09 މެއި 2020 - 09:47
ވިޔަފާރީގެ މުއާމަލާތްތަކުގައި ބޭނުންކުރުމަށް ޑެބިޓް ޕޭ ކާޑެއް ތައާރަފުކުރަން ތައްޔާރުވަމުން އަންނަ ކަމަށް ސެމްސަންގުން ބުނެފި އެވެ.
ދެކުނު ކޮރެއާ ކުންފުނީގެ ވައިސް ޕްރެޒިޑެންޓް އަދި އެ ކުންފުނީގެ އިތުރު އެމެރިކާގެ މެނޭޖަރު ސަންގް އާން ވިދާޅުވީ ޕާސަނަލް ފައިނޭންސް ކުންފުނި ސޯފިއާ ގުޅިގެން އުފައްދާ ކާޑް އަންނަ މަހުގެ ތެރޭގައި ތައާރަފުކުރާނެ ކަމަށެވެ. އެކަމަކު ރަސްމީ ތާރީހަކާއި ކާޑާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ނުދެއްވަ އެވެ.
"ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި އޭގެ ތަފުސީލުތައް ހާމަކުރަމުން ގެންދާނަން،" ސަންގް ވިދާޅުވި އެވެ.
މިދިޔަ އަހަރު އެޕަލް އިން ވަނީ އެ ކުންފުނީގެ ވިޔަފާރި ހާއްސަކޮށްގެން ކަސްޓަމަރުންނަށް ފަސޭހައިން ބޭނުންކޮށްލެވޭނެ ކާޑެއް ތައާރަފުކޮށްފަ އެވެ. އެޕަލްގް ކްރެޑިޓް ކާޑް އުފައްދައި ހިންގައިދެނީ ގޯލްޑްމަން ސޭކްސް އިންނެވެ.
ރިޕޯޓްތައް ބުނާގޮތުން ގޫގުލް އިން ވެސް މިހާރު އަންނަނީ ސެމްސަންގް ގޮތަށް ޑެބިޑް ކާޑެއް އުފެއްދުމުގެ މަސައްކަތްކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy