ޕިޖަން ބްރޭންޑްގެ ލޯޝަން--ފޮޓޯ: އަހުމަދު އައުޝަން އިލިޔާސް/ މިހާރު
19 ފެބުރުއަރީ 2020 - 11:39
ޖަޕާނުގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ޕިޖަންގެ އުފެއްދުންތައް ސަފާޔާ އިން ރާއްޖޭގެ މާކެޓަށް ނެރެފި އެވެ.
ލައިފް ސަޕޯޓުގެ ރީޓެއިލް ފިހާރަ ސަފާޔާގެ އިތުރުން އެ ކުންފުނިން އަންނަނީ ރާއްޖޭގެ އެހެން ރީޓެއިލް ފިހާރަތަކަށް ވެސް ތުއްތު ކުދިންނަށް ހާއްސަ މި އުފެއްދުން ޑިސްޓްރިބިއުޓް ކުރަމުންނެވެ.
ލައިފް ސަޕޯޓުގެ މާކެޓިން މެނޭޖާ އާދަމް ޝައްމޫން ވިދާޅުވީ، ކުޑަކުދިންނަށް ހާއްސަ މިފަދަ ބްރޭންޑެއް ރާއްޖޭގެ މާކެޓަށް ނެރުމުގެ ބޭނުމަކީ އާންމުންނަށް އިތުބާރު ހިފޭނެ، ކޮލިޓީ ރަނގަޅު ޕްރޮޑަކްޓްތަކެއް ގެނައުން ކަމަށެވެ.
"ޕިޖަންގެ އުފެއްދުންތަކުގެ މިއީ އަދި ސޮފްޓް އޯޕަނިންނެއް. އަންނަ މަހުގައި ރަސްމީކޮށް މި ޕްރޮޑަކްޓް ތައާރަފް ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
ޕިޖަން ބްރޭންޑްގެ ލޯޝަން--ފޮޓޯ: އަހުމަދު އައުޝަން އިލިޔާސް/ މިހާރު
މި އުފެއްދުމުގެ ސޮފްޓް އޯޕަނިން އެއް ނަމަވެސް މިހާރު ވެސް އާންމުންގެ ބޮޑު ތަރުހީބެއް ޕިޖަންގެ އުފެއްދުންތަކަށް ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ފިޖަން ބްރޭންޑް ތައާރަފްކޮށްފައިވަނީ 1957 ވަނަ އަހަރުގަ އެވެ. ތުއްތު ކުދިންގެ ސިއްހަތާއި ގުޅޭ، ފަސޭހަކަމާ އެކު ބޭނުން ކުރެވޭނެ ގޮތަށް އުފައްދާފައިވާ މި ބްރޭންޑްގެ ދަށުން، ތުއްތު ކުދިންނަށް ހާއްސަ ހުރިހާ ސާމާނެއް ވެސް ލިބޭނެ އެވެ. އޭގެ ތެރޭގައި ކުޑަކުދިންގެ ރީތިވާ ސާމާނާއި ޓޮއިލެޓްރީސް އާއި ވެޓް ޓިޝޫ އާއި ނެޕީ އާއި ކުޑަކުދިންގެ ސާމާނު ދޮންނަން ބޭނުންކުރާ ޑިޓާޖެންޓާއި އެކި ސައިޒުގެ ބުއްފުޅި އާއި އެއަށް ބޭނުންވާ ތުން އަދި ބްރެސްޓް ޕަމްޕު ފަދަ އުފެއްދުންތައް ހުންނާނެ އެވެ.
ޕިޖަން ބްރޭންޑްގެ ބުއްފުޅި-- ފޮޓޯ: އަހުމަދު އައުޝަން އިލިޔާސް/ މިހާރު
ސޯސަން މަގުގައި ހުންނަ ސަފާޔާ ފިހާރަ އިން މި ހުރިހާ ތަކެތި ލިބޭ އިރު، އެ ފިހާރާއިގައި ވަކިން ފާމަސީއެއް ވެސް ހުރެ އެވެ. ރަނގަޅު އަގެއްގައި ލިބޭ ޕިޖަން ޕްރޮޑަކްޓްތަކަށް ހާއްސަކޮށް ކުރިއަށް އޮތްތަނުގައި، ހާއްސަ ޕްރޮމޯޝަންތައް ހިންގާނެ ކަމަށް އެ ފިހާރައިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢީބު
19 February 2020
ވަރައް ކަމުނުދާ ރޫޑު ފާމަސިސްޓުން ތިބޭ ތަނެއް... އިންޑިއަން ކަލްޗަރ ގަނޑު