ގޭމްގެ ހިިންގާ ބޯޑުގެ މެމްބަރުން-- ފޮޓޯ: މިހާރު
07 މާޗް 2020 - 15:17
އެސްއެމްއީ ބޭންކުން މިދިޔަ އަހަރު ދޫކުރި ލޯނުތަކުގެ ތެރެއިން 80 ޕަސެންޓަކީ ގެސްޓް ހައުސްގެ ވިޔަފާރިތަކަށް ދިން ލޯނު ކަމަށް ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެ ކުރީގެ ރައީސް އަހުމަދު ކަރަމް މިއަދު ވިދާޅުވެއްޖެ އެވެ.
ކަރަމް މިހެން ވިދާޅުވީި، ހުޅުމާލޭގައި ބޭއްވި ގޭމްގެ އަހަރީ އާއްމު ޖަލްސާގަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ގެސްޓް ހައުސްގެ ވިޔަފާރި އަށް ސަރުކާރުން ކުރިއަށް ވުރެ ބޮޑު އެއްބާރުލުމެއް އަންނަނީ ލިބެމުންނެވެ. އެގޮތުން، އޭނާ އެމްއެމްޕީއާރުސީގެ ބޯޑަށް އައްޔަންކޮށް، އެ ދާއިރާ ތަމްސީލު ކުރުމަކީި މުޅި ދާއިރާ އަށް ލިބުނު ކުރިއެރުމެއް ކަމަށް ކަރަމް ވިދާޅުވި އެވެ.
ކަރަމް ވިދާޅުވި ގޮތުގައި، ގެސްޓް ހައުސްތަކުގެ އެންމެ ބޮޑު ޝަކުވާއަކީ މާކެޓު ކުރުމާއި ފައިނޭންސް ހޯދުމުގައި ކުރިމަތިވާ ދަތިތަކެވެ. ނަމަވެސް މިދިޔަ އަހަރުން ފެށިގެން އެ ދާއިރާގައި ހުރި މި ގޮންޖެހުންތަކަށް ހައްލު ލިބެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިދިޔަ އަހަރު ފަހުކޮޅު އަޅުގަނޑާ، އެސްއެމްއީ ބޭންކުގެ އެމްޑީ ބައްދަލުކޮށްފައި ވިދާޅުވި މިދިޔަ އަހަރުގެ 80 ޕަސެންޓް ލޯނު ހަމައެކަނި ގެސްޓް ހައުސް އިންޑަސްޓްރީއަށޭ ދޫކުރެވުނީ. ހަމަ މި ގޮތަށް އެމްއެމްޕީއާރުސީގައި އެތައް ޒަމާނެއް ވަންދެން މި އިންޑަސްޓްރީގެ އެއްވެސް ބަހެއް ނެތި ކުރިއަށް ދިޔައީ. ނަމަވެސް މިހާރު އަޅުގަނޑުމެންނަށް ބަސް ބުނެވޭ،" ކަރަމް ވިދާޅުވި އެވެ.
ގޭމްގެ ގޯލްޑް އަދި ސިލްވާ މެމްބަރުންނާއި ހިންގާ ބޯޑުގެ މެމްބަރުން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒުއާއެކު ފޮޓޯއަކަށް ހުއްޓިލައިގެން-- ފޮޓޯ: މިހާރު
ގޭމް އަކީ ގެސްޓް ހައުސް ދާއިރާގައި ހުރި ގޮންޖެހުންތައް ބަލައި، އެ ކަންތައް ހައްލު ކުރުމަށް ގެސްޓް ހައުސްތައް ގުޅިގެން އުފެއްދި ޖަމިއްޔާ އެކެވެ.
މި އަހަރުގެ އަހަރީ އާއްމު ޖަލްސާގައި މި ޖަމިއްޔާގެ އާ ހިންގާ ބޯޑެއް ވެސް ވަނީ އައްޔަން ކޮށްފަ އެވެ. މި ބޯޑަށް ބޭފުޅުން ހޮވީ އެ ޖަމިއްޔާގެ ގޯލްޑް އަދި ސިލްވާ މެމްބަރުންގެ މެދުގައި ނެގި ސިއްރު ވޯޓަކުންނެވެ.
ގޭމްގެ ބޯޑަށް އަލަށް ހޮވި ބޭފުޅުންގެ ތެރެއިން ރައީސް ކަމަށް އިންތިޚާބުކުރީ މޫސާ ނާސިހެވެ. ނައިބު ރައީސުންނަށް މުހައްމަދު އިމްތިޔާޒާއި އަބްދުއްސަމަދު އިމާދު ހޮވިއިރު، ސެކެޓްރީ ޖެނެރަލަކަށް ކަނޑައެޅީ ސައުދުﷲ އަހުމަދު ހަސަން ދީދީ އެވެ.
ގޭމްގެ ހިންގާ ބޯޑަށް އަލަށް އިންތިހާބުވި މެމްބަރުން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒުއާއެކު ފޮޓޯއަކަށް ހުއްޓިލައިގެން-- ފޮޓޯ: މިހާރު
މީގެ އިތުރުން، ފައިނޭންޝަލް ކޮންޓްރޯލާ އަކަށް ހަސަން އަލިމަނިކާއި ކޯޕަރޭޓް އެފެއާޒްގެ މަގާމަށް މުހައްމަދު ވާފިރު އާއި ޕީއާރު އަދި މާކެޓިން ކަމަށް މުހައްމަދު ޔާމީން ވަނީ އައްޔަން ކޮށްފަ އެވެ. މި ހުރިހާ މެމްބަރުންނަކީ ވެސް ގެސްޓް ހައުސް ހިންގުމުގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ބޭފުޅުންނެވެ.
ގޭމްގެ ރައީސަކަށް އަލަށް އިންތިޚާބުކުރި ނާސިހު ވިދާޅުވި ގޮތުގައި، މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ގެސްޓް ހައުސްގެ ވިިޔަފާރި އިޝްތިހާރު ކުރުމަށް ތަފާތު ހަރަކާތްތައް ކުރިއަށް ސމެގެންދާނެ އެވެ. މީގެ ތެރޭގައި ގައުމީ ފެންވަރުގެ ހަރަކާތްތަކާއި ބައިނަލްއަގުވާމި ފެއާތަކުގައި ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މިދިޔަ އަހަރު ވެސް ގޭމުން ވަނީ ބޭރުގެ ހަ ފެއާއެއްގައި ބައިވެރިވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަނުދުންމާރި
07 March 2020
ނާސިހް އަށް މަރުހަބާ. ދެން ތިހޮވުނު އެންމެންނަށްވެސް މަރުހަބާ. އެކަމު ޕީއާރު މާކެޓިންގ އަށް ތި ހުރި ޔާމީން އަކީ ޓުރީޓޮޕް ހޮސްޕިޓަލް ގެ އާދައިގެ ވަޒީފާ އެއްގައި އުޅޭ މީހެއް. ގެސްޓް ހައުސް ހިންގަމޭ ކިޔައި ބޮޑެތި އަދަދު ތަކުން ފައިސާ އެކި މީސް މީހުން އަތުން ހޯދައި މޯބައިލް ނަންބަރު ވެސް ބަދަލު ކޮށްގެން އުޅޭ މީހެއް ތިޔަ ބޯޑުގައި އިނީ ކިހިނެއްތޯ ބެލުން ރަނގަޅު.
އުސޫލު
07 March 2020
ބެންކު ވިޔަފާރީގައި ކަސްޓަމަރު ދުވަސް ގުނަން ޖެހޭނީ ބަންދު ދުވަސް ތަށް ވެސް ހިމަނާގެން ނެވެ.އެކަމަކު ބޭންކުން ސާވިސް ދޭނީ ބަންދު ދުވަސް ތަށް ނުލައެވެ.އަދި ބޭންކުން ކުރަން ޖެހޭ ކަމެއް ބަނދު ދުވަސްތަކުގެ ސަބަބުން ނުކުރެ ވުނަސް ގެއްލުން އުފުލަން ޖެހޭނީ ކަސްޓަމަރެވެ.
ލައްގާ ހުރާ
07 March 2020
ވީމާ ތި ލޯނު ތަށް ވެސް ތި ލިބުނީ މާލެ އާއި މާލެ ކައިރީ ރަށް ރަށު މީހުނަށް ތާއެވެ. އެހެންވެ އޭ އަހަރެން މި ބުނަނީ ދަނޑުވެރި ކަން ވެސް މަސްވެރިކަން ވެސް ފަތުރު ވެރިކަން ވެސް އަހަރެމެނަކަށް ނެތެވެ. ނިކަން ބަލާ މިދެއްކި ވާހަކައެއްމ
ލޭބޯ
07 March 2020
ބޭންކް އޮފް މޯލްޑިވުސް އިން ލޯނު ނަގަން މަ ބިރު ގަނެއެވެ.
ކޭލަކުނު
07 March 2020
ވިޔަފާރީގެ އުސޫލުން ރާއްޖޭގައި ދަނޑުވެރި ކަން ކުރުމަކީ(އެބަހީ ދަނޑުވެރި ކަމަށް އިންވެސްޓް) ކުރުމަކީ ކުރަން ހެޔޮވާ ވަރުގެ ވެސް ކަމެއް ނޫނެވެ. އެއްމެ ބޮޑު މައްސަލައަކީ ބޯދާ ފިކުރުގެ ބަޔަކު މިނިސްޓްރީގައި ވަކި ހިއްޕާގެން ތިބި ކަމެވެ.
ރަބަރު
07 March 2020
ލޯނު ނަގާ މީހުނަށް ރަނގަޅު. އަހަރެން ގެ އަޒުމަކީ ލޯނާ ދުރުގައިހުރުން. ލޯނަކީ ގިނަބަޔަކު ގެ ދިރިއުޅުން ބަރުބާދު ކުރާއެއްޗެއް. ލޯނުގެ ސަބަބުން ބިކަވާމީހުން ފެނިފަ ހުރީ.