ކޮކޯ ޝިކް ސެލޫން--ފޮޓޯ: ކޮކޯ ޝިކް
23 ފެބުރުއަރީ 2020 - 14:58
ރާއްޖޭގައި ހަމުގެ ތަފާތު ފަރުވާތަކާއި ރީތިވުމަށް ހާއްސަ ހިދުމަތްތައް ފޯރުކޮށްދޭ ކޮކޯ ޝިކް އިން ވަރަށް ހާއްސަ ޑިސްކައުންޓްތަކެއް ދޭން ފަށައިފި އެވެ.
ކޮކޯ ޝިކް އިން މި ދުވަސްވަރު އަންނަނީ ހެނދުނު 11:00 އިން މެންދުރު ފަހު 3:00 އަށް ހިދުމަތް ހޯދާ މީހުންނަށް 15 ޕަސެންޓްގެ ހާއްސަ ޑިސްކައުންޓެއް ދެމުންނެވެ. މި ހާއްސަ ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ ނިޔަލަށެވެ. މީގެ އިތުރުން ކައިވެންޏަށް ހާއްސަކޮށް "ދަ ކިޗެން" ރެސްޓޯރެންޓުން ކޭޓަރިން ނަގާ ފަރާތްތަކަށް ކޮކޯ ޝިކްގެ "އައިޑޫ" ޕެކޭޖުން 10 ޕަސެންޓް ޑިސްކައުންޓް ލިބެ އެވެ.
ކޮކޯ ޝިކް އިން ވަނީ ވެޑިންތަކަށް ހާއްސަކޮށް "އައިޑޫ"ގެ ނަމުގައި ވަރަށް ހާއްސަ ޕެކޭޖެއް ދާދިފަހުން ތައާރަފްކޮށްފަ އެވެ. އައިޑޫ ޕެކޭޖުގައި ސިމްޕަލް އާއި ކްލާސިކްގެ އިތުރުން ގްރޭންޑް ޕެކޭޖު ވެސް ހިމެނެ އެވެ. ކައިވެންޏަށް ކުރިއާލައި ތައްޔާރުވުމުގެ ގޮތުން ތިން މަހަށް ހާއްސަކޮށް މި ޕެޖޭކުތައް ނެގޭއިރު ކައިވެންޏާ ކައިރިކޮށްލާފައި އެއް މަސް ދުވަހަށް ހާއްސަ ޕެކޭޖެއް ވެސް "އައިޑޫ"ގެ ދަށުން ނެގޭނެ އެވެ.
ޕެޑިކިއުއާގެ ހިދުމަތް ދެނީ-- ފޮޓޯ: ކޮކޯ ޝިކް
މި ހާއްސަ ޕެކޭޖުތަކުގެ ދަށުން ހަންގަނޑު ރީތި ކުރުމަށްޓަކައި ނަގާ ޓްރީމަންޓްތަކާއި އިސްތަށިގަނޑު ރީތި ކުރުމާއި މޫނަށް ހާއްސަ ގިނަ ފޭޝަލްތަކެއް ވެސް ހިމެނެ އެވެ. މީގެ އިތުރުން މި ޕެކޭޖުގެ ދަށުން މެނިކިއު އާއި ޕެޑިކިއުއާގެ ހިދުމަތް ވެސް ލިބޭނެ އެވެ. އަދި ސްޕާގެ ހިދުމަތްތައް ވެސް ލިބޭނެ އެވެ. ކޮކޯ ޝިކްގެ ބްރައިޑަލް މޭކަޕް ކުރުމުގައި އުޅެނީ، އެކަމުގެ އެތައް ދުވަހެއްގެ ތަޖުރިބާ އާއި އާންމުންގެ މަގުބޫލުކަން ވެސް ލިބިފައިވާ ސްޓައިލިސްޓެއް ކަމުގައިވާ ރޮޖާ އެވެ. އޭނާ އަކީ ރާއްޖޭގައި މި ހިދުމަތް 15 އަހަރަށް ވުރެ ގިނަ ދުވަސްވަންދެން ދީފައިވާ މީހެކެވެ.
ކޮކޯ ޝިކް އިން ފޯރުކޮށްދޭ ޒަމާނީ ހިދުމަތްތައް އަބަދު ވެސް އަންނަނީ އިތުރު ކުރަމުންނެވެ. ދާދިފަހުން "އޮކްސީޖީނިއޯ" ނަމުގައި ދޭ ހާއްސަ ޕޭޝަލެއް ތައާރަފްކޮށްފަ އެވެ. މި ހިދުމަތުގެ ތެރެއިން މޫނަށް ހާއްސަ ތިން ޓްރީޓްމަންޓެއް ދޭނެ އެވެ. މިއީ މޫނު އޮމާންކޮށްދީ، އިތުރަށް ސާފުކޮށްދީ، ހަންގަނޑު ރޫ ޖެހުމާއި ކުލަ އަލި ކޮށްދޭ ހާއްސަ ޕޭޝަލް ޓްރީޓްމަންޓެކެވެ.
ކޮކޯ ޝިކްގެ ކްލިނިކުން ދޭ ކަރަޔޯ ތެރެޕީ-- ފޮޓޯ: ކޮކޯ ޝިކް
މިދިޔަ އަހަރުގެ އޮގަސްޓް މަހު ހުޅުވި، ކޮކޯ ޝިކް އިން ވެލްނެސް އާ ގުޅޭ ހިދުމަތްތަކެއް ފޯރުކޮށްދޭ އިރު އެ ސެލޫންގެ ކްލިނިކުން ވެސް މުހިއްމު ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެ އެވެ. ކްލިނިކުގައި ހަމުގެ ތަފާތު ބަލިތަކަށް ހާއްސަ ވިޒިޓިން ޑޮކްޓަރުން އައިސް، ހާއްސަ ފަރުވާތައް ދެ އެވެ. މި ކްލިނިކުން ދޭ ކްރަޔޯ ތެރަޕީ އަކީ ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންނާއި ދުވުންތެރިން ނަގާ ޓްރީޓްމެންޓެކެވެ. ދެ ތިން ދުވަހުގެ ތެރޭގައި ތަދު ކަނޑުވާލާ ޓްރީޓްމަންޓަކީ ހުޅުހުޅުގައި ރިއްސާ މީހުންނަށާއި ގައިގައި ރިއްސާ މީހުންނަށް ވަރަށް ހާއްސަ ޓްރީޓްމަންޓެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy