ދިރާގު ހެޑް އޮފީސް: އެކުންފުނިން ވަނީ ހޯމް ފިކްސްޑް ބްރޯޑް ބޭންޑުތަކަށް 10 ޖީބީ ހިލޭ ދޭން ނިންމާފައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު
29 މާޗް 2020 - 11:24
ދިރާގުގެ ހޯމް ފިކްސްޑް ބްރޯޑްބޭންޑު ބޭނުން ކުރާ ކަސްޓަމަރުންނަށް އިތުރު 10 ޖީބީ ހިލޭ ދޭން ނިންމައިފި އެވެ.
ދިރާގުން މިގޮތަށް ނިންމައިފައި ވަނީ ކޮވިޑް-19 ގެ ސަބަބުން އެ ކުންފުނީގެ ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުން ކުރުމަށް ލުއި ގޮތެއް ހޯދައިދިނުމަށެވެ. ދިރާގުން ބުނީ މި ދަނޑިވަޅު ގޭގައި ތިބެގެން އެކި ކަންކަމަށް އިންޓަނެޓް ބޭނުން ކުރާ ވަރު އިތުރުކަން ފާހަގަކުރެވޭ ކަމަށެވެ.
"މިއީ ކޮވިޑް-19އާ ގުޅިގެން ސްކޫލްތަކާއި ކޮލެޖްތައް ބަންދުކޮށް ގިނަ ބަޔަކު ގޭގައި ތިބެން ޖެހުމުގެ ސަބަބުން އިންޓަނެޓްގެ ބޭނުން ވަރަށް މުހިންމު ވެފައިވާތީ، ގޭގައި ތިބެގެން ކިޔެވުމަށާއި މަސައްކަތް ކުރުމަށް އަދި އާއިލާއާ އެކު މުނިފޫހިފިލުވުމަށް އިންޓަނެޓް ބޭނުންކުރުމަށް އިތުރު ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން ދިރާގުން ނިންމި ނިންމުމެއް،" ދިރާގުން ބުންޏެވެ.
We’re offering FREE 10GB Data for all Home Fixed Broadband customers. Enjoy this extra data allowance to continue with remote education, remote working and stay entertained. Activate the Booster through the MyAccount portal 👉 https://t.co/0xjkGybZM0#SupportingOurCommunity 🧡 pic.twitter.com/ERCFqx7n79
— Dhiraagu (@Dhiraagu) March 28, 2020
ދިރާގުން 10 ޖީބީ ހިލޭ ދޭކަމަށް ބުނެ ކޮށްފައިވާ ޓްވީޓު--
މި އިންޓަނެޓް ބޫސްޓަރު ދޭން ނިންމައިފައި ވަނީ ދެ މަހުގެ މުއްދަތަކަށެވެ. އެގޮތުން، މި މަހާއި އޭޕްރިލް މަހު އިތުރު 10 ޖީބީ ބޭނުންވާ މީހުންނަށް ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް ޔޫސެޖް ޕޯޓަލް https://portal.dhivehinet.net.mv/home އިން ބޫސްޓު ކުރެވޭނެ އެވެ. މި ޕޯޓަލް ބޭނުން ކޮށްގެން ޑާޓާ ހޭދަވާ މިންވަރު ވެސް ބަލާލެވޭނެ އެވެ.
ކޮވިޑް19 އާ ގުޅިގެން ދިރާގުން ވަނީ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 30 ޕަސެންޓް އިތުރު ޑޭޓާ މި މަސްތެރޭގައި ވެސް ދީފަ އެވެ. އަދި މި އަންނަ މަހުގައި ވެސް ދޭން ވަނީ ނިންމައިފަ އެވެ. މީގެ އިތުރުން ރެސިޑެންޝަލް ފިކްސްޑް ބްރޯޑްބޭންޑްގެ ހުރިހާ އެޑް-އޮންތަކަކުން 50 ޕަސެންޓް ޑިސްކައުންޓާއި ބިޒްނަސް ފިކްސްޑް ބްރޯޑްބޭންޑް އަދި ގެސްޓްހައުސް އިންޓަނެޓް ޕެކޭޖްތަކުގެ މަހު ފީން 25 ޕަސެންޓް ޑިސްކައުންޓު ދޭން ވަނީ ނިންމައިފަ އެވެ.
މީގެ އިތުރުން ވެސް، ދިރާގުން ވަނީ ދިރާގު ޕޯސްޓްޕެއިޑް އާއި ޕްރީޕެއިޑް އަދި މަމެން ކަސްޓަމަރުންނަށް އިތުރު ޑޭޓާއާއި ޑިސްކައުންޓް ދީފަ އެވެ.
ދިރާގުން ވަނީ މި ދަނޑިވަޅުގައި ގޭގައި ތިބުމަށާއި ސޯޝަލް ޑިސްޓެންސް ދެމެހެއްޓުމަށް ބާރު އަޅައިފަ އެވެ. އަދި އިންޓަނެޓްގެ ބޭނުން ޒިންމާދާރު ގޮތުގައި ހިފުމަށް ވެސް އެ ކުންފުނިން ވަނީ ބާރު އަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސަން.
31 March 2020
ދާއިމީ ކޮށް އެއްޗެއް ހެޔޮނުކުރާތި. ފާފަވެރިވެދާނެ.
ގެދާނޯމޮސް
30 March 2020
މިހާލަތުން އަރައި ގަތީމާ ކަޓްޖައްސާ ލޮސްޓް ރިކަވަރ ކުރިޔަސް ތިޚިދުމަތަށް ޝުކުރުވެރި ވަމެވެ. މިނަމޫނާ ރިސޯޓް ތަކުން ނުދެއްކެނީ ކީއްވެ ތޯޢެވެ. ބޮޑުބައި ކައިގެން ވަޒީފާ އިންވެސް ވަކިކޮށް ލަނީއެވެ.
ހައްސާނު
30 March 2020
ދެން ކިޔެއްވާނީ އަންލިމިޓެޑްކޮށް ސުލޯނުވާނެހެން ދިނިއްޔާ މި 10 ޖީބީ އެއްދުވަހު ތެރޭވެސް ހުސްކޮށްލައިފާނެ އެގޮތައް ދެންޔާ 500 ރުފިޔާއަށްވުރެެ ގިނަނުވާނެހެން ކޮންމެ މަހަކު ހަމަ ތައްޔާރު
ކާސިންޖީ
30 March 2020
އައްޗީޑި، އެންމެ 10ޖީބީ
ދަހިކަން
29 March 2020
ހީހީ ހަލާކު
ހެހެ
29 March 2020
ގިނަ ބޭފުޅުންނަށް ނޭނގުނަސް އެންމެ ކަނެކްޝަން އަކުން އެމީހުން އެބަ ޝެއަރ އެބަ ކުރޭ 4 ނުވަތަ 2 ކަސްޓަމަރުންނަށް. މާނަ އަކީ މިސާލަކަށް އެންމެ ފެން މޯޓަރަކުން 4 ގެޔަކަށް ނުވަތަ 2 ގެޔަކަށް އެބަދޭޔޭ ޙިދުމަތް. ޕެކޭޖްގެ ލިމިޓް ހަމަވުމުން ސުލޯވުމުގެ އިތުރަށް އަދި ވަކިން ސޮލޯ ވާނެ އެ 4 ނުވަތަ 2 ގެޔަކުން އެއްވަގުތެއްގަ ނުވަތަ ޕީކް ގަދިތަކުގަ ބޭނުން ކުރަންޔާމު.
ގުދުގުދާ
30 March 2020
ހަމަ ތިޔަގޮތައް ދިރާގުގެ ފޯންލައިންތައްވެސް ބޭނުން ކުރެވެމުންދަނީ! މިސާލަކަށް އެއް ކަނެކްސަން ސުލޮޓަކަށް 30 ޖާގަ އެއްފަހަރާ ބޭނުންކުރެވޭނަމަ އެކަނެކްސަން އަށް ދެން ގުޅިއްޖެނަމަ ދިރާގުން ބުނީ "މިވަގުތު ތިޔަ ކޯލް ގުޅާދެވޭކަށްނެތް " މިހެން! އޯވަރ ލޯޑް ވާވަރަށް ކަނެކްސަން ތައް ދިރާގުން ވިއްކާލީމާ ވާނީ މިހެން!
އެކްޓިވިސްޓް
29 March 2020
ހިލޭ ޖީބީ ދިނުމަށްވުރެ ބިލުން %30 އިންމަތިން ކަނޑާދިންނަމަ ޖީބަށްލުއިވެގެން ދިއައީސް އެވެ. ތި ޖީބީ ދިނުމަކުން މިއަދު ހާލުގައިޖެހިފައިތިބި ރައްޔިތުންގެ ޖީބަށް ކުޑަނަމަވެސް ލުއެއް ލިބިގެނެއްނުދާނެއެވެ. ޞަބަބަކީ ބޭނުންކުރިއަސް ނުކުރިއަސްވެސް ޕެކޭޖްތަކުގައިވާ ޢަދަދަށް މަހުންމަހަށް ފައިސާ ދައްކަންޖެހޭތީއެވެ. ޕެކޭޖް ކުޑަކުރުމަކީވެސް އިތުރުބުރައެއް، އެއީ 2 ޕެކޭޖަށްވާ ވަރަށް ފައިސާދައްކަންޖެހޭތީއެވެ. ކުޑަކުރާ ޕެކޭޖްގެ ބިލް ލިބޭނީ އޭގެ 2 މަސްފަހުންނެވެ.
ޒަކަވިވް
29 March 2020
ދިރާގު މީ ހާދަ "ދީލަތި" ބައެކޭ. މޮބައިލް ޑާޓާ ހިލޭ ކުރެވޭކަށް ނެތްތަ.
ބރުލަމި
29 March 2020
އަޅެ ދިރާގު މިއުޅެނީ ހާދަ ބޯހަރުވެގެންނޭ. މިހާރު ސުޕީޑު އެހާ ސްލޯ. އަދި 10ޖބ އަކީ ކޯއްޗެއް؟
ނެކްސްޓް
29 March 2020
މިމަސް މިނިމުނީ. މިހާރު ބޫސްކުރާ 10 ގީބީ ދެދުވަސް ތެރޭ އެކްސްޕަޔަރ ވާނެ. ދެމަސްދުވަހު ފްރީ ޑާޓާ ދިނީމޭ ބުނެވޭނެތަ؟