އޭސް ހާޑްވެއާ އާއި ކަލަ ބޭންކުގެ 20،000ރ. ލިބޭ ދެވަނަ ނަސީބުވެރިޔާ ހޮވައިފި

އޭސް ހާޑްވެއާ އެންޑް ހޯމް ސެންޓާ އަދި ކަލަ ބޭންކުން ގުޅިގެން "އެންމެންގެ ރޯދަ ސޭލް" ނަމުގައި ފެށި ރޯދަ ޕްރޮމޯޝަންގެ ދެވަނަ ނަސީބުވެރިޔާ ހޮވައިފި އެވެ.


މި ޕްރޮމޯޝަންގައި އޭސް ހާޑްވެއާ އަދި ކަލަ ބޭންކުގެ ފިހާރަތަކުން ވިޔަފާރިކޮށްގެން ގުރުއަތުން ދިމާވާ ނަސީބުވެރިޔަކަށް ކޮންމެ 10 ދުވަހަކުން 20،000ރ. ގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ނިންމައިފަ އެވެ. އެގޮތަށް ހޮވި ދެވަނަ ނަސީބުވެރިއަކީ އައިމިނަތު ފަޒްނާ އެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ 300ރ. އަށް ވުރެ މަތިން ވިޔަފާރި ކުރުމުންނެވެ. އެ ފަސް ފިހާރަ އިން 300ރ. އަށް ވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ކުރިއަށްގެންދާ މިޕްރޮމޯޝަންގައި 90 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.

މީގެ އިތުރުން އޭސް ހާޑްވެއާގެ ފޭސްބުކް ޕޭޖްގައި ވަރަށް ހާއްސަ ކޮންޓެސްޓްތަކެއް ކުރިއަށް ދާނެ އެވެ. ކާމިޔާބު ކުރާ ފަރާތްތަކަށް އަގުހުރި އިނާމްތަކެއް ލިބޭނެ ކަމަށް އޭސް ހާޑްވެއާ އިން ބުނެ އެވެ. އަދި ކަލަ ބޭންކްގެ ފޭސްބުކް ޕޭޖްގައި ހިންގާ ކޮންޓެސްޓް ކާމިޔާބު ކުރާ މީހަކަށް ވެސް އަގުހުރި އިނާމްތަކެއް ލިބޭނެ އެވެ.

އޭސް ހާޑްވެއާ އާއި ކަލަ ބޭންކް ހިންގަނީ ކޯ-ލޯޑް މޯލްޑިވްސް އިންނެވެ. ކަލަ ބޭންކް ހިންގަން ފެށީ މީގެ 26 އަހަރު ކުރިން، 1994 ވަނަ އަހަރު އެވެ. އޭސް ހާޑްވެއާ ހިންގަން ފެށީ 2011 ވަނަ އަހަރު އެވެ. އޭސް ހާޑްވެއާ އަކީ އެމެރިކާގެ ޝިކާގޯގައި ހުންނަ އޭސް އިންޓަނޭޝަނަލްއާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހިންގާ ވިޔަފާރި އެކެވެ.