖަމީލް
03 February 2020
ސްޕެއާރ ވެސް ލިބޭނެކަމަށް ބުނިނަމަ ކިހާރަގަލު 65 ސްކްރީން ހަލާކުވެފަ ހުންންތާ އަހަރުވެއްޖެ
ނެކްސްޓް
03 February 2020
ވަރަށް އަވަހަށް މައްްސަލަޖެހޭ ފީކަޅާ ބްރޭންޑެއް
ނިރު
03 February 2020
އިސްތިހާރެއް ޖަހާލާއިރު ފުރިހަމަވީސް އަގުތަކާއެކު ޖަހާލިނަމަ